ރޯޝަނީ ބިލްޑިންގ ގެ ތެރޭގައި ހުރި މަދިރި މެރުމަށް ބޭނުންކުރާ މެލަތިއޯންގެ ދެ ފުޅި ތަޅައިގެން ދިއުމާ ގުޅިގެން މުޅި ސަރަޙައްދުގައި ވަނީ ވަސް ފެތުރިފައެވެ. ހެލްތު މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގެ ތެރޭގައި މިކަން ހިނގާފައިވާއިރު، މި ވަސް ވަނީ މުޅި އެސަރަޙައްދަށް ފެތުރިފައެވެ.

ކެމިކަލްގެ ވަސް ފެތުރުމާ ގުޅިގެން މަޖީދިއްޔާ ސްކޫލުން މީހުން ހުސްކޮށް، ކައިރި ގެތަކުގެ މީހުން ދޮރުތައް ލައްޕައިގެން ދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެހެންމެ، ނޭވާއަށް އުނދަގޫވާނަމަ، ނުވަތަ އެނޫންވެސް އަލާމާތެއް ހަށިގަނޑުން ފެންނަކަމުގައިވާނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި އަލާމާތްތަކަކީ:

- ކެއްސާ ނޭވާލާން އުނދަގޫވުން

- ލޮލުން ފެން އައުމާއި ފުސްވުން

- ބޮލުގައި ރިއްސާ ބޯ އެނބުރުން

- މޭ ނުބައިކޮށް ހޮޑުލެވުން

އެޗްޕީއޭ އިން ބުނި ގޮތުގައި އެމްއެންޑީއެފް އިން މިހާރުވަނީ މިކަން ކޮންޓްރޯލް ކޮށްފައެވެ. އަދި ކެމިކަލްތައް ނައްތާލަން ވަނީ ގެންގޮސްފައެވެ.

މިކަމުގެ ސަބަބުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރާ ދެ މުވައްޒަފު ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އިސްވެ ބަޔާން ކޮށްފައިވާ އަލާމާތްތަކާ ގުޅިގެން އެހެން ބައެއް މުވައްޒަފުންނަށްވެސް ފަރުވާ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާހޭލާ

    ހެލްތު މިނިސްޓްރީ ތިލަފުށި ގުދަނުން ކެމިކަލް ލީކުވާތީ ރިޕޯރޓް ކޮންކޮށް ވަރުބަލި ވެއްޖެ. އަދިވެސް ހަމަ ވަރަށް ވަސްދުވާ. ސްޓިލް. ޕްލީސް ހައްލު ކޮށްދީބަ.

  2. މައިރާ

    މި ސަރުކާރުން ރައްޔިތުން ގަޔަށް ކެމިކަލް ޖަހަނީދޯ.