ރިސޯޓްތަކަށް ގެންނަ ފަތުރުވެރިންތަކެއްގެ ގޮތުގައި ފޭކް ބުކިންތަކެއް ހަދައިގެން ފަތުރުވެރިން ގެނައުމުގެ ހުއްދަ ނެތް ރަށަކަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެސް އެމީހުންނަށް ކޮޓަރި ވިއްކަމުން އެބަގެންދެއެވެ.
"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި ވަރުވާ އަށް ދޫކޮށްފައިވާ ގދ.ހައޮޑިގަލާ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެސްގެން އެމީހުންނަށް ޚިދުމަތް ދެމުން ގެންދަނީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފާތިމަތު ޝިއުނާ (ޕްރީޕެއިޑް ޝިއުނާ) ގެ ފިރިމީހާ އިބްރާހިމް ޝާރިފެވެ.
މިދިޔަ ޑިސެމްބަރ މަހު އޭނާ ގެނައި 40 އަށް ވުރެ ގިނަ ފަތުރުވެރިން ހައޮޑިގަލާގައި ޓްރޭނިންތަކެއް ކުރިއަށް ގެންދިޔަ ފޮޓޯތަކެއް ވެސް "ވަގުތު" އަށް ވަނީ ލިބިފައެވެ.
އެމީހުން މިއަދު ގދ.ކާޑެއްދޫ އެއާޕޯޓުން މާލެ އަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައޮޑިގަލާ އަކީ ވަރުވާ އަށް ދޫކޮށްފައިވާ ރަށެއް ނަމަވެސް އެރަށަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ފަތުރުވެރިން ގެނެސްފައި ވެއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެރަށުގައި ކޮޓަރިތަކާއި ފާހާނާތައް ވެސް ވަނީ އިމާރާތް ކޮށްފައެވެ.
ވަރުވާއަށް ދޫކޮށްފައިވާ ރަށުގައި ފަތުރުވެރިން ގެންގުޅޭ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ދެނީ ވަރަށް ހަރުކަށި ޤަވައިދެއްގެ ދަށުން ގިނަ ކަންކަން ފުރިހަމަ ކުރުމުންނެވެ. ނަމަވެސް މުހިންމު ގިނަ ކަންކަން ފުރިހަމަ ނުވާތަނެއްގައި ފަތުރުވެރިންނަށް ޚިދުމަތް ދޭއިރު ސަރުކާރުން ފިޔަވަޅު ނާޅަނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.
ޤަވައިދާއި ހިލާފަށް ފަތުރުވެރިން ގެނައުމުގެ އިސްކޮށް އުޅޭ މީހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެއެވެ.
އޯކޭ ވާނެ އަޅާނުލާ
ާސގހކޔޮ
އެމްސީ ހަމީދު ހުރިއްޔާ ޝިއުނާ ހާސްވާނެ ކަމެއް ނެތް. ތިޔަ މައްސަލަ ނޫސްތަކަށް އެރިޔަސް ފަހުން ހިންދާލާނރ ކަމިގެ ޔަގީންކަން ޕްރިޕެއިޑް ޝިއުނާ އަށް އޮންނާނެ. މިއޮތީ ހެޔޮވެރިކަން ފެށިފަ.
ާސދފހ ނ
ޙ
މި ފެންނަނީ ބޮޑު މަންޒަރު. ރައްޔިތުން ގުނބޯހެދިގެން އަދިވެސް ތިބޭ! މީ، އެވިދާޅުވާ ރަނުން ރަނަށް ވަޢުދު ފުއްދުން.
ތިޔަކަހަލަ ހުރިހާ ކަމެއް ތިޔަ މީހުން ކުރާނެ.. ރައްވެސް ލިބުނު ގޮތައް ރައް ތިޔަ ހިންގަން ފެށީވެސް..
އެހެން ވެއްޖެޔާ ތިކަމެއް ނުބަލާނެ
ތިކަން ގދ ހޯނޑެއްދޫގަ ވެސް ކުރިއަށް ގެންދޭ! ވަގުތުން ލިޔުން ފުރިހަމަ ކުރަން މިކަންތައް ބަލާބަލަ! އެކަން ކުރަނީ ހީވާގޮތުން މިހާރު މަޖްލީސް އިންތިޙާބަށް މަޑަވެލި ދާއިރާއަށް ކެމްޕެއިންކުރާ ފަރާތެއް! ގެއްނަ ފަތުރުވެރެިން ލައްވަ ކުޑަކުދިންނަށް އިނގިރޭސި ގަޑިތައްވެސް ނަގުވާ!
ޢެކޮއެ ނުކުރާ ކަމެއްވެސް ނެތްއުތަ
ތިކަމެއް ނުބަލާނެ. ޢެފްޑަބްލިއު މަސްއަލައަށް ވީހެން ވާނީ
ތިކަން ހޯޑެއްދޫގަ ވެސް ކުރޭ! މަޖްލީސް އިންތިޙާބުގަ މަޑަވެލި ދާއިރާއަށް ކެމްޕެއިން ކުރައްވާ ބޭފުޅެއް އަޑީގަ ހުންނަނީ! މި ބައިގެ މަޢުލޫމާތުވެސް ހިމަނާ!
ހިއުމަން ޓްރެފިކިނގް މައްސަލަ އެކެވެ. ބަލަން ޖެހެއެވެ.
ތީފަތުރުވެރިންގެ ނަމުގަ އަންނަ އެމްޑީޕީ ލާދީނަި އެޖެންޓުންތަކެއް.
ޓްރެއިނިންގެ ތެރެއިން ތިފެންނަނީ ނުރައްކާތެރި މަންޒަރެއް އެމީހުންގެ ޕްލޭން ވަރައްނުނައިވާނެ.
ބޮޑަށް ވައްތަރީ މަޖިލިސް އިންތިހާބަށް ކޮންމެވެސް ނުރައްކާތެރި ރޭވުމެއް ކުރިޔަށް ގެންދާކަމަށް
ތިކަމެއް ނުބެލޭނެ ދާދި މިދާކަށް ދުވަހު ޖަޢަުފަރު ކިޔާ އެމް ޑީ ޕީ އެކްޓިވިސްޓެއް މީހެއްގެ ލޯމަތީގައި އެތައްބައެއް ގެ ކުރިމަތިގައި ޖަހާ ފަޅާލި މައްސަލަ ވެސް އަދިވެސް ނުބެލޭ މިހާރު މަސްދުވަސް ވަނީ މީއީ ތަންފުކެއް ބޮޑު ވަރު. ތިޔަ ރަށުގެ ވެރިޔާ ވަނީ ވަރަށް ގިނަ މީހުންގެ ފޯނަށް ރީލޯޑް ކޮށްފައި
މިހުންނަނީ އަސްލު ވައްކަން. އެކަމު މިއާލާތުން އެހެން މީހުންނާ ދިމާއަށް ވަގަށް ގޮވަމުން މިދަނީ
÷ޕްރީޕޭޑް ވިއްޔާ މައްސަލައެއް ނޯންނާނެ!
ޢަދިވެސް ރައީސް ޔާމީން އަށް ވަގަށް ގޮވާތި!
އަނެއްކާ ކޮންކަހަލަ ޓްރޭނިނގއެއްބާ؟
ތީ މެމްބަރު އައިބީ ގެ ކޮައްކޮ...
ތިވާނީ ނާލު ބައްތެލީގަ ހައްދުންމަށްޗަށް ދާބަޔަކަށް.
އޯކޭވާނެ ރައީސް އިބޫއަކީވެސް ވަރުވާއަށް ނަގި ރަށަކަށް ޤާނޫނާ ޚިލާފަށް ގެސްޓުންގެނެސް އަދި ރާވިއްކައިގެން ހުކުމްކޮށްފަ ހުރި މީހެއް!
ޓެރެރިސްޓު ކޭމްޕު ހިނގާމީހުން މިފެންނަނީ! ބޭރުން މީހުންގެނެސްގެން ޓުރޭނިންގް ހަދައިދެނީ!
ތިކަހަލަ ހުކުމެއް ކޮށްފަ ހުރި މީހެއް ވިއްޔާ ރައީހަކަށް ވިޔަސް ރައީސްކަން ކޮށްފަ ހުރި މީހަކަށް ވިޔަސް ވާނީ ވަގަކަށް ދޯ؟ ވަގެކޭ ގޮވަންވެސް ގޮވޭނެ ދޯ؟ ރީނދޫ ގޮލައަކު ޖަވާބު ދީބަލަ ނިކަން. ކަލޭމެންނަކީ ކައްޕަޅިންނެއް ކަމަކު ނިކަން ގާނޫނީވެސް ބައެއްނު.
އެހަދަނީ ކޮންކަހަލަ ޓްރޭނިންގް އެއްބާ؟
މިހާރު އިންޑިޔާއިން ރާއްޖޭގެ ވެރިކަމުގަ ބަހައްޓާފަ ހުރި ނަހަލާލު އިބޫވެސް އެއީ ތިމަސައްކަތްކޮށްގެން އަރުވާލާފަހުރި މީހެއްނު. ވަގަށް ރިސޯޓު ހިންގާ ރާވިއްކިކަން ސާބިތުވެގެން
ޖަޒީރާ ލާމަރުކަޒީގަ ވާނެގޮތަކީ ގ.ދ އަތޮޅުގަ އޮންނަ ފަޅުރަށް އޮންނާނީ އެއަތޮޅު މީހުނަށްވެސް ނާންގާ މާލޭ ގަބީލާމެނަށް ވަރުވާއަށްދީފަ. ދެން އެވެރިން ފަތުރުވެރިކަންކޮށްގެން އަތޮޅުއޮފީހަށް ބައިރުފިޔާވެސްނުދީ ފައިސާކޮޅު ގޯނިގޯނީގަ ގެންދާނީ މާލޭފުޅަށް.
ޓުރޭނިންގް ހަދަނީ ޔާމީނަށް ރައްދުވާގޮތަން
ވަގުތުހުމަތެއްކޮއް މޮޅުވާހަކައެއް ދެއްކުމަ
ތިޔައީ މިސަރުކާރުގެ 30ދުވަހުގެ ވަޢުދެއް.
ތިޔަކަހަލަ ކިތައްމެ ކަމެއް އަދިވެސް ހިނގާނެ. އެކަމަކު އިބޫއަށް ވޯޓް ދިން މީހުންނަށް އެއީ މައްސަލައެއް ނޫން.
ޖަޒީރާ ރާއްޖޭގަ ތިޔާހެރި ކަންތައްތއްވާނެ
ނުވާނެ އެއްކަމެއްވެސް. މި ސަރުކާރަކީ އެމް ޑީ ޕީނސަރުކާރެއްނު!! ޙުރީހާ ކަމެއް ހުއްދަވާނެ ވަގަށް ކުރިޔަސް ޕާޓީ މީހުން ވެއްޖޮއްޔާ. ގާނޫން އޮންނާނީ ފައި ދަށުގަ!
ކުރީގެ ނައިބް ރައީސް ޖިހާދަށް އިނގޭނެ ތިކަން ވަރަށް ރަނގަޅަށް. ތިޔަ ތަނަށް މީހުން ގެންނަނީ އިއްޔެއަކު މިއަދަކުއެއް ނޫން މާކުރިން
އެމްޑީޕީގެ އެކްޓިވިސްޓެއްވީމަ އެއްެވެސް ފިޔަވަޅެއް މާޅާނެ. މިއީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް މިފދަކަންކަން ކޮށްދޭންއައި ސަރުކާރެއް. ރައްޔިތުންނަަށް އެއްކަމެއްވެސް ނުކޮށްދޭ.
ދެންފަތްއިންދަންވީ
ޓެރަރިސްޓުން ތަމްރީނުކުރަނީބާ؟ ސީރިއަސް ކަމެއްކަމަށްފެނޭ. ހަމަ އެކަނި ހުއްދައިގެ މައްސަލަބާއްވާފަ. ފޮޓޯއިން ފެންނަ މަންޒަރަށްބަލާފަ ހީވަނީ ހަމަ މި އެހެންޒާތެއްގެ ޓުރޭނިންއެއްކޭ.
މުޅިންވެސް މަކަރާއި ޙީލަތް، ދެން ކިހިނެއް ކަމެއް ރަނގަޅުވާނީ. މިއީ އެބުނާ ބެގް ބޮރޯވ އޯރ ސްޓީލް އަކީ... ކޮބާހޭ ޕީ ޕީ އެމް ގެ ކެމްޕެއިންގ އަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާތަކުން ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ވެއްދި 1 މިލިއަން؟ މިހާރު އެ ބުނަނީ އެއީ ތިމަންނާގެ ޙަލާލު ފައިސާ އޭ... މީ ކޮންކަހަލަ ހަމައެއް ހުންނަ މީހެއް؟
ރީނދޫ ބާގައި މީހުންނަށް އޮންނަނީ އެހެން މީހުންނަށް ސިއްރު ޚާއްސަ ގާނޫނެއް. އެ ގާނޫނަކީ އެމީހުން ކޮންމެ ކަމެއް ކުރިޔަސް ކުށްވެރި ނުވާ ގޮތަށް އޮންނަ ގާނޫނެއް. ހޯރަ އިބްރާހީމް މެން "އިއްޒަތްތެރިންނަށް" ވީ އެ ގާނޫނުގެ ދަށުން. ޕާޓީ މީހުންނާއި ގާތް ރައްޓެހިންނާއި އާއިލާ މީހުންވެސް ކުށެއް ކޮށްފިއްޔާ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ މަގު މުވައްސަސާތަކަށް ފަހިވެފައި އޮތަތީ ޔާމީން ގޯސްވީ.
ހުރިހާ ވަގުން ވައްކަން ކުރަމުން ދާއިރު ވަގު ސަރުކާރު އެކަންކަމުގަ ބައިވެރިި ވެގެން ހީނލަ ހީނލާ.މި އޮންނަނީ. ހަޔާތް ކުޑަ ބައިގަނޑެއް.
ތިބުނާ ރަށަކީ ކުރީގެ ވޕ ޖިހާދުގެ ރަށެއް. ރަށް ތިފެންވަރުގަ ހަދާފަ ކުއްޔަދިނީ ޕޕމ އެކްޓްވިސްޓކަށް ތިނަދޫގަ އުޅޭ ގްދްރަތް. ދެންބަޔަކަށް ކުއްޔަށް ދީފަ އޮތް ރަށެއްގަ އެބަޔަކު ޓްރެއިނިން ހިންގުން މައްސަލައެއްތަ؟
ތިޔަމުޅިންގޯސްވީ. ތިޔަވާހަކަ ލިޔުނު ނޫސް ކުށްވެރިވާނީ.
ޕްރީޕެއިޑް އެއީ އެމްޑީޕީ ބައިގަނޑު ގޮއައެއް ތިމައްސަލައެއް ނުބެލޭނެ އެކްޓަރު އެމްސީ ހަމީދުއައް...
އެހެންނު ވާނީ..މިއަދު ޤައުމުގެވެރިއަކަށްހުރި ފަރާތުންވެސް ވަނީ ތިގޮތަށް ވަރުވާއަށްދޫކޮށްފައިވާ ރަށެއްގައިފަތުރުވެރިން ގެންގުޅެ އެމީހުނަށްބަނގުރާ ވިއްކައިގެންހަމަސްދުވަހަށް ތ.ގުރައިދޫއަށްއަރުވާލެވިފައި!!! ޤައުމުގެ ޙާލަތު...
މިދިޔ ފަސް އަހަރު ޝިއުނާ ތިކަމެއް ނުކުރޭތަ؟ ސަރުކާރުން ކީއްވެ އަޅާނުލީ؟ .. މިހާރު އެހެނެއް ނޫޅެވޭނެ.