ރައްޔިތުންގެ މަޖިލީހުގެ ދީއްދޫ ދާއިރާ މެމްބަރު އަބްދުލް ލަތީފު ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް މަޖިލިސް މެމްބަރުކަން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނަން ހުށާހަޅާ އިސްލާހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއް ރީ ޓުވީޓް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ގާނޫނު ކުރިމަގައި އެންމެންނަކީ ވެސް ހަމަ ހަމަ ބައެއް ކަމަށެވެ.
"ޖިންސީ ކުލަ އަކަށް، އުފަން ރަށަކަށް އުމުރަކަށް ބެލުމެއް ނެތި ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖެހޭ،" ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން ތެރޭގައި ހިމެނޭ ރައީސް މައުމޫން ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
Jinsakah kula akah ufan rashakah umurakah belumeh nethi qaanoonuge kurimathee gai hurihaa rayyithun hamahama vaan jeheyne https://t.co/UWbd6HaSs4
— Maumoon Abdul Gayoom (@maumoonagayoom) January 15, 2019
މިއަދު އެމްޑީޕީ އޮފީހުގައި އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސީދާ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ އެފަދަ ބިލެއް ހުށަހަޅާފައިވީ ނަމަވެސް ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ އާންމު މެންބަރުންނަށް އަރުވާ ކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ ލަތީފު އެ އިސްލާހު ހުށަހެޅުމަކީ ކޯލިޝަންގެ ތެރޭގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ.
" އެ ބިލަކީ ރައީސް ނަޝީދަށް އަމާޒުކޮށް ލަތީފް ހުށަހެޅި ބިލެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ އެ ޝަރުތުތަކަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނޫނީ ބަދަލު ނުކުރެވޭނެ " ހަސަން ލަތީފް ވިދާޅުވިއެވެ.
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އެފަދަ އިސްލާހެއް ހުށަހެޅުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެން ވެސް ވާނެ އިސްލާހެއް ނޫން ކަމަށާއި އެ އިސްލާހު މަޖިލީހުން ބަލައިގަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނުކުރިމަތީގަ އެންމެން ހަމަހަމަވަންވާނެއޭ ބުނީމާ ދެން އިބުރާހީމް ކާރި ބުނެބަލަ ތިމަންނާގެ ވެރިކަމުން ފެށިގެންސަރުކާރުގެ ތެރެއިން ކޮއްފަ.ހުރި ކޮރަޕްޝަންތައްބަލަން ފެނެއޭ.ހަމައެކަނި 2012 އިން ފެށިގެން ނެއްނޫނޭ.ބަލަންވީ.
ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭކަން އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް އެނގޭ!! އެކަން ނޭގިގެން ރައްޔިތުމީހާ ނޫޅޭ!! އެކަން ނޭގިގެން އުޅެނީ އަނގަ ފުޅާކޮށްފަ އެވާހަކަ ދައްކާ މީހާއަށް!! އެންމެން ހަމަހަމަކޮށް ފިޔަވަޅު އަޅަން ކެރުނު ރައިސް އެކަން ކުރީމާ މިހާރު އަނގަ ފުޅާކޮށްފަ އެވާހަކަ ދައްކާ މީހާއަށްވެސް ފިޔަވަޅު އެޅުނުތަން ފެނުނު! އަދި ކުށް ސާބިތުވި އެހެން ސިޔާސީ ބަޔަކަށްވެސް ފިޔަވަޅު އެޅުނު!! ކިހިނެތްތޯ ވީ؟ ރައްޔިތު މީހާއަށް ފެނުނު ކުލައަކަށް ، އުފަންވި ރާއްސަކަށް ، ގަދަރުވެރިކަމަށް ނުބަލާ ފިޔަވަޅު އެޅީމާ މިމީހުން އުޅުނު ގޮތް!! ހުރިހާ ބާރަކާ ނުފޫޒަކާ ފައިސާއާ ދެންވެސް ބޭނުންކުރެވެން އޮތް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ފިޔަވަޅު އެޅިއިރު ވެރިކަމުގައި ހުރި މީހާގެ ދުވަސް ދުއްވާލަން އުޅުނުތަން ފެނުނީ!! ޓީވީތަކަށް ރޭޑިއޯ ތަކަށް އަދި ސިޔާސީ އެކި އެއްވުންތަކުގައި ރައިސް މީހާއަށް ވަގަށްގޮވާ ހެއްދެވިހާ ބަދުނާމަކާއި އެތަކެއް ދޮގު ވާހަކަތަކެއް ފަތުރަމުން ދިޔަތަން ރައްޔިތު މީހާ އޭރު ހުރީ ބަލަން!! ވެރިކަން ބަދަލުވީމާ މަދަދުގާރުންނާއެކު އަމިއްލަ މީހާ ހުދު ސާފު ފޮތިކޮޅަކަށް ހަދާ ފަޓާސް ބަރިއެއްހެން ދޫވެ މިއަދު ނިކުމެ ހުރެ މޮޅު ވާހަކަ ދެއްކިޔަކަސް ރައްޔިތު މީހާއަށް މަންޒަރު ވަރަށްސާފު!! އިޚްލާސްތެރިކަމެއް ނެތް!! މުޅިން އަމިއްލަ އެދުން!! އަދިވެސް ހަމަ ނިކުމެ ހުރެ ރައްޔިތުން ގުނބޯ ހައްދަން މަސައްކަތް މިކުރަނީ!!
އެހެންވީމަ 6 ދައުރު ވެރިކަން ކުރައްވާފައިވާ ވެރިންނަށް 7 ވަނަ ދައުރަށްވެސް ކުރިމަތި ލެވެންވާނެ. ބުރޯފަދަ ކުއްވެރިންނަށްވެސް ފުރުޞަތު އޮންނާންވާނެ. ހަމަ ހޮވިދާނެތާ
މިބޭބެ ކިޔާ އެއްޗަކުން ފަކުރުވެސް ގަނެއެވެ. މިބޭބޭގެ މައްޗަށް ކުށް ސާބިތުވމުން އެވީ އަނިޔާއަށެވެ. ލަދުވެސް ކުޑައީ ހަމަ!
ޙަސަން ބުނިދޯ2018ގަ ނަސީދުނަންއޮންނާނޭ މިފަހަރު ވެސް ހަމަ ވާނީ އެހެން
ބަލަ ކަލޭގެ މައްޗަށް ކުށްސާބިތުވެ އަދަބާކުރިމަތިލާންޖެހުމުން ކީ އެއްޗަކާ މިހާރު ތިކިޔާ އެއްޗަކާ ދިމަލެއް ނުވެއެވެ.
މަނޫން އެހެން މީހުން ދޯ ކާފާ~
މައުމޫން އެންމެ ރީތީ ގާނޫނު ކުރިމަތީގައި އެންމެންނަކީ ވެސް ހަމަ ހަމަ ބައެއް ކަމައް ވާންޖެހޭނެޔޭ ބުނަން ހަމަ ހަމަ ނަމަ ކަލޭ އިންނަން ޖެހޭނީ ޖަލުގަ
މައުމޫން. ކާލޭ ވަރަށް ތާހިރު ތިވާހަކަ ދައްކަން. ބަގާވަތްކޮށްފަ ޖަލުގަ ނޯވެ ގާޒީންނަށް ނުފޫޒު ފޯރުވައިގެން ސޭޓުގެ ލާރި ދަބަސް ދައްކައިގެން ސަލާމަތްވީ ކީއްވެ. އެއީތަ ތިބުނާ އެއްޗަކީ. ބޮޑު ކެކުރި ޖަލަށް ނުލެވޭނެޔޭތަ.