ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް، އިއްޔެ އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށައެޅުއްވި އިސްލާހަކީ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާފަދަ އިސްލާހަކަށް ވާތީ، އެ ބިލް އަނބުރާ ނެގުމަށް ޖޭޕީން ލަތީފަށް އަންގައިފިއެވެ.

އިންތިޚާބުތަކާ ބެހޭ ގާނޫނަށް ލަތީފް ހުށައެޅި އިސްލާހަކީ، ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައި ގާނޫނު އިސްލާހު ކުރުމަށް ހުށައެޅި ބިލެކެވެ.

ޖޭޕީގެ ޕީޖީ ލީޑަރ އަބްދުﷲ ރިޔާޒު މިއަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެމްބަރު ލަތީފް އެ އިސްލާހު ހުށައެޅުއްވީ ޖޭޕީއާ މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށާއި އަދި އެއިސްލާހުގެ ސަބަބުން ކޯލިޝަންގެ ލީޑަރު ނަޝީދުގެ އަސާސީ ޙައްޤެއް ގެއްލިދާފަދަ ބިލެއް ކަމަށް ވާތީ ބިލް އަނބުރާ ނެގުމަށް ވާނީ ދަންނަވާފައި ކަމަށެވެ.

ކުރީގެ ރައީސުންނަށް މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތައް ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅި އިރު، މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ހޮވަން ބާއްވާ އެމްޑީޕީ ޕްރައިމަރީގައި މައްޗަންގޮޅި މެދު ދާއިރާއަށް، ނަޝީދު ދަނީ ކެމްޕޭނު ކުރައްވަމުންނެވެ.

ކޯލިޝަންގެ ބައިވެރިން އެކުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ކުރިން އެއްބަސްވެފައި އޮތްނަމަވެސް އެކަމަށް ހުރަސްއަޅާފައި ވަނީ ނަޝީދެވެ. ނަޝީދު ބޭނުންވި ގޮތައް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީ މެންބަރުން ވާދަކުރަން އެޕާޓީ އިން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އަދިވެސް ކޯލިޝަންގެ އެހެން ބައިވެރިން ބޭނުންވަނީ އެއްބަސްވުމުގައި އޮތްގޮތައް މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ.

މިހާރު މަޖިލީހުގައި ތިބީ އެމްޑީޕީގެ 18 މެންބަރުންނެވެ. އެހެންކަމުން ޖޭޕީ އިން ހުށަހަޅާފައިވާ އިސްލާހު އެމްޑީޕީ އިން ދެކޮޅު ހެދިނަމަވެސް ޖޭޕީ އާއި އިދިކޮޅު މެންބަރުންގެ ތާއީދާއި އެކު ފަސޭހަކަމާއި އެކު ފާސްކުރެވޭނެއެވެ.

ކުރީގެ ރައީސް ނަޝީދުގެ އިތުރުން ޔާމީންވެސް ވަނީ މަޖިލީހަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް މީގެކުރިން ކުރައްވާފައެވެ. އެގޮތުން ޔާމީން ވިދާޅުވީ ވާދަކުރައްވަންވެސް އަދި ނުކުރައްވަންވެސް ނުނިންމަވާ ކަމަށާއި، ވަގުތު ޖެހުމުން އެކަން ނިންމަވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. عبدالله

    މީހަކަށް ބިލެއް، މީހަކަށް ގޮތެއް، މީހަކަށް ޤާނޫނެއް، މިޤައުމުގައި އޮންނަނީ، ބޮޑުންގެ ޙައްޤު،

  2. ޖިންނި

    އިސްލާޙް ވާނީ އިސްލާޙަށް !

  3. ދަތްދޫނި

    ތިޔަ ހުންނަނީ ތަމެން އަޑީގައި ތިބެގެން ރާވައިގެން ކަނޑު ކޮހުން ލައްވާ ކުރުއްވާ ކަންތައް. ސޭޓުގެ ރަޢީސް ކަމުގެ ގޮނޑި ގެއްލި ދާނެތީވެ ެެކަމާއި ގަންނަވާ ބިރެއްގެ ބޮޑު ކަމުން ކަމަށް މަމެން ދެކެނީ.

  4. ބޮޑު ބާޣީ

    އަބުލާހި ރިޔާޒަކަށް ނޭންގޭނެ ނަގާކަށް. ލަޠީފަކީ ކަލޭގެ އަޅެއް ނޫން. އެއީ މިނިވަނެއް.

  5. ސަޕޯޓަރެއް

    ޖޭޕީ މީހުން އަންނި ދެކެ ހާދަ ބިރެއްގަނެޔޭ . 87 ދާއިރާއައް ކުރިމަތި ލާނަމޭކިޔާފަވެސް އަންނި ދެކެބިރުން 22 ދާއިރާއައް ކުރިމަތިލަނީ. މިހާރުވެސް ކޯލިސަންއާދެކެކޮޅައް 87 ދާއިރާއައް އަންނި އެދަނީ ކެ.ްޕޭން ކުރަމުން. ޢަހަރެމެންވީ އަންނި ހެދިހާ ގޮތެއް ހަދަންތިބެނ. އަންނި މަޖުލީހައް ހޮވުމާއެކު މަޖުލީހުގެ ރައީސްކަން ވަރައް އަވަހައް ހޯދާނެ. ގާސިމް ނާއިބުރައީސަކައް ލާނީ. އަންނިއަކީ ވަބާއެއް

  6. ދުރޭ

    މިހާރުމިފެންނަނީ ރަށްޔިތުންގެ މަޖިލިސް ޖޭޕީގެ މިލްކެއްގެގޮތުގައި ނިންމުންތައްނިންމާތަން
    ހީކުރެވެނީކަންނޭގެ ޖޭޕީގެލީޑަރ މަޖިލީހުގެ ރައީސަކަށްހުންނެވީމަ ބޭނުންކަމެއްކުރެވިދާނެ
    ކަމަށް މަޖިލީހުގެ ރައީސަކަށް ޖޭޕީގެލީޑަރހޮވަންއުޅުއްވި ބޭފުޅުންގެކަރުބުޑުގައި ހިތިރަހަ
    ލައްވާނެ ދުވަހެއްއަންނާނެ ވިސްނަވާ މިހެންމިބުނީ ........