އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އަނެއްކާވެސް އިސްލާމްދީނުގެ އިލްމުވެރިންނަށް ގޮންޖަހައިފިއެވެ.

ޒިނޭގެ ޙުކުމާއި މެދު ސުވާލު އުފައްދާ މީގެ ކުރިން ވެސް ޓްވީޓް ކޮށްފައިވާ އިބްރާ މިއަދު ވަނީ ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދާއި ފުލުހުން ސުވާލު ކުރާނީ ކޮންއިރަކުންތޯ ބުނެ ޓްވީޓެއް ކޮށްފައެވެ.

އިބުރާ ބުނީ ޝައިހް ޒައިދު ގެންދަނީ ކީރިތި ޤުރާނުގައި ނެތް އެއްޗެއް ކީރިތި ޤުރުއާނުގައި އޮތް ކަމަށް ބުނެ ދައުވާ ކުރަމުން ކަމަށެވެ. "އޭނާ ދަނީ އެހެން މީހުންނަށް ނުފެންނަ "ޖިންނި" އާޔަތްތަކެއްގެ ވާހަކަ ދައްކަމުން." އިބުރާގެ ޓްވީޓްގައި ބުންޏެވެ.

ޝައިހް ޒައިދާއި ފުލުހުން ސުވާލު ކުރަނީ ކޮންއިރަކުންތޯ އިބުރާ ފުލުހުން ކުރެން އަހާފައި ވާއިރު ޝައިހް ޒައިދު ފުލުހަށް ހާޒިރުކޮށް މިހަފްތާގައި ފުލުހުން ވަނީ އޭނާ އާއި ސުވާލު ކޮށްފައެވެ.

ޒިނޭގެ ޙުކުމާއި މެދު ސުވާލު އުފައްދާ އިބުރާ އާއި އެހެން ބައެއް މީހުން ވެސް ތަކުރާރުކޮށް ޓްވީޓްތައް ކުރަމުން ދާއިރު ދީނީއިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވަނީ ޒިނޭގެ ޙުކުމް ސާފުކޮށްދެއްވާފައެވެ. "ޒިނޭގެ ޙައްދަކީ ގުރްއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާއުން ސާބިތުވާ ކަމެއް. މުހްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިވާ މީހަކު) ގެ ހުކުމަކީ ރަޖަމް ކުރުން. ޣައިރު މުހްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިނުވާ މީހާ) ގެ ހުކުމަކީ 100 އެތިފަހަރުން ހައްދު ޖަހާ އެއް އަހަރަށް އަރުވާލުން" އިޔާޒް ވިދާޅުވިއެވެ.

އިސްލާމީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އިސްލާމީ ޝަރީއާގެ ހުކުމްތައް ތިން ގޮތަކުން އައިސްފައިވެއެވެ. އެއީ ކީރިތި ގުރުއާންގައި ހުކުމްތައް ބަޔާންކުރައްވާ އާޔަތްތައް ބާވައިލެއްވުމަށްފަހު ފަހުން އެއާޔަތްތައް ﷲ ގެންދަވައި އެކަމަކު ހުކުމް މަންސޫޚުނުކުރައްވާ ހުކުމްތަކެވެ. ދެވަނަ ބާވަތަކީ ހުކުމްތައް ހިމެނޭ އާޔަތްތައް މަންސޫޚުނުކުރައްވައި ގުރުއާންގައި ބަޔާންކުރައްވާފައިވުމާއެކުވެސް ހުކުމް މަންސޫޚު ކުރައްވާފައިވާ އާޔަތްތަކެވެ. އަދި ތިންވަނަ ބާވަތަކީ ގުރުއާންގައި އާޔަތްތަކާއި ހުކުމްތައް މަންސޫޚުނުކުރައްވައި ދަމަހައްޓަވާ އާޔަތްތަކެވެ.

ރަޖަމް ކުރުމާއިގުޅޭގޮތުން އައިޝާ ރަޟިޔަﷲ އަންހާއާއި އުމަރު ރަޟުޔަﷲ އަންހު ވިދާޅުވެފައިވަނީ ތިމަންމެން ކުރިން އެއާޔަތްތައް ގުރުއާނުން ކިޔަވައި ވިދާޅުވާކަމުގައި ވީމުއެވެ. އެއާޔަތްތައް އުފުއްލެވުމަށްފަހު ހުކުމް މަންސޫޚުނުކުރައްވާކަން އެގިގެންދަނީ ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް އެހުކުމް ދަމަހައްޓަވާފައިވުމެވެ. އެގޮތުން ކުރިން ކައިވެންޏެއް ކުރުމަށްފަހު ޒިނޭކުރި މީހަކު އަމިއްލައަށް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ އަރިހައަށް އައިސް ކުށަށް އެތަކެއްފަހަރު އިއުތިރާފްވި ފިރިހެނަކާއި އަންހެނަކާއިމެދު އަމަލުކުރެއްވި ގޮތް ބަޔާންވެގެން އައިސްފައިވެއެވެ.

ރަޖަމް ކުރުމުގެ ޙުކުމާއި މެދު ބައެއް މީހުން ސުވާލު އުފައްދާތީ އިލްމުވެރިން ގެންދަނީ އެކަން އޮންނަގޮތް ސާފުކޮށްދެމުންނެވެ. ނަމަވެސް ސުވާލު އުފައްދާ މީހުން ގެންދަނީ އެމީހުންގެ ސުވާލުތައް ތަކުރާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ޡީނަތު

    ޓިޔަ ބައިގަޑަކީ ފިބާ ރޭޑިއޯއިން ދިވެހި ބަހުން ކްރިަްޓިއަން ދީން ފަތުރަން މަސައް ކަތްކުރި ބައިގަނޑުކަން ހަނދާނުގަ އެބަ ހުރިތޯ އެއްވެސް ބޭފުޅަކު

    • ކުރަފި

      ތިބުނާ ދުވަސްވަރަކު ކަލޭގެ އުމުރުން ވީ ކިތައް އަހަރު؟

    • ފީލް

      ހަނދާން ނެތުނީމަދޯ އެބަގަ ވެރިކަމަށް ގެނެސްފަ މިއޮތީ

    • ކޮރު ޖިންނި

      ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެހެންވެ ފީބާ ރޭޑިއޯގޭ ނަމުގަ ބައެއް މީހުން މީހުން ކޮމެންޓް ކޮށް ހަދާފަ ހުންނަތަންވެސް ފެނޭ.

  2. ބޮޑުތަކުރުފާނު

    ތައުބާވޭއަވަހަށް

  3. ލައްކަ ޑޮލަރު

    ޢިބުރާ ހައްޔަރުކުރޭ

  4. މުޙައްމަދު

    މިމީހުންގެ ލާދީނީވަންތަކަން ތޮށިގަނޑު ފަޅާލާފަ ބޭރަށް ނުކުންނަނީ....

  5. އަހުމަދު687

    ދީނީ ގޮތުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ޢިލްމުވެރިންނާއި މިގޮންޖަހަނީ ދީނީ ގޮތުން ތަޢުލީމެއް ނެތް އަދި އިސްލާމްދީނާ ދެކޮޅަށް މަސައްކަތްތަކެއްް ކުރިކަން ސާބިތުވެފައިވާ މީހުން! ދިވެހި ބަހަށް ބައިބަލް އެންމެ ފުރަތަމަ ތަރުޖަމާކޮށް ދިވެހިބަހުން އޯޑީއޯ ރެކޯރޑުކޮއްގެން ބުރޮޑުކާސްޓުކުރި އާއިލާތީ، ޝަހިންދާ އިސްމާއީލު އަޑުއެޅީ. އިބުރާއަކީ އަބަދުވެސް އިސްލާމްދީނާ ދެކޮޅު ޓުވީޓުކުރާ އަދި އޭނާ ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލާ މީހެށް!
    ފުލުހުން ކުރަންވާ ސުވާލުވެސް އިބުރާ މިކިޔައިދެނީ ސިއްކަގޭ ކުުއްޖަކާ އިނދެގެން ހުރި އަދި އިބުރާގެ ކޮއްކޮ ޝަހިންދާގެ ރައްޓެހި ފުލުުހުންގެ ހުވަޔާއި ޤަނޫނާއި ޤަވާޢިދާ ޚިލާފުވެގެން އެތަނުން ބޭރުކުރި އެމްސީ ހަމީދު މިހާރު ފުލުުހުންނާ ހަވާލުވެހުރީމަތަ؟

  6. ޖަހާންގީރު

    ސެކިއުލަރ ސަރުކާރުގަ އޮންނާނީ އިސްލާމްދީނަށް ހަޖޫޖެހުން

  7. ޒިބުރާ

    މި ބައިގަޑު ވ ފާޅުގަ މިހާރު މިއުޅެނީ ދޯ ބިރެއްނެތި މަންދު ކޮލެޖުގެ މުގައްރަރުގަ ައަނެއްކަ ލާދީނީ ލެސަނެއް އިންތޯ ރަގަޅައް ބަލަންވެޖޖެ ޒިބުރާ

  8. ކުރޭރު

    ތިކަހަލަ ގަމާރަކު ޝޭޚުންނަށް ގޮންޖަހަން ތީކާކު؟ ފާޑެއްގެ ކޮލެޖެއް ހަދައިގެން ދެހާހުގެ އަހަރުތަކުގަ ދިވެހި ދަރިންތަކެއް އަތުން އެެތައް ބައިވަރު ލާރިތަކެއް ނަގާ އެކުދީން ބިކަކުރި މީހެއްތީ!ކޯއްޗެއް ކަލެއަށް އެނގެނީ!

  9. ޢަލީ އަޙުމަދު

    ޖާހިލަކާއި ޖަދަލްކޮށް އިލްމުވެރިއަކަށް ކުރިނުހޯދޭނެ..

  10. ހިބާ

    ކަލެއަށް އެޑިޔުކޭޝަން މިނިސްޓަރުކަން ނުލިބުންއޭ ޒައިދުގެ މައްސަލައެއްނޫން. އޭ އަންނި ކުރިކަމެއް

  11. ؟؟؟؟

    އިބްރާ ފުލުސް އޮފީހަށް ޙާޟިރުކޮށް ބަޔާން ނަގަންނުވޭތަ. މުސްލިމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަނީ. ޤައުމުގެ އާމް މަސްލަޙަތު ނަގާލުން ނޫން އެހެންކަމެއް އި ބުރާގެ ވާހަކާގައިނެތް.
    ކޮބާތޯ އިސްލާމިކް މިނިސްޓްރީ

  12. ޖުންދުﷲ

    ﷲގެ މަގުގައި ޖިހާދު ކުރެވޭނެ ގޮތަތއް ހުރޭ

  13. ބެއްޔާ

    މިއަދު ކީއްވެތޯ އިސްލާމްދީނާމެދު ޝައްކު އުފައްދަނީ. މުސްލިމުން ދީނުގެ އެއްވެސްކަމަކަށް ޝައްކެއްނުކުރާނެ. އިބުރާ މެންގެ އގީދާ އިނގޭ. އެމީހުން އިސްލާމްދީނާމެދު ޝަކުވާކުރާނެ. މިސްކިތްގިނަވެގެން މުސްލިމަކު މީގެ ކުރިން ރަސޫލު ޒަމާނުގަވެސް އަދި މިހާރުވެސް އެއްވެސްދީނެއްގެ މީހަކު އިބުރާ ނޫނީ އެފަދަ ވާހަކައެއް ދެއްކި އަޑެއްނާހަން. ދެންވިސްނާ އެމީހާގެ ދީންވެރިކަމާމެދު. ޔަހޫދީ ފާދިރީއެއްގެ ސިކުނޑިޔަށް ނާންނަފަދަ ވާހަކަތައް އެހެނީ އޭނާގެ ބޮލުގަ.

  14. އަހްމަދު

    އިބްރާއަކީ އިސްލާމްދީނާ އެހާރައްޓެހިމީހެއްނޫން އެހެންވީމަ ވަރައްތަފާތުސުވާލުކުރައްވާނެ

  15. ަސދ

    އިބްރާގެ އަންހެން ކޮށްކޮއަކީވެސް ތިކަހަލަ ވާހަކަ ދައްކާ އަންހެނެއް

  16. Anonymous

    ތިއިބްރާ 2007 ވަނަ އަހަރުވެސް ބުރުގާ އެޅުމާ ބެހޭގޮތުން އާނިޔާ ލިޔުނު އާޓިކަލް ރަގަޅުވެގެން ވަހަކަދައްކާ ބުނަނީ ޤުރުއާނުގެ ކޮންތަނެއްގަ ހެއްޔޯ ބުރުގާ އަޅަން އަނަގަވާފަ އޮތީ. ނޯންނޏަނެޔޯ. މިވާހަކަ ދެއްކީ އެތައް ބަޔެއްގެ ކުރިމަތީގަ. މީނަ ގަބޫލުކުރަނީ ޤުރުއާނުގަ ދިވެހިބަހުން "ބުރުގާ" މިހެން ލިޔެފަ އޮތީމަ ކަމަށްވެދާނެ. ތީ ވަރަށް ލާދީނީ މިޙެއް. މިމީހާގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި. އާމީން

  17. ދދދދދދ

    މަންދު ކޮލެޖުން ކިޔަވަން އަހަރެންނާއި އަހަރެންގެ ރައްޓެހިން ދެކޮޅު ހަދާ ސަބަބަކީ ތީ.

  18. މޯދީ

    ޔާﷲ . މި ލާދީނީ މީހާ ގެ ދުލަށް ވާގި ދެއްވި ފަދައިން އެވާގި އަނބުރައި ގެންދަވާފާދޭވެ.

  19. އިބްރާހީމް

    މަންދު ކޮލެޖް ބޮއިކޮޓް ކުރަންވެއްޖެކަމަށް ފެނޭ

  20. މީހެއް

    ދެން ވިސްނާލާ މީނާ ހިންގާ ކޮލެޖަށް ކިޔަވަންދާ ކުދިންގެ ސިކުނޑިތަކަށް ވައްދާނެ ފިކުރުތައްް. ހިލޭ ކިޔެވެން އިތަސް ތިމާގެ ދަރިން އެތަނަށް ކިޔަވަން ފޮނުވާއިރު ވަރަށް ވިސްނަންޖެހޭ

  21. ބެއްޔާ

    އިބުރާ އެވެ، އިސްލާމް ދީނަކީ ބުފޭ މޭޒެއް ނޫން. ކަލާ ގަޔާވާ ހުކުމަކަށް ތަބާވެފަ ގަޔާނުވާ ހުކުމަކަށް ސުވާލު އުފައްދަން. އިސްލާމް ދީނުގެ ހުކުމުތަކަށް ކަލެޔަށް އުޅެން އުނދަގުލިއްޔާ އެއީ ކަލޭގެ މައްސަލައެއް.

  22. އަޙްމަދު

    ޝައިތާނުންގެ ދިނަށް ތަބަވާ މީހުންނާއި ދޭތެރެ ފިޔަވަޅު އަޅަނީ ކޮންދުވަހަކުންތޯ؟ މިބުނީ އިބުރާ އާއި އެނުންވެސް އެފަދަ އެހެން މީހުން.

    ޔާﷲ މިފަދަ މީހުންނަށް ހެޔޮމަގު ދައްކަވާށި. ތައުބާ ވުމުގެ ފުރުސަތު ދެއްވާ އެކަން ނުކޮށް ގަދަވެގެންފިނަމަ އެބައި މީހުން ދުލާއި އަތުގެ ހަރަކަތްތަށް ގެންދަވާ އެބައި މީހުންނީ އިބްރަތެއްކަމުގައި ލައްވާށި. އާމީން.

  23. ދިވެހިޒުވާނެއް

    އިބުރާ މަށަކީ މާ ދީންވެރިވެގެން އުޅޭ މީހެއްނޫން، އެކަމު ކަލޭމެން އިސްލާމް ދީނުގެ ހުކުމްތަކާއި މެދު ސުވާލު އުފައްދާ، އިސްލާމް ދީން ބަލިކަށިކުރުމަށް ކުރާ ކަންތަކުން ﷲގެ ރަހުމަތުން އަގީދާ އިތުރަށް ވަރުގަދަވަނީ. އަދި ތިކުރާކަންތައްތަކުން ކަލޭމެން ދެކެ ފޫހި ވަނީ. ﷲ ގެ އިރާދަޔާއެކު މި ބުނަނީ، މިއަދުން ފެށިގެން ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަ ކުރަން މަސައްކަތް ފަށާނަން އަދި ﷲ ގެ އިރާދަޔާ އެކު ކާމިޔާބުވެސް ކުރާނަން

  24. މަސްވެިރިޔާ

    މިއީ ހަމަ ހުތުރު ހަޑި އަނގަ އެއެް، ރ.ކަމަށްވެސް ކުރިމަތި ލިއޭ، ލިބުނީ އެންމެ 1500 ވޯޓް. އިބުރާ ރަގަޅުވާނީ ރަގަޅު ފާދިރީނަށް ނަސޭހަތްދޭން. ކީއްވެތޯ އިބުރާ ދީނާ މާބޮޑަށް ބެހި ޝެއިޚުންނާއި ޒާތީ ވަނީ . ބުނަނަތަ ހަމަ ލާހިކެއްނޫން އިބުރާޖަހަލަ 100 މީހުން ތިގޮތަށް ތެޅި އެރުވިއަސް މިވަތަންގެ ދަރިންގެ ފިކުރާ ކުޅެލަން.. މިހާރު ތިހަރީ މުސްކުޅިވެފަ ހަޑި ހުތުރު އަގައެއްނޫން ދެން ކޯއްޗެއްތަ ހޯދޭނީ.

  25. އަމްސް

    މީނައަކީ ގޯތީގެ އެއްބައި ކާލާ އަމިއްލަ އެއްބަނޑު މީހުންނަށް ހިޔާނާތްތެރިވި މީހެއް ދެން މީނަ ހިވޭތަ އެހެންމީހަކަށް ވިސްނާނެހެން

  26. عبدالله سعيد ގދ.ގައްދޫ/ދަނބުފަށުވިގެ

    މިވެރިކަމުގައި މިބާވަތުގެ ކަންތައްތައް މިރާއްޖޭގައި ހިނގާނެ ކަމަށް ބޮޑުސިންގާ ޖަލްސާއެއްގައި ޑޮކްޓަރ ޝަހީމުމެންފަދަ މިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން އެތައްބަޔަކު ވިދާޅުވެފައިވަނީ، އެބާވަތުގެ ކުށުގެ މާޒީއެއް އޮތް ބަޔަކު މިމީހުންގެ ތެރޭގައި އުޅޭތީއެވެ. މިއަދު މިރާއްޖޭގައި މިފެންނަނީ އެކަންކަމެވެ. މިސްކިތްތައް މަދުކުރުމަށް ބުނާ މީހުންނާއި ޢިލްމުވެރިންގެ ބަސްފުޅުތައް ޤަބޫލުނުކުރާ މީހުންނާއި ދީނުގެ ޙައްދުތައް ތަންފީޒު ކުރުމަށް އިންކާރު ކުރާ މީހުން ހޮރުހޮރުން ނުކުމެ، ތަންތަނަށް އެއްވެ، ދީނާއި ޤާނޫނާއި ޚިލާފަށް ވާހަކަދައްކައި ބަޔާންދޭ މަންޒަރެވެ. އެހެންނަމަވެސް ކަން އޮތީ މިގޮތަށެވެ. سورة الصف 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ، يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ މިފަދައިންނެވެ. މިއާޔަތުގައި އެކުލެވިގެންވާ މާނައަކީ، އެއުރެން އެދެނީ އެއުރެންގެ އަނގައިން ފުމެ ﷲ ފޮނުއްވާފައިވާ ނޫރު (އިސްލާމްދީން) ނިވައިލުމަށެވެ. ނަމަވެސް ﷲ އެކަނލާގެ ފޮނުއްވި ނޫރު (އިސްލާމްދީން) ފުރިހަމަ ކުރައްވާ ހުއްޓެވެ. (އެކަމާ) ކާފިރުތަކުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް، މެއެވެ. الله اكبر الله اكبر الله اكبر

    • މޯލްޑިވިޔަން

      ގަޅި ކަމެއް ދޯ ތިހަރަ

  27. ދިވެއްސެއް

    މިގައުމުގަ މިހާރު އިސްލާމިކް މިނިސްޓްރީ އެއް، އިސްލާމިކް މިނިސްޓަތެރެއްވެސް ނެތީތަ؟

  28. ސޮވަރިން

    ނޭނގޭމީހަކަށް ނޭނގޭނެ ބުނެދިނަސް .

  29. ނަސޭހަތް

    އިބުރާހިމޭނުން ހުންނަވާ މުސްލިމްގައުމެއްގެ އިލްމުވެރިންނަށް ގޮންޖައްސަވަންތިއީ
    އެކަށީގެންވާ ބޭފުޅެއްނޫން

  30. ނަން

    އިބުރާ އަކީ މޮޅު މީހެއް. އިބުރާއަކާ އިލްމުބެރިންނާ އަޅުވާ ނުކިޔޭނެ.

  31. މީނާ

    ކޮންމެ ކޮންމެ މީހަކަށް އެނގޭތަ ޤުރުއާނާ ސުންނަތުގެ ހުކުމްތައް އިބަރާ އަށާ އިބޫ އަށް އެނގޭނީ ޤުރުއާނުގެ ތަރުޖަމާއިން ފެންނަ އެއްޗެއް އެކަނި

  32. ހަސަން

    މިހެންވެ އަހަރެމެން ބުނީ އެމްޑީޕީ އަކީ ލާދީނީ ބައިގަޑެކޭ. މި ބައިގަޑު ވެރިކަމަށް އައި ފަހުން ލާދީނީ ހަރަކާތްތައްވަނީ ހައްދުފަހަނަ އަޅާފަ. އަދާލަތު ޕާޓީއަށްވެސް ނުކެރޭ އެމްޑީޕީގެ ލާދީނީ ހަރަކާތްތަކާ ދެކޮޅަށް އެއްޗެއްބުނަން. ނަމަނަމަ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ލިބުނަދީގެން ނުވާނެ. އެމީހުންނަށް މެޖޯރިޓީ ލިބިއްޖެނަމަ ރާއްޖެއަށް އެހެންދީންތައް ގެންނާނެ.

  33. މުހަންމާ

    މިހެންވެ އަހަރެމެން ބުނީ އެމްޑީޕީ އަކީ ލާދީނީ ބައިގަޑެކޭ. މި ބައިގަޑު ވެރިކަމަށް އައި ފަހުން ލާދީނީ ހަރަކާތްތައްވަނީ ހައްދުފަހަނަ އަޅާފަ. އަދާލަތު ޕާޓީއަށްވެސް ނުކެރޭ އެމްޑީޕީގެ ލާދީނީ ހަރަކާތްތަކާ ދެކޮޅަށް އެއްޗެއްބުނަން. ނަމަނަމަ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ލިބުނަދީގެން ނުވާނެ. އެމީހުންނަށް މެޖޯރިޓީ ލިބިއްޖެނަމަ ރާއްޖެއަށް އެހެންދީންތައް ގެންނާނެ.

  34. ޕޮކަޑިމޭން

    މިކަމުން އިނގިގެން މިދަނީ ކޮލެޖް އުފައްދައިގެން ރައްޔިތުން އަތުން ލާރި ފެލާ އިބްރާ އަކީ ޢިލްމީ ގޮތުން އުރުއްޕެއްވެސް ނެތް މީހެއްކަން، ލާދީނީ ބައިގަނޑު މިގައުމުން ބޭރުކުރޭ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ. އިބްރާ އާއި އެނޫންވެސް ލާދީނީ ފިކުރަށް ތާއީދުކުރާ މީހުންނަކީ ދިވެހިރައްޔިތުކަން އަމިއްލައަށް ދޫކޮށްލާފައިވާ ބައެއް