ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ ތެރޭގައި ހުރި ކެމިކަލްތައް ލީކުވުމާ ގުޅިގެން، އެސަރަޙައްދުގައި ހުންނަ ގެތަކުގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލީކުވި މެތަލިއޯންގެ އަސަރު ކުޑަ ކުރުމަށްޓަކައި ޙާދިސާ ހިނގި ސަރަޙައްދުގައި މަޑު ނުކުރުމަށާއި އެސަރަޙައްދުގައި ހުންނަ ގެތަކުގެ ފަރާތްތަކުންވެސް ކެމިކަލުގެ އަސަރު މުޅިން ކެނޑެންދެން، ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން މުޙިއްމެވެ.
މީގެއިތުރުންވެެސް، މިކަމުގެ ސަބަބުން ނޭވާއަށް އުނދަގޫވާނަމަ ނުވަތަ ބަޔާން ކޮށްފައިވާ އެހެން އަލާމާތްތަކެއް ފެންނަކަމުގައިވާނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މި އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ކެއްސާ ނޭވާލާން އުނދަގޫވުން
- ލޮލުން ފެން އައުމާއި ފުސްވުން
- ބޮލުގައި ރިއްސާ ބޯ އެނބުރުން
- މޭ ނުބައިކޮށް ހޮޑުލެވުން
ކެމިކަލް ބޭރުވި ސަރަޙައްދު، ސިފައިން ވަނީ ހަމައަކަށް ގެނެސްފައެވެ. މިކަމުގެ ސަބަބުން މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް އަސަރު ކޮށްފައިވެއެވެ. އަދި ރޯޝަނީ އިމާރާތާއި މަޖީދިއްޔާ ސްކޫލުން މީހުން ހުސްކޮށްފައިވެސްވެއެވެ.
ވަރުގަދަ ސަރުކާރެއްތާ ދޯ ރަށްޔިތުން ހަނާކުރަނީ މަޖިލީހުގެ 87 ގޮނޑި އެމްޑީޕީއަށް ދޭންވާނެ
ވަރުގަދަ ސަރުކާރެއްތާ ދޯ ރަށްޔިތުން ހަނާކުރަނީ މަޖިލީހުގެ 87 ގޮނޑި އެމްޑީޕީއަށް ދޭންވާނެ
ވަރުގަދަ 3ނިރެއްތާދޯ އެއް ކޮމެންޓުން ނުވެގެން ދެ ކޮމެންޓް ކުރޭވިއްޔާ
ޖަޒީރާ ރާއްޖޭގެ ކެމިކަލް ހުއްނަންޖެހޭނީ ލީކުވެފަ. ތަންދޮރު ނުދައްނަމީހުއްނާ ވެރިކަން ހަވާލުވީމަ ވާނެގޮތް މިވަނީ. އަދިވެސް ގޮޑިދޭށޭ ކިޔާފަ އައްނާތި. ނޭގޭ ތިމައްނަމެއްނަ ސަރުކާރެއް ނުހިންގޭނެކަން.
ކެމިކަލްގެ އަސަރުކޮށްފައިވާ ގެއެއްނަމަ ދޮރުތައް ބަންދުކުރުމަށްވުރެ ހުޅުވާލާފައި ހާމަކޮށް ބެހެއްޓުން ކިހިނެއްވާނެތޯ
ޥަރުގަދަ ސަރުކަރެއް
ޛޮ
މަދިރީގެ ބަދަލު އިންސާނުންނަ
ހެލްތު މިނިސްޓްރީ ތިލަފުށި ގުދަނުން ހަމަ ތިޔަކެމަލް ފުޅިއެއް ވެއޓިތެޅި ކެމިކަލް ލީކުވާތާ ކިތަންމެ ދުވަހެއް. ރިޕޯރޓް ކުރެވުނު އަދަދު ނޭގޭ. މިތާގަވެސް ތިބީ އިންސާނުން.
މީހުން ފަނާކުރާ ސަރުކާރު