ކ. ދިއްފުށީ ކައުންސިލް އިދާރާގެ ދޮރު ވައްޓާލައިފިއެވެ. އެ އިދާރާގެ ދޮރު ވައްޓާލާ، ހަލާކުކޮށްލާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ކައުންސިލް އިދާރާގެ ދޮރު ވައްޓާލާފައިވަނީ އެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ އެތަނުގެ ޑިރެކްޓަރ އެވެ.

މީގެއިތުރުންވެސް، އެރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެރަށުގެ ހަ މީހަކު ކައުންސިލް އިދާރާ ތެރެއަށް ވަދެ، ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން އެތަނުގައި ތިއްބައެވެ. އެމީހުން އިދާރާ ތެރޭގައި ތިއްބާ ކައުންސިލްގެ ރައީސް ނަމާދު ކުރަން އޮފީހުން ބޭރަށް ދިޔަކަމަށާއި އެހެންނަމަވެސް، ފަހުން ޑިރެކްޓަރ ބޭރަށް ދާން މަސައްކަތް ކުރުމުން އޭނާ ހިފެހެއްޓިކަމަށެވެ.

ޑިރެކްޓަރު އެތެރޭގައި ހިފަހައަޓާފައި ހުއްޓާ އޭނާ ވަނީ ބިއްލޫރި ދޮރުގައި ހިފާ ތަޅުވައިގަނެފައެވެ. އަދި އޭނާ އެކަން ކުރީ "މަށަށް ވާން ހުރި ގޮތެް ވާނޭ" ކިޔާފައިކަމަށްވެސް އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ހަވަރަކަށް މީހުން ކައުންސިލް އިދާރާ އަށް އައިސް ތިބީ އެމީހުން އެރަށުގެ ތަނަކަށް ފަސް އަޅާތީ، އެކަމާ ގުޅިގެން ކުރިން ކައުންސިލަށް ހާޟިރު ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އަދި އެމީހުން ކައުންސިލަށް ދިޔައީ ރަސްމީ ގަޑީގައި ނޫންކަމަށް ބުނެ އެމީހުންނަށް މައުލޫމާތު ދޭން ހުރަސް އެޅިކަމަށާއި އެހެންނަމަވެސް، އެފަރާތްތަކުން އެތަނުން ދިއުމަށް ދެކޮޅު ހެދީކަމަށް މައުލޫމާތު ލިބެއެވެ.

އެ ހަ މީހުން ބުނާ ގޮތުގައި އެހެން މީހުންވެސް ދަނީ އެފަދަ ކަންކަން ކުރަމުންނެވެ. އެހެންނަމަވެސް، ކައުންސިލަށް ހާޟިރު ކުރީ އެމީހުން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަސީދު

    ޖަޒިޜާގަ ދޮރެއް ނުހުން ނާނެ

  2. ދޮރުވާނު

    ހަލްކު؟؟

  3. ދިއްފުށީ މީހާ

    ކަލޯ ކާކު ހިންގި ޖަރީމާއެއް ?

  4. ނައްލަބެ

    ތިޔައީ ޖަޒީރާ ރާއްޖޭގައި ހިނގާނެކަންތަށް ދެން ދޮރެއްބޭނުމެއްނުވާނެ ދޮރުގެ ބަދަލުގައި ސުތުލިގޯނިން ނިވާކޮށްލާ އެއީ ޖަޒީރާވަންތަގޮތް.

  5. ދިއްފުށި މީހާ

    ސަމްލީން ޑިރެކްޓަރ ހެހެހެ

    • ހީހީ ހަލާކު

      ކަލެއަށް ވަރަށް އަސަރު ކުރޭދޯ އޭނަ ޑިރެކްޓަރަކަށް ހުންނާތީ..

    • މީމަށޭ

      ސަމްލީން ޑިރެކްޓަރަކަށް ހުންނާތީ ވަރަށް މޭކަރާދޯ..

      • ސަންމޫ

        ޢެކަމަކު އަހަރެން އަމިއްލަޔަޢް ނިކުތީ އެތަނުގަ ހުންނަން ބޭނުންނުވާތީ... އަހަރެން މޭކަރަންފެށީ މީހުން އެއްވާތީ.....
        އަޅެ ސްކޫލުގަ ވޯކްކުރަން ހުރެވުންނަމަ ރއްޔިތުން މާ ބޮޑަށް ލޯބިވީސް ތޯއްޗެ.....

  6. ޢައިބާ

    މިސަރުކާރުގެ ހާލަތު ، އިހަށްދުވަހަކު ސިއްހީމަރުކަޒެއްގެ ދޮރުވެސް ވައްޓާލައިފި

  7. ޝަމުލިނު

    ޖަލައްލިޔަސް ފަޅާފަނުކުންނާނަން

  8. ސަމްލީން

    އަދި ފާރުވެސް ވައްޓާނަން
    ބަލަން ތިބޭ