ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ދިޔަވަހީގައި ގާއިމް ކުރާ 16 ޓަވަރެއްގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 16 ޓަވަރެއްގެ ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، އެ މަސައްކަތް ނިމިފައިވަނީ ކަނޑައަޅާފައިވާ މުއްދަތައްވުރެ ކުރިން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އިފްތިތާހްކުރި ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ވަނީ ޓަވަރު އަޅަން އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މުއައްސަސާތަކާއި ކުންފުނިތަކުން ޓަވަރު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެ މަޝްރޫއުގެ ދަށުން 36 ޓަވަރު އަޅާއިރު، އޭގެ ތެރޭގައި 10،080 ޔުނިޓް އިމާރާތް ކުރާނެއެވެ. އެ ޔުނިޓުތަކުގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނެތޭނެތޭ

    ރައްޔިތުން ނިކުމެ ބަދަލު ކުރަން ޖެހޭ ހާލަތެއް ނޯންނާނެ އޭ މިރެއިން މިރެއަށް ސަރުކާރުން މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށް އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން އެހުރިހާ މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ފެށުމުން. ވަރަށް ސިމްޕްލް އީކްއޭޝަން އެއްގެ ދަށުން އެކަން ފެށޭނެއޭ އެންމެ މަތިން ޕޮއިންޓް ލިބިފައި ތިބޭ މީހުންނަށް ފުރަތަމަ ލިޔުން ހަވާލު ކުރަން ފަށާނީ. ރެއަކު 200 މީހުންނަށް ލިޔުން ހަވާލު ކޮށް ސަރުކާރުގެ ގެޒެޓް ގައި ކޮންމެ ދުވަހަކު އެކަން ޝާއިއު ކުރަމުން ދާނީ އަދި ނޫސް ތަކުގައި ވެސް އެމީހުންގެ ނަން ލިޔަމުން ދާނީ. އެއިރުން ދެން މަޑުމަޑުން ރައްޔިތުންގެ ސަރުކާރެއް ކަން މިހާރު ހިނގަމުން މިދަނީ ރައްޔިތުންނަށް އިނގޭނެ ނޫންތޭ. ހިޔާ މަޝްރޫއު ޝީޓް ޕައިލް ކުރިއަސް އަދި ނުކުރިއަސް އެއިން ވަކި ވަކި ފަރުދުންނަށް ލިބޭ ނުވަތަ އިހްސާސް ކުރެވޭ އުފަލެއް ނެތޭ ނެތޭ ނެތޭ ހަމަ ނެތޭ ރިއަލީ ނެތޭ ވިސްނަބަލަ މިކަމުގައި.

  2. ޢަހާނަމަ

    ޥ އުފާވެރި ޚަބަރެއް. ޢެކަމު ދެރަވަނީ މިނިސްޓާރސް ލިސްޓްގަ އަޅުގަނޑުމެން ނިކަމެތިން ނުހިމެނޭތީ... މުއްސަދިން މުއްސަނދި ނިކަމެތިން ސަލާންޖަހަން...