ހެލްތު މިނިސްޓްރީގައި ހުރި މަދިރި ބޭސްތަކެއް ލީކުވެ، އޭގެ އަސަރު ކޮށްގެން މަޖީދިއްޔާ ސްކޫލުންވެސް މީހުން ހުސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގެ ތެރޭގައި ހުރި މަދިރި މަރާ ނުރައްކާތެރި ކެމިކަލް އެއް ލީކުވުމުގެ ސަބަބުން މިކަން ހިނގާފައިވާއިރު، ހެލްތު މިނިސްޓްރީގެ ދެ މުވައްޒަފަކުވަނީ މިކަމުގެ ސަބަބުން ހޭނެތިފައެވެ. އަދި އެފަރާތްތައް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ހަމައެހެންމެ، މިނިސްޓްރީގެ ބައެއް އެހެން މުވައްޒަފުންނަށްވެސް މިކަމުގެ އަސަރުކޮށްގެން ވަނީ ފަރުވާ ދީފައެވެ.

މެލަތިއޯން ނަމަކަށް ކިޔާ މި ކެމިކަލް ލީކުވުމުގެ ސަބަބުން ރޯޝަނީ ބިލްޑިންގ ސަރަޙައްދުގައި، ސިފައިންނާއި ހެލްތު މިނިސްޓްރީން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން، ސަރަޙައްދުގައި މަޑު ނުކުރުމަށާއި ސަރަޙައްދުގެ ގެތަކުގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އިތުރު މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީ ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަނާ

    އަދިވެސް ސްޓޭޓްމިނިސްޓަރަކުލާން ފެނޭ. ތިކަމަށް ޚާއްޞަކޮށްގެން

  2. ޢަސްމާ

    ތިޔައީ ދޮގު މައުލޫމާތެއް. ސުކޫލުން ކުދިންނެއް ހުހެއްނުކުރޭ.

  3. ރޫރު

    ތިކަން ބަލަން ރިޔާސީ ކޮމިޝަނެއް ހެދުމަށް ގޮވާލަން!

  4. އަލީ

    ބަލަ ފައްތާހޫ....

    • ހާހާ

      ހާ ހާ ހާ

  5. މާދިޔާ

    ދަސްކުރާއިރު ތިކަހަލަ ކިތަންމެ ކަމެއް ހިނގާނެ،
    ޥެރިކަން ނުލިބިގެން އުޅުނުއިރު މިބައިގަނޑަށްވުރެ މޮޅަށް އެއްވެސް ކަމެއް ކުރަން ދަންން ބަޔަކު ނެތޯލަ،
    100 ދުވަސް ވަންދެން އަހަރުމެން ދިވެހިން މިޤައުމަށް ނޭވާލައިގެން ދިރި ތިބެވޭނެބާ..

  6. ނާމް

    ބަލަ ފައްތާހޫ...