އައިޖީއެމްއެޗްގައި ސިޒޭރިއަން ހަދާ، އެޑްމިޓް ކޮށްފައި އޮތް ޒުވާނަކު މަސްތުވާތަކެތި ބޭނުންކުރި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެންމީހާ އެޑްމިޓް ކޮށްފައި އޮތީ އައިޖީއެމްއެޗްގެ އަލަށް ހެދި އިމާރާތުގެ އަށްވަނަ ބުރީގައެވެ. އަދި އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައިވަނީ ފާހާނާ ތެރެއަށް ވަދެއެވެ.

އެގިފައިވާ ގޮތުގައި އެ އަންހެން މީހާ މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ފުލުހަށް ހުށައެޅީ އާއިލާއިނެވެ.

ފުލުހުން ވިދާޅުވީ އައިޖީއެމްއެޗްގައި މަސްތުވާތަކެތި ބޭނުންކޮށްގެން މައްސަލަ އެއް ހުށައަޅައިފައި ވުމުން އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މިކަމާއި ބެހޭގޮތުން އައިޖީއެމްއެޗްގެ ފަރާތުން ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އައިޖީއެމްއެޗްގެ ފަރާތުން މިކަން ދޮގު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އެއް ކަމަށް ބުނެ އެެއްވެސް މައުލޫމާތެއް ހިއްސާކުރަން ވަނީ ދެކޮޅުހަދާފައެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާއިރު މަސްތުވާތަކެތި ބޭނުންކޮށްގެންހުރެ ހުޅުމާލޭ ހޮސްޕިޓަލުގެ އެމްބިއުލައިންސް ދުއްވަނިކޮށް އެހޮސްޕިޓަލުގެ ޑްރައިވަރަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބިލް

    ޖަޒީރާގަ މަސްތުވާ އެއްޗެހި ގިނަވޭ.

  2. އަބުރު

    2019ހާދަ ކުރީގައޭ މިއުޅެނީ..

    • ....

      ޙުވާ މި ބުނީ ???

  3. ރަށުމީހާ

    މިހާރު ކޮންމެ ދުވަހަކު އިރު އަރާތަނުން އިވޭ ޚަބަރަކީ މުޅިން ބިރުވެރި ކަންތަކާބެހޭ ވާހަކަ!

  4. ޓަވަރު

    ތިއީ އާންމު ކަމެއް!

  5. ޖަހާންގީރު

    ފުލުހުންގެ ބަނޑު ޝައްކު އަޅާ އަޅާ ޝާޢިރުންގެ ބަނޑަށްވުރެ ބޮޑު ވެއްޖެ !

  6. އއސ

    ޖަޒީރާ ރާއްޖެ ތަފާތުވާނެ

  7. އާވައީ

    ޚޮބާހީވޭތަ

  8. މުހައްމަދު އަފްރާހު

    ދީނަށް ފުރައްސާރަކުރުމާއި މަސްތުވާ އެއްޗިހި ބޭނުންކުރުން 2023 އާ ހަމަޔަށް މިރާއްޖޭގައި އާއްމުވާނެ. ކަންމަތީ ފިހާރައިން ރާ ގަންނަން ލިބޭނެ. މިކަންކަން ބަލާކަށް ފުލުހުންނަކަށް ވެސް ކުޅަދާނައެއް ނުވާނެ. ޅިޔަނަމަށް ވާތި. ރަސޫލާ ދުއާ ދަންނަވާފައި ވާ ފަދަ ވެރިކަމެއްގައި މިފަދަ ކަންކަން އާއްމުވާނެ. އަޅުގަނޑުމެންނަށް އޮތީ ބާރަށް އަތްތެޅުން. ބާރަށް އަތްޖަހާ!