މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށޭވަރު ވާނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަވުން ޝާހިދު ވިދާޅުވީ ކާގޯ ގިނަ ވެފައި ވަސީލަތަށް މަދުވުމުން މާލެ ކޮމާޝަލް ހާބަރަަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާކަމަށެވެ.

"އެމްޕީއެލްގެ މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން. އެކަން ހައްލުކުރުމަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ޖާގަ މިހާރު ބޮޑު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ހިއްކައިގެން ވިޔަސް ޖާގަ ބޮޑުކުރެވެން ނެތް ކަމަށެވެ.

"މިހާރު މި އަންނަ މުދަލަށް ބަލާއިރުވެސް ތިން ގުނަ ހަތަރު ގުނަ ޖާގަ އެބަ ބޭނުންވޭ, މިހާރު މިއޮތް ކެޕޭސިޓީ ބޮޑު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް, މި އޮތީ ޖާގާ ދެފަރާތުން ލިމިޓް ވެފައި, ބަނދަރު ޕްލޭން ކުރެވިފައި އޮތީ ކޮންޓެއިނަރ ޓާމިނަލް އާއި އެކު ތިލަފުއްޓަށް ބަދަލު ކުރާ ގޮތަށް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2015 ވަނަ އަހަރު އެމްޕީއެލްއަށް ގެނައި ގިނަ އަދަދެއްގެ އިކުއުޕްމެންޓްތަށް ހުރީ ހަލާލުވެފައި ކަމަށާއި އެ ވެހިކަލްތަކާއި އިކިޔުޕްމެންޓްތަށް ވަނީ މަރާމާތު ކުރަން ޖެހިފައި ކަމަށެވެ.

"2015 ވަނަ އަހަރު އެމްޕީއެލް އިން ގެނައި ވެހިކަލް ތަކުގެ ތެރެއިން ބޮޑު ފަސް ވަރަކަށް ވެހިލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި" ޝާހިދު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް 2016 ވަނަ އަހަރު އެމްޕީއެލް އިން ވަނީ ގެނެސްފައެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ޔާޑުގެ ހާލަތު ހުރި ގޮތުން ބައެއް ބޮޑެތި ވެހިކަލްތަށް ވަރަށް އަވަހަށް ހަލާކުވާ ކަމަށާއި އަނެއް ބައި ވެހިކަލްތަށް އެއަށް ބޭނުންވާ ސްޕެއަރ ނެތުމުން ބޭނުން ނުކުރެވި ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިލަސުށިން ގެނެސް އަލުން ޖެހޭނީ މާލެއަށް މުދާބާލަން. ވީމާ މައްސަލަ ހައްލެއްނުވެއެއްނު! ހުޅުމާލެއަށް ބަދަލުކުރެވޭކަށް ނެތްތަ؟

  2. މަހަމޫދު

    ކޮންމެ އެއްޗެއްވެސް ހަލާކު ވާނެއެއްނުން މަރާމާތު ކުރަން ބޭނުންވާ ސްޕެއަރ ގެނުވީމަ އެހުރިހާ އެއްޗެއް ހެދޭނެއެއް ނުން