އެމްޑިޕީން އެދެނީ އިރުހަނދާއި ތަރިތައް ރައްޔިތުންނަށް ގެނެސް ދިނުން ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ގަލޮޅު ދެކުނު ދާއިރާއަށް އެމްޑިޕީގެ ޕްރިމައިމަރީގައި ވާދަކުރައްވާ މުހައްމަދު ހަލީމްގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކަންކަން ހަމަ މަގުގައި ބޭއްވުމަށް ކޮންމެހެން އެމްޑީޕީ އަށް އަގުލަބިޔަތު ދޭން ޖެހޭ ކަމަށާއި މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މަލޭގެ 15 ގޮނޑި އެމްޑީޕީއަށް ލިބޭނެކަމަށެވެ.
"މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މަލޭގެ ވެސް 15 ގޮނޑި އެމްޑީޕީއަށް ލިބިގެންދާތން ތިބޭފުޅުންނަށް ފެނިގެންދާނެ, ރައްޔިތުންގެ މައްސަލަތައް ހުއްޓިފައި ހުރީ ހަމައެކަނި ބޯހިޔާވަހިކަމާއި ހިސާބުގައެއް ނޫން. ވަޒީފާގެ ފުރުސަތު ބޭނުންވާ ކިތަންމެ ބައެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މާލޭގެ އާބާދީގެ 60 ޕަސެންޓަކީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށާއި މީހުންގެ ތެރެއިން އަދި އަނެއް 60 ޕަސެންޓަކީ ވަޒީފާއެއް ނެތް މީހުން ކަމަށެވެ.
"އެމީހުން ދާނެތަނެއްވެސް ކުރާނެ ކަމެއްވެސް ވަކި ނެތް, އެމީހުން މަގުން ކައްސާލައިގެން ދަނީ އެތައް އެތައްކަމެއް އެމީހުންގެ ހަޔަތުގައި ދިމާވެފައިވާތީވެ" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަށް މިރާއްޖެ ބަދަލުކުރެވޭނެެކަން މިހާރު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވިގޮތުގައި އެމްޑިޕީން އެދެނީ އިރުހަނދާއި ތަރިތައް ރައްޔިތުންނަށް ގެނެސް ދިނުން ނޫންކަމަށާއި، ބޯހިޔާވަހިކަމާއި، އެބޭފުޅުން އެދެނީ ބޭސްސިޓީއާއި، ގެ ކުއްޔާއި ބިލްތައް ދައްކާލައިގެން ނުދަރާ އުޅެވޭނެ އާދައިގެ ދިރިއުޅުމެއް ޔައްޔިތުންނަށް ހޯދައި ދިނުމަށްކަމަށެވެ.
"އެމްޑީޕީގެ ސިޔާސަތުތަކަކީ ހަޔާތުގައި ދިމާވެފައިވާ ބަދު ނަސީބު، ނަސީބުވެރި ހަޔާތަކަށް ބަދަލުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތެއް. މަޖިލިސް 19 ވެގެންދާނީ ރައްޔިތުންނަށް ގަދަރުވެރި ހަޔާތެއް ހޯދައިދިނުމުގެ ބިންގަލެއް އަޅައިދޭ މަޖިލީހަކަށް" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ލުން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ރަން އިލޮށިން ކަދުރު ކާންދޭން ވިސްނުން ހުރީ ދޯ.
انشاء اللہ މިކަލޭގެ އެދޭހާ ގޮތަކަށް ކަންތައް މިންވަރު ނުކުރައްވާށި اَمِين
ޤަވްމު ފަނާކުރުމުގެ ވިސްނުންހުރީ! އެކަންއޮތީ ވެއްޓުނު ތިންއަހަރުންވެސް ސާބިތުކޮށްދީފަ!
ކީކޭ ކިޔާކަށް؟ވެރިކަމާ ހަވާލުވިތާ 2 މަސް ނުވޭ އެކަމަކު މުސާރަ ކުޑަކުރަން ހިފާފަ. މިހާރުވެސް ގްރޭޓަރ މާލެ ތިލަފުށީ މުވައްޒަފުންގެ އެލޮވެންސް ކަޑާލައިފި.... ވޯޓް ހޯދަން ވީމަ ނިކަމެތި ރައްޔިތުން ފެންނާނެ... ލާރިގަޑު ކާލަންވީމަ ހުސް ވަގުން.
ދައުލަތް ދަވާލުމަށް ދެއްތޯ! އަބަދުވެސް އަޑިގަ އިންނާނީ ހިޔަޅު ވިސްނުމެއް!
އިރުހަނދާ ތަރިތަށް ގެނެވޭތަ އެމްޑީޕީއަށް ކުފްރު ނަސީދު
އެހެންދީންތަށް ގެނައުމަށް ...
މިއީ ކޮންއެއްޗެކޭ މީހާގަަަޑެއްތަ! ހަދުބޮޑުވާ މޫސުމަށް މޮޔަވާމީހެއްދޯ! މަޖިލިހުގެ ދަހިވެތިކަމުގައި އަދި މިކަލޭގެ މުރުތައްދުވެސްވާނެ!
ނަސީދު ރާއްޖެ ގެނެއުން މީ އެމްޑީޕީއަށް ހެދުނު ޅައެއްޗެއް މީ އެޕާޓީގެ ހަލާކު
އެވެސް ތިމަނިކުފާނަށް ގެނެވޭނެނަމަ އެގެންނަން ވަޢުދުވާނެ އެކަމަކު އެއީ އެއްވެސް މަޚުލޫގަކަށް ވޭވޭނެކަމެއް ނޫނިއްޔާ
އެމް.ޑީ.ޕީ ގެ ވިސްނުން ހުރިގޮތް އެނގޭ... މުޅި މި ރާއްޖެއިން އިސްލާމްދީނުގެ ހުޅުކޮޅު ނިއްވާލުން.. ވަރަށް ސާފު..
އަދި މިކަލޭގެ މުރުތައްދުވެސްވާނެ!
ރައްޔިތުންނަށް ވިސްނަދޭންބޭނުންވަނީ ތިބޭފުޅާތިވިދާޅުވެލައްވާގޮތަށް ނަމަވެސް ވެރިކަން
ކުރެއްވިދުވަސްތަކާ ވެރިކަންދޫކޮށްލެއްވިމަންޒަރު ރަށްޔިތުންނަށްފެނި ރަށްޔިތުން ގަމާރު
ނުވާނެހެންހީވާތީ ރަށްޔިތުންގެ ލޮލުގައިއަދުންއަޅުވަން އުޅުއްވިއަސް ރަށްޔިތުން ގަބޫލެއް
މިހާރަކު ތިބޭފުޅާދައްކަވާ ވާހަކަފުޅެއްގަބޫލެއްނުކުރާނެ އެހާދިވެހިރަށްޔިތުން ގަމާރެއްނޫން
ދިވެހިރަށްޔިތުންގެތެރެއިން ގަމާރުކަންހުންނަބޭފުޅަކު ފަހަރެއްގާގަބޫލްކުރައްވަފާނެ ﷲގެ
އިރާދަފުޅުން ނަޝީދުގެކިބައިން ދިވެހިރަށްޔިތުން ސަލާމަތްކުރައްވާ ހެޔޮވިސްނުންދެއްވާށި
އާމިން
ކަލޭ އަމާ ގެނެވޭނީ ކަލެއަށް