ކޮރަޕްޝަށަނަށް ތުހުމަތު ކުރެވޭ އެމްޕީއެލްގެ މުއަޒަފުންނަށް ފިޔަވަޅު އަޅާނަނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ އަދި މިހާ ތަނަށް ބެލިބެލުމުން އެއްވެސް މުއައްޒަފަކު ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވިކަން އެގިފައިނެތް ކަމަށެވެ.

"އަދި އަޅުގަނޑުމެންނަށް ނެތް އެގިފައެއް މި ކުންފުނީގެ އެއްވެސް މުއަޒަފަކު ކޮރަޕްޝަންގެ މައްސަލައެއްގައި ބައުވެރިވިކަމެއް އަދި ތުހުމަތު ކުރެވޭ ކަމެއް , ނަމަވެސް އެފަދަ ކަމެއް ސާބިތު ވެއްޖެ ނަމަ ކުންފުނީގެ ގަވާއިދުގެ ތެރެއިން އެ މުއަޒަފަކާއު ދޭތެރޭ ފިޔަވަޅު އެޅޭނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭއަށް ވެސް އެމްޕީއެލް އޮތީ ވަދެފައި ކަމަށެވެ. ޝާހިދު ވިދާޅުވީ އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން މިހާތަނަށް 70 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެފައިސާ ކުންފުންޏަށް ހޯދުމަށް ކޯޓު މަރުހަލާއިން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ޑޮލަރު ގަތުމުގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އެކި ފަހަރުމަތިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އަށް ދޫކުރި 13.31 މިލިއަން ޑޮލަރަށްވާ ފައިސާގެ ތެރެއިން 5.52 މިލިއަން ޑޮލަރު އަދިވެސް ނުދައްކާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްވެރިޔާ

    ޝާހިދޫ ތިބޭފުޅާއެކުގައިވާ ގިނަ ބޭފުޅުންނަކީ ތި ވިދާޅުވިކަމަށް ވަރަށް ހުށިޔާރު ބޭފުޅުނ1 ކަރަޕްޝަނަކީ ހަމަ އެކަނި ފައިސާ ނެގުމެއްތޯ..
    އެކަމަކު ކޮންމެ ސަރުކާރަކަށް އެމީހުން ހެޔޮވަރުވާނެ. އެންމެ ރަގަޅުވާނީ ކޮލިފައިޑް އާބޭފުޅުންނާއެކު ފެށުން.