އަމިއްލަ ކުންފުންޏެއްގެ ލިޔުމެއް ފޯޖްކޮށް ގދ.ގައްދޫ ކައުންސިލްގެ މުވައްޒަފަކު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ގައްދޫ ކައުންސިލުން ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދިން ކުންފުނީގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ ކައުންސިލަށް އެކުންފުނިން ފޯރުކޮށްދިން ތަކެއްޗަށް ދައްކަން ޖެހޭ 65000 (ފަސްދޮޅަސް ފަސްހާސް) އަށް ވުރެ ގިނަ ރުފިޔާ ކުންފުނީގެ ނަމުގައި ލިޔުމެއް ފޯޖްކޮށްގެން ކައުންސިލްގެ މުވައްޒަފަކު ނަގާފައިވާ ކަމަށެވެ.

"ފައިސާ ނުލިބިގެން މިހަފްތާގައި ކައުންސިލްގެ ބަޖެޓް ސެކްޝަނަށް ގުޅުމުން ވިދާޅުވީ އެފައިސާ ދޫކޮށްފައިވާ ކަމަށް. ފައިސާ ނުލިބޭ ކަމަށް އަޅުގަނޑުމެން ދެންނެވުމުން އިތުރަށް ބެލި ބެލުމުން މިހާރު އެނގިފައިވާ ގޮތުގައި ފައިސާތައް ނަގާފައި ވަނީ ކައުންސިލްގެ މުވައްޒަފެއް." މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

މައުލޫމާތު ދިން ކުންފުނިން ވިދާޅުވީ އެކުންފުނީގެ ނަމުގައި ސިޓީއެއް ތައްޔާރުކޮށް ކައުންސިލްގެ މުވައްޒަފު ވަނީ އޭނާ އާއި ފައިސާ ހަވާލު ކުރުން އެދި އެސިޓީ ކައުންސިލަށް ހުށަހަޅާފައެވެ.

"ސިޓީއެއް ފޯޖްކޮށް އަޅުގަނޑުމެންގެ ބިލްތަކުގެ ފައިސާ އެމުވައްޒަފާއި ހަވާލު ކުރުމަށް ސިޓީގައި ލިޔެފައި އޮންނަނީ. މިފަދަ ބޮޑު ވައްކަމެއްގައި އިތުރު ބަޔަކު ވެސް ބައިވެރިވުން އެކަށީގެންވޭ." ކުންފުނިން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ގައްދޫ ކައުންސިލްގެ މުވައްޒަފަކު ލިޔުމެއް ފޯޖްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

މިވައްކަމާއި ގުޅިގެން ގައްދޫ ކައުންސިލްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. އަހުމަދު މުހައްމަދު

  ގައްދޫ ކައުސިލް އަކީ ތި ފަދަ ޖަރީމާ އަށް ދޮންވެ ފައްކާވެފައި ވާ ތަނެއް. ރާއްޖޭގެ ކޮން ކައުސިލްއަކުން ތޯ ރަށުގެ އިޖްތިމާޢި ސަރަހައްދު ސާފުކުރން ދީ ފައިވާ ފައިސާއިން ބޭރު މީހުން ގެނެސްގެން އެމީހުން ލައްވާ ވިޔަފާރިވެރިން ގޭގެ މަސައްކަތް ކުރުވާ ނާޖާއިޒު ގޮތުގައި ކައުސިލްގެ މުއައްޒަފުންގެ ޖީބުތައް ދަނީ ބަރުކުރަމުން<<

 2. ނޫރާ

  ހާދަ ގިނައޭ މިވެރިކަމުގައި ވައްކަން.

  • ލޮލް

   ޖަޒީރާ ދިރިއުޅުން

 3. Anonymous

  ޤައްދު

 4. އަހުމަދު މުހައްމަދު

  މައްސަލައިގެ ބާވަތުން ތީގައި ތީގެ ޒިންމާ ނަގަންޖެހޭނީ އެކަން ކުރި މުއައްޒަފު އެކަންޏެއްހެން ހީނުވެ. ތީ އޮގަނައިޒް ކޮށް ހިގަމުންދާ ކަމެއްހެން ހީވޭ. އަދި ބަަޖެޓުގެ މުއައްޒަފު ހިއްސާ އެއްނެތި އޯޕެން ޗެކް ދޫނުކުރެވޭނެ،. ކޮބާތޯ ޒިންމާދާރު ކައުންސިލް 5 މެމްބަރުން.. އިންވޮއިސްގައި އެކައުންޓް ނަމްބަރ ޖަހާވަނިކޮށް ލާރި ނަގާ ގޮތައް ޗެކް ތަކުރާރުކޮށް ދޭ އިރުވެސް އެގެންބޭފުޅެއްގެ ސަމާލްކަމަށް މިކަން ނާދޭތޯ<<

 5. ގައްދޫ މީހާ

  ތިޔައީ ގައްދޫ ކައުންސިލް ގައާއި ގައްދޫ ސިއްހީމަރުކަޒުގައިވެސް ހިންގަމުންދާ ޖަރީމާ ތަކެއް. ތިކަން ފެށިފައިވަނީ ކުރީގެ ކައުންސިލްގެ ރައީސް އާއި ގައްދޫގަ އުޅޭ އިދާރީ ގްރޫޕް ކިޔާ ގްރޫޕެއް

 6. އަހުމަދު މުހައްމަދު

  ކޮރެޕްޝަން ފެށިގެން ދަނީ ޕޮރޮކިއުމެންޓް ގެ މުއައްޒަފުގެ ވައްކަޑުންނާއި ބޭނުންކުރާ ޕީސީއިން .. ތިމާ ބޭނުންވާ 3 ކޯޓޭޝަން 33999 ރ ވާ ގޮތައް ޕީއޯ ރެއިސް ކުރެވޭ ވަރަށް މަސައްކަތް ކޮށްލުމަކީ ވަރަށް އަދައިގެ 5 މިނިޓް ކުރެވޭ ކަމެއް< މިދެންނެވި އަދަދު ތަކުން ބަލާނަމަ ކިތައް މިލިއަން މަހެއްގެ މައްޗައް ގެއްލިފައި ނޫނީ ނަޖައިޒް ގޮތުގައި އަސްލު ބުރަމަސައްކަތް ކުރާ ވިޔަފާރި ހިސާބު ނޮގޮސްނިމިފައި ވާނެތޯ ..؟؟

 7. ހަލުވި

  ޖަޒީރާވެފަ މަރުތައް ގިނަ. މަކަރުވެރި ސަރުކާރު

 8. ގައްދޫ މީހާ

  ތިޔައީ ކުރީގެ ކައުންސިލް ރައީސް އާއި ގުޅިގެން ގައްދޫގަ އުޅޭ އިދާރީ ގްރޫޕް ކިޔާ ބައިގަޑަކުން ކުރަމުން އަންނަ ކަމެއް. ތިކަމަށް ގައްދޫ ކައުންސިލާއި ،ގައްދޫ ސިއްހީމަރުކަޒުގެ އިދާރީ ވަރަށް ފަރިތަވާނެ. 2017 ވަނަ އަހަރު ގައްދޫ ހެލްތު ސެންޓަރުން ވެސް ތިކަހަލަ ކަންތައް ތަކެއް ފެންމަތިވި. ތިއިދާރީ ގްރޫޕް ތިކަމަށް ވަރަށް ފަރިތަ ވާނެ

 9. ކަކުުނި

  ހިޔެއްނުވޭ. ދެ ޖިންސްވަކިކޮށް ކިޔަވައިގެން ސުންނަތަށް އުޅޭ މީހަކު ނުކުރާނެތާ. ފަސްފަހަރު މިސްކިތަށް ދާއިރު ފަސް ރުފިޔާވެސް ވަގަކަށް ނުނަގާނެ

 10. ރައްޔިތުމީހާ

  ތިކައުންސިލަރުންބަކީ ރައްޔިތުންނަށް ގެއްލުންދޭން ހޮވާފަ ތިބޭބައެއް ނިކަމެތި ރައްޔިތުން ކާން ބޯން ކުރާ މަސަތްގަތް ފޭރިގަންނަ ބައެއް އެއްވެސް ފައިދާހުރި ކަމެއް ކުރާ ބައެއްނޫން

 11. އަހުމަދު މުހައްމަދު

  ގައްދޫ ފެންޕްލާންޓުގެ ތިޖޫރީ ގައި ހހުރިފައިސާ ޖެެއްލިޖެ. ހެލްތު ސެންޓަރ ގެ ތިޖޫރިން ފައިސާ ހިޔާނާތް ފަޅާ ެރުމުން ކައުސިލް ތިޖޫރީން ފައިސާ ހަމަކޮށްދީ ފައި އެބަހުރި .. ގައްދޫ ގެ އިންޖޫނުގެއިން އަގުބޮޑުކޮށް ކަރަންޓްބިލް ފައިސާ ނިކަމެތި ރައްޔިތުން އަތުން ހޯދާ އސްލު ބިލްވާ ފައިސާ ބިލް އަށް ަދައިގެ ރަތްޔިތުމީހާ ދެއކީމަ. ސިސްޓަމުން ޕޭކޮށްފަ ބާކީވާ ފައިސާ މުއައްޒަފު ޖީބައްލާފަ އެބަހރި.. އެސްޓިއޯ ފާމަސީ ކައުޓަރުން ލާރި ތަކުރާރުކޮށް މަދުވެ. އެކަން ފަޅާ އެރުމުން ހުރިހާ މުއައްޒަފުން ޖީބުން އެފައިސާ ހަމަަޖައްސަން މަސައްކަތް ކޮށްފައިވާ އެބަހުރި.. ކިހިނެއްތޯ ގައުމެއް ރަގަޅުވާނީ ؟؟ ވައްކަން ކުރީމަ އެކަން އޮތްބާލަން މަސައްކަތް ކުރާހިދަކު މިމައްސަލަ ތައް ހައްލެ ނެތް؟

 12. ބަޑި

  ހިންނަވަރުގައިވެސް ފާޑެއްގެ މައްސަލައެއް އުޅެއޭ އެބަ ކިޔާ.. ތެދެއް ދޮގެއް ނޭގޭ

 13. ތިލަ

  ީތިބެންވާވަރަށް މުވައްޒަފުން ނެތި އެއްމުވައްޒަފަކު އެހުރިހާކަމެއްކުރަންޏާ ވާނީ މިކަހަލަ ގޮތެއް.

  • އަލީ

   ބެސްޓް ކޮމެންޓް

 14. އެމެލީ

  ލިޔުން ފޯރޖްކޮށްގެން އެހެން މީހުންގެ ސަނަދު އިން ވަޒީފާ ހޯދާ ވަޒީފާއިން ކުރި ހޯދައިގެން ދާމީހުން ވެސް އެބަތިބި . މުސާރަ ނެގެނީ ވަގަކަށް ނޫންތަ؟

 15. އަހްމަދު

  ތިވާނީ ގޮއްރީނދޫ ގަނޑަކަށް.

 16. ޢަހުމަދު އަލިި

  ޙިޔަނަތް ވާނީ ހިޔާނާތައް ކިތަންމެ ކުޑަ ނަމަވެސް

 17. ކޯބްރާ

  އެއީ މައްސަލައެއް ނޫން. އަހަރެމެންގެ ޖަޒީރާ ރާއްޖޭގައި ތިޔާ ފަދަ ކަންކަން ވުމަކުންނެއް ނެތް މައްސަލައެއް. ޒުވާނުން ކުރާނެ ކުރެވޭނެ ތިޔާ ކަހަލަ ކަންކަން. މިއައް މިކިޔަނީ ޖަޒީރާ ރާއްޖެ

 18. ޢިބްރާހިމް ނިޔާޒް

  މަށެއް ނޫން ޝަމީމް ދެތިކި ޕީ

 19. ކަންވަށް

  ދޮގުނުހަދާ މިވެރިކަމުގައި ވައްކަންނުކުރާނެ އެކަމަކު ކޮފީއެއްބޯލަން މިލިޔަނެއްހާ ރުފިޔާ ސިއްރުން ނަގާފާނެ ހެހެހޭ މިއޮތީވާ ހެޔޮވެރިކަމެއް...

 20. އަހުމަދު މުހައްމަދު

  2017 ވަނަ އަހަރުގަ ގައްދޫގެ 2 ވޮލީ ކޯޓާ ބަށި ކޯޓާއި ނެޓްބޯލް ކޯޓް ގެ މަސައްކަތް ކައުސިލްގެ ޒިންމާދާރު މުއައްޒަފުންގެ މަސްލަހަތު އޮންނަ ކުންފުނި ބިޑް ކާމިޔާބު ކޮށް މަސައްކަތް ނިންމާ ލާރިގަނޑު ބަހާނެ ގޮތާމެދު ދެބަސްވެ ހިގި ކަންތައްގަނޑު ގައްދޫ ގިނަ ރައްޔިތުންއިގޭނެ. މިދެންނެވި 450،0000 ޕޮރެޛެކްޓް ފަހު ވަރަށްފުންނާބު އުސް ކޮންސަޓަކަޝަން ކޮމްޕެނީވެސް އޭގެ ހިއްސާދާރުގެ އުފެދުނު ދެބަވުމުގެ ތެރެއިން ގައްދޫ ސިއްޙީ މަރުކަޒު ގައި މަސައްކަތް ކުރާ މުއައްޒަފަކު އުފައްދާ ރާއްޖޭގެ އެކި ކަންކޮޅުގައި މަސައްކަތް ފަށާފަ..

  • ޖަޒީރާވަންތަ ގައްދޫ

   ތިދަންނަވާ ޕްރެޛެކްޓް ސުޕަވައިޒް ކުރަން ހުންނަ ޕްރޮޖެކްއޮފިސަރ ހުރޭ ދަޑުތަކުގައި މަސައްކަތް ކުރަން . އަސްލު މިވާ ގޮތް މިވިސްނުނީ އަދި ކިރިޔާ، އަމިއްލަ ހިއްސާވާތީ މަސައްކަތް ވެސް ކުރަންވެސް ޖެހޭނެތާ<< ނޫނޭ ގައުމެއްނެތް ކާލާފަ އޮތީ އެއްއަތުން އަނެތް އަތަށްވެސް ނޭގޭ ވަރަށް .. ވައްކަން ރޯމާދުވާލު ...

 21. ޖަޒީރާވަންތަ ގައްދޫ

  ގައްދޫގެ ކައުސިލްގެ ބަޖެޓް އޮފިސަރ ލޯބިވާ ބަފާބެއަށް (ގައްދޫ އޮޑިވެރިއެއް) އަށް މަސްނުބާނާ ދުވަސްވަރު ކައުސިލް ތިޖޫރީން ލޯނުގޮތުގައި ފައިސާ ދީފާއި ވާ ކަން ކުރީގެ ކައުސިލް މެމްބަރުންގެ ވާހަކަ ތަކުން އިގެ.. މިހުރިހާ ކަމެއް ހިގަނީ ގަައްދޫ ޒިންމާދާރު ވެރިޔާގެ ފުރިހަމަޔަށް އެގި ހުރެ ފިޔަވަޅު ނޭޅިދިއުމުގެ ނަތީޖާ. ކިހިނެތްތޯ އަޅާނީ އެބޭފޫޅާގެ އަމިއްލަގެ ހަދަން 10 ބަގްލަދޭޝް މީހުން ގެނެސްފައިވަނީ ޢިޖްތިމާއީ ސަރަހައްދު ސާފުކުރަން ސަރުކާރުން ހަމަޖައްސާފައި ބަޖެޓުން..ރަށްސާފު ކުރުމުގެ ނަމުގައި .. ގެ ވެސް ހަދާ ނިމެނީ މީހުން އެކި ތަންތަނައް މަސަކަތު ފޮނުވައިގެން ލިބޭ ލާރިވެސް ޖީބައް..

 22. އިދާރީ

  ތިމީހުން ނުކުރާނީ ކޮންކަމެއް، ގައްދޫ ފިހާރަތަކުން ސިގިރޭޓާ، ސޮފްޓް ޑްރިންކްސާ، ލުއިކާނާ ފަދަ ތަކެތި ނަގާފައި ފިހާރަވެރިން ކާރީ އެބަބުނޭ ކައުންސިލް އިދާރާ ނަމުގައި ބިލު ހަދާދޭށޭ. އަދި އެބަ ބުނޭ ބިލުގައި ޖަހާނީ ކައުންސިލް އިދާރާގެ މަރާމާތަށް ނަގާފައިވާ ކޮންމެވެސް އެއްޗެކޭ. މިހުރީ ގައްދޫ ކައުންސިލްގައި އުޅޭ މުވައްޒަފުން ހިންގާ ޖަރީމާ.

 23. ވަގު

  ބޮނޑެ ވަގެފެރޭތެޔާންނޭ.ކެހޭ ދެރެކަމެކެ މީ