ނާސިޚު މަންސޫޚާ ބެހޭގޮތުން މަޝްހޫރު ޤާނޫނީ ވަކީލު، ޙުސައިން ޝަމީމު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒަށް ކުރިމަތި ކުރުވި ސުވާލުތަކާ ގުޅިގެން އިޔާޒު ދެއްވި ލިޔުންތައް ކިޔާފައިވާކަމަށާއި އެހެންނަމަވެސް، އެސުވާލަާް ޖަވާބު ނުލިބޭކަމަށް ޝަމީމު ބުނެފިއެވެ.

ޝަމީމު މިކަން ހާމަކޮށްފައިވަނީ އިއްޔެ އޭނާ ކުރި ޓްވީޓެއްގައެވެ.

"ދެ ދުވަސް ކުރިން އަހަރެން އެދުނިން އަހަރެމެންގެ ރަނގަޅު ޝައިޚް ޑރ. އިޔާޒު ގާތުގައި އަހަރެންނަށް މަގު ދައްކައިދޭން. އޭނާ ވަރަށް ރުޅި އައިސްފައި އަހަރެންނަށް ލިންކުތަކެއް ދިން ކިޔަން. އަހަރެންނަކީ ވަރަށް ލަހުން ކިޔޭ މީހެއް އެހެންކަމުން އެކަމަށް ވަގުތު ނެގި. އެކަމަކު ވިސްނުނީ ޝައިޚް އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދޭކަން. އެހެންކަމުން އަހަރެންގެ ސުވާލު އަދިވެސް އެބަ އޮތް." ޓްވީޓުގައި ބުނެފައިވެއެވެ.

ކުރިން ޝަމީމު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދުވަހަކުވެސް ޤުރުއާނުގައި، ލޮލަށް ނުފެންނަ އާޔަތްތަކެއް ހުންނަކަން އެނގިފައި ނުވާކަމަށެވެ. އަދި، އެފަދަ އާޔަތްތައް ދައްކާ، އެއާޔަތްތަކުގެ ލިސްޓެއް ދިނުމަށް ޝަމީމު ވަނީ އިޔާޒުގެ ކިބައިން އެދިފައެވެ.

ރައްދުގައި އިޔާޒު ވަނީ ގިނަ ލިންކުތަކެއް ދީފައެވެ. އެލިޔުންތަކުގައި ނާސިޚު މަންސޫޚާ ބެހޭ ގިނަ މައުލޫމާތުތަކެއް ބަޔާން ކޮށްފައިވެއެވެ. އެގޮތުން، އާޔަތް މަންސޫޚުވިކަމުގައިވިޔަސް ޙުކުމް މަންސޫޚު ނުވެދާނެކަންވެސް ބަޔާން ކޮށްފައިވެއެވެ.

އިސްލާމީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އިސްލާމީ ޝަރީއާގެ ހުކުމްތައް ތިން ގޮތަކުން އައިސްފައިވެއެވެ. އެއީ ކީރިތި ގުރުއާންގައި ހުކުމްތައް ބަޔާންކުރައްވާ އާޔަތްތައް ބާވައިލެއްވުމަށްފަހު ފަހުން އެއާޔަތްތައް ﷲ ގެންދަވައި އެކަމަކު ހުކުމް މަންސޫޚުނުކުރައްވާ ހުކުމްތަކެވެ. ދެވަނަ ބާވަތަކީ ހުކުމްތައް ހިމެނޭ އާޔަތްތައް މަންސޫޚުނުކުރައްވައި ގުރުއާންގައި ބަޔާންކުރައްވާފައިވުމާއެކުވެސް ހުކުމް މަންސޫޚު ކުރައްވާފައިވާ އާޔަތްތަކެވެ. އަދި ތިންވަނަ ބާވަތަކީ ގުރުއާންގައި އާޔަތްތަކާއި ހުކުމްތައް މަންސޫޚުނުކުރައްވައި ދަމަހައްޓަވާ އާޔަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ވިސްނާ

    މުރައްކަބު ޖާހިލުންނަށް ދޭނެ ޖަވާބެއްް ނުއޮންނާނެ.
    ލޮލަށް ފެނުނަސް އަޑު އިވުނަސް އެމީހުންގެ ނުބައިކަމުން ވަލުޖަނަވާރުންނަށްވުރެ ދަށް މީހުން އުޅޭނެކަމަށް ބަޔާންކޮށްފައިޥެ

    5
    1
    • ބުބު

      ކަލޭ ތިކީ އެއްޗެއް ބަޔާންކޮށްފަ އޮންނަ އާޔަތެއް ނުވަތަ ހަދީސެއް ދައްކަބަލަ؟

  2. ދޮންބެ

    ﷲ ތަޢާލާ ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރެއްދޭނޭ އެހެން އެއްވެސް އެއްޗެއް ފަރާތެއް ނުވެއެވެ. އަދި ﷲ ތަޢާލާ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކައިދޭނޭ އެހެން އެއްވެސް އެއްޗެއް ފަރާތެއް ނުވެއެވެ. ދުއާއަކީ އަޅަމެންނަކީ ތެދުމަގު ހޯދުމަށް މަސައްކަތްކުރާ އަދި ﷲ ތަޢާލާ ތެދުމަގު ދައްކަވާފައިވާ އަޅުންތަކެއްގެ ގޮތުގައި ނިމިދިއުން. ﷲ އަޅަމެންނަށް ހިދާޔަތު ދައްކަވާށި. އާމީން..

  3. ގަޓޭ

    ސަމީމަކީ ތީ ޖާހިލު ކަމީނާ އެއް. ތިޔަ އުނބަކަށް ނުވަންނާނެ އެއްޗެއް

  4. Anonymous

    ގުރުޢާންގައި ބަޔާން ކޮއްފައި ހުންނާނީ ރަގަޅަށް އިތުރު ކަންކން ވައްދަން ނޫޅޭ.

    1
    2
    • ސަނޭ

      ކަލޯ ޤުރުއާނުގެ ޙަޝްރު ސޫރަތުގެ 7ވަނަ އާޔަތުގަ އޮތީ "އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!" ނިސާ ސޫރަތުގެ 80 ވަނަ އާޔަތުގަ އޮންނަނީ "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." ތިބުނާ ގޮތަށް އިސްލާމްދީން ދަސްކުރީމަ ނަމާދެއްވެސް ނުކުރެވޭނެ.. ޤުރުއާނުގެ ކޮން އާޔަތެއްގައި އޮތީ 5 ނަމާދުގެ ވާހަކަ... އަދި ނަމާދުގައި ކިޔާނެ އެއްޗެތި ކޮން އާޔަތެއްގައ އޮތީ... ގުރުއާނުގައި އެހުރިހާ ތަފުޞީލެއް ނުގެނެސް އެކަމުގެ ހައްލު މަތީ އޮތް ދެ އާޔަތުގަ އެ އޮތީ ބަޔާންކޮށްދީފަ... ދެން ބުނޭ ގުރުއާނުގައި އަދި އެހެން އޮތަސް...... ތިކަހަލަ ވާހަކަ ގަބޫލުކުރާނީ މިޔައިންނާ ކާފިރުކަމުގެ ސިއްކަޖެހިފަ ތިބި މީހުން... މުސްލިމުން ގަބޫލެއް ނުކުރާނެ.

  5. ބެއްޔާ

    ލަނޑަޔާ ވާނީ ލަނޑަޔާ. މީނާ(ސަމީމު)އިނދެގެން މިއުޅެނީ އެއްކަލަ އިބްރާގެ ކޮއްކޮ ޝަހިންދާ އިސްމާއިލް އާދޯ. އަޅެ ލާދީނީ ކޮންމެ މީހަކުހެން މިއުޅެނީ އެމްޑީޕީގަ މީހަމަ އިއްތިފާގެއްބާ؟

  6. ވަކީލް

    މީގެ ކުރިން ހަމަ ހަގީގަތުގައިވސް އަޅުގަނޑު ހީކުރީ ސަމީމް އަކީ ޝަރުޢި އިލްމުންވެސް ވަރަށް މޮޅު ވަކީލެއް ކަމަށް. ޢެހެން ނަމަވެސް ހަމަ ހަޤީޤަތުގައި މިހާރު ސާބިތުވީ ރާއްޖެ ކަހަލަ އިސްލާމީ މުޖުތަމައުއެއްގައި އިންސާނީ ހައްގުތަކާ އަދުލު އިންސާފަށް މުޖުތަމައު ގެންދަން ތީ ރަނގަޅު ބޭފުޅެއް ނޫންކަން.
    ސަމީމް ބޭނުންފުޅުަޥަނީ މިދީނަކީ އަނިޔާވެރި ދީނެއް ކަމަށް ދައްކުވައިދޭންކަން ޔަޤީން. ޢެއީ އަނބި ކަނބަލުންގެ ދިފާއުގަވީނަމަވެސް!
    ސަމީމް އަށް އިސްލާމް ދީނުގެ ކުޑަ މިންވަރެއް އެނގޭނަމަވެސް ތިޒާތަކަށް ވާހަކަ ނުދައްކާނެ.

  7. عبدالله

    އެހެން މީހުން ކިޔަނީ ފިނިފެންމާ ލޯންޗް، ޝަމީމު ކިޔަނީ ފިނިފެންމާ ދޯނި، މިއީ އެހެން މީހުންނާއި ހުރި ތަފާތު

  8. ާލާދީނީ

    ޑރ. އިޔާޒުމެން ގެނައި ސަރުކާރުގެ އިސްމީހުންގެ ގާތްފަރާތްތަކުގެ ފެންވަރަކީ މިއީ. ޢެހެންވެ އަހަރެމެން ރައީސް ޔާމީނުގެ ސަރުކާރަށް ތާއީދު ކުރަނީ. ފާޅުގަ ދީނުގެ އަސްލުތަކާ ގުޅޭގޮތުން މިކަހަލަ ވާހަކަ ދައްކާ މީހުންނަށް ދޭނެ ރައްދު ދެވޭނެ ފެންވަރެއް އިސްލާމިކް މިނިސްޓްރީގައި ނެތީބާ.

  9. ާއޮރެންޖު އާފަލު

    ޑރ. އިޔާޒުމެން ގެނައި ސަރުކާރުގެ އިސްމީހުންގެ ގާތްފަރާތްތަކުގެ ފެންވަރަކީ މިއީ. ޢެހެންވެ އަހަރެމެން ރައީސް ޔާމީނުގެ ސަރުކާރަށް ތާއީދު ކުރަނީ. ފާޅުގަ ދީނުގެ އަސްލުތަކާ ގުޅޭގޮތުން މިކަހަލަ ވާހަކަ ދައްކާ މީހުންނަށް ދޭނެ ރައްދު ދެވޭނެ ފެންވަރެއް އިސްލާމިކް މިނިސްޓްރީގައި ނެތީބާ.

  10. މުހައްމަދު

    މީނަގެ ނިންމުންތައްހުންނާނެ ގޮތް ނިކަން ވިސްނަވާ ދެން. މަ އެކިޔާލުމުން މަށަށް އެބުނާ އެއްޗެއް ފަހުމުވިއިރު މިކަލޭގެއަށް ނުވިޔޯ. މަމީ މަސްވެރިއެއް

  11. ދިވެއްސެއް

    ތިގޮތަށް ޝަމީމުމެން ޖަދަލު ކުރުމުން ﷲ ގެ އިރާދައިން އަހަރުންގެ އަގީދާ ވަރުގަދަވަނީ. ޝަމީމު ހިތުން ވަރަށް މޮޅު އެއްޗެއްތިބުނީ. އެކަމު އަހަރުންނަށް ތިކަހަލަ މީހުން އުޅެފިކަމާއި އުޅޭނެކަން ކީރިތި ޤުރުއާން އަދި ރަސޫލާގެ ހަދީސުން އިނގޭ. ކިތަންމެ ވަރަކަށް ހެޔޮމަގަށް ގޮވާލުމުންވެސް ތިމާގެ ހުންނަ ނުބައިކަމުން ގަބޫލުނުކުރުން. ވަރަށް ސާފު މިސާލެއް އަބޫލަހަބުގެ ދެމަފިރިން

  12. ރާބެ

    ބަޔެއް މީހުން ކިޔެވި ކިޔެވިހެން ކާފަރުވެޔޭ ބުނާ އަޑުއަހަން. މިއަދު މިއޮތީ އެކަން ފެންނަން

  13. ނަސޭހަތެއް

    ޝަމީމް ބަޤަރާ ސޫރަތުގެ 6 ވަނަ އަދި 7 ވަނަ އާޔަތުގެ މާނަޔާއި ތަފްސީރް ރަގަޅަށް ކިޔާލާށެވެ. ދެން ފުންކޮށް ވިސްނާލާ ތިމާ މީހާގެ އަމިއްލަ ނަފްސަށް، ބުނެވިފައި ހުރިބަސްތަކަށް، އުޅެވޭގޮތަށް. ޔާ ﷲ މީނާއަށް ތެދުމަގު ދައްކަވާދޭވެ. އާމީން

  14. އާދައިގެ މީހެއް

    މިއަދު ދިވެހިންގެ ހާލަތު

    އަޅުގަޑުމެންގެ މަޑުމައިތިރި، އޯގާތެރި ބަސްމަދު އަދި ވަރަށް ވިސްނަވާފައި ނޫނީ އެއްޗެއްވިދާޅުނުވާ، ކަމެއްނުކުރައްވާ ރައީސް އަދިވެސް ވިސްނަވަނީ. މާލެ ވަޑައިގެން އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ހައްލެއް ހޯއްދަވާ ދެއްވާނެ. ބޮޑަށް ލަފާ ކުރެވެނީ، އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ކޮމިޓީއެއް އުފެއްދުން. އަދި މެމްބަރުންގެ ގޮތުގައި ސަހިންދާ، ޝަމީމު، ވެލިޒިނީ، އަލީ ޒާހިރު އަދި މުގައްރިރެއްގެ ގޮތުގައި އިބުރާ ހަމަޖައްސަވާނެކަމަށް.

  15. ޖާންޓޭ

    މީނަމީހާދަލަހުން އެއްޗެހިކިޔޭމީހެކޭދޯ.އަޅެވަރައްލަސްލަހުން ކިޔާބަލަ ލާދީނީ

  16. ބުޅާ

    ޝަމީމު ކުރެއްވި ސުވާލަށް ޖަވާބު ނުލިބެންޏާ އެވާހަކަ ވިދާޅުވުމަކީ ގޯހެއްތޯ؟

    1
    2
  17. މަސާރީ

    ދިވެހިންނަކީ އަޖައިބެެއްފަދަ ބައެއް. އެ ޙުކުމް އޮންނަކަން ދަންނައިރު، އެއާ އެއްގޮތަށް ޙުކުމެއް ތަންފީޛް ކުރި ހަނދާން ހުރި ދިވެއްސަކު ހުރިތޯ. އެވާހަކަ ނުދައްކާ. ޢިލްމީ ސުވާލެއް ކުރީމަ ފުމެނީ.

    1
    2