ފުލުހުންގެ ހައްޔަރުގައި ހުރި އަންހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ނިޔާވެފައިވަނީ، ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި އުމުރުން 23 އަހަރުގެ ދިވެހި އަންހެނެކެވެ. އެނގިފައިވާ ގޮތުގައި މިއަދު ނިޔާވެފައި ވަނީ ނ. މަނަދޫ އަންހެނެވެ. އަދި، އޭނާ ނިޔާވީ މިއަދު ދޫނިދޫގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ފުލުހުން ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ މިކަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކަށް އަންގާފައިވާކަމަށެވެ. އަދި، އެފަރާތްތަކުން މިކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަރުވި މީހާގެ އާއިލާއިން މިހާރު މާލެ އައުމަށް މަސައްކަތް ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޟނނ

    މަރާލީ

    • DHONA

      ރޭޕް ކޮށް މަރާލީ ކަމަށް ވާނީ......

  2. ޝަކީލް

    ހާދަ ބަލަމުންދާ ގިނަވެއްޖެ އޭ، އަޕްޑޭޓެއް ނެއްތަ؟

    • ށ

      ތިޔަ ބުނީ ތެދެއް... ބަލަމުންމުން އަންނަ ކަންތައްތައް ގިނަވެގެގޮސް ކޮޅުންނެއްޓި ހައްދުންނެއްޓި ހައްދުންމަތިން ބޭރަށް..... މިވާ ގޮތް ބަލާދޭނެ މީހަކު އެބަހުރިތައް

  3. އަލީ އަލީ

    ވަރިކަމުގައި ހުރީ ޔާމީނެއްނޫން!

  4. މާލެ މީހާ...

    ޔަގީން ރޭޕް ކޮށް މަރާލީކަން...ފުލުހުން ނަކަށްވެސް ކަރެކްސަން ނަކަސް އިތުބާރެއް ނެތް...

  5. ބަކުރުބެ

    މަރާލީ ސާބަސްހޯމްމިނިސްޓަރ

  6. ކޯބްރާ

    ޖަޒީރާ ރާއްޖޭގައި މިހިނގާ ކަންކަން ޖަލުގައި މީހުން މަރުވުމާއި ހޮސްޕިޓާތަކުގައި ގޭގޭގައި މީހުން މަރުވާ ވަރު ބަލާނެ ކޮމެޓިއެއްވާނެ އެކުލަވާލެވިފައި. އެކޮމިޓީއައް ތިޔާ މައްސަލަ ހުށަހަޅާ....

  7. ކިނބޫ

    ކިނބޫ ރަސްކަމުގައި ހާދަ އިހުމާލުވުން ގިނަވެއްޖެޔޭ ދޯ....

  8. އިބްރާ

    ހާދަ އޯގަާތެރި ސަރުކާަރެކޭ މީހުން އަމިއްލަ އަށް މަރުވަނީ..

    • Anonymous

      ޚަލޭމން ހަމަނުޖެހުނ އުފައްދަން މަރަނީކީނޫންތަ؟

  9. މަހޭ

    މަރު ހާދަގިނަވެއްޖޭ... މިސަރުކާރުގަ.. މަރު ކޮމެޓީއަށް އަނެއްކާވެސް މަސައްކަތެއް...

  10. ކޫބާ

    ޢަނިޔާ ކުރަނީ ކޮށްބައެއް

  11. ކުރަނގި

    ދިވެއްސަކު ނިޔާވިއިރު ނަމެއް ވެސް ނެތް ހީވާ ގޮތުން ކޮންމެ ވެސް ނަމެއް ނެތް މީހަކު މިހާތަނަށް މިރާއްޖޭގައި ހުރިހެނެއް ހިއެއް ނުވޭ

  12. މަސްވެރިޔާ

    ކޮންމެ ވަގުތެއްގަވެސް މަރުވެދާނެ ބަޓް ހަމީދު ހީނުކުރާފަދަ ކަންތަކާ ކުރިމަތިވެދާނެ. އިސްލާމް ދީނަށް ފުރައްސާރު ކުރާ މީހުންނަށް ހިމާޔަތް ދެވިފައިވާ ޤައުމުތަކާއި މުއައްސަސާތަކާއި ވެރިންވަނީ ނޭގި ތިއްބާ ހަލާކުވެފަ.

  13. ހުސޭުނުބޭ

    މަ ހީކުރީ ސުޢޫދު ނިޔާވީކަމަށް! އަޅެ މިވަރަށް މީހުން މަރުވާއިރުވެސް ޚަބަރެއްނުވޭ!

  14. ނައްލަބެ

    އިބޫގެ ވެރިކަމުގައި މީހުން މަރެއްނުވާނެ.

  15. ޢަލީ ހަމީދު

    މަނަދޫ ކުއްޖެއްތޯ.

  16. ޣާދިރު

    ތިޔަކަމުގަ ފުލުހުންގެ އިހުމާލު އޮންނާނެ..

  17. ޔޫސުފް

    ފުލުހުންްގެ ބެލުމުގެ ދަށުގައި ހުރިމީހަކު މަރުވެއްޖެނަމަ މަރުވިސަބަބު ވަގުތުން އެނގެނއޖެހޭނެ.

  18. ނަފާ

    މަރާލީ. ޖަލުގަ ގުދުރަތީ މަރަކުންމަރެއްނުވާނެ. މަރާލީ. ސުއޫދު އިންސާފު ހޯދަދޭނެނުން. މިވެރިކަމުގަ ޖަލުގަމީހުންމަރުނުވާނެކަމައް މަހީކުރީ.

    • ޙަސަން

      މަރު ވަނީ ވަކި ތަނެއްގަ ތޯ ނަފާ؟

  19. ރަސީދު

    ރޔ ވެރިކަމުގަނަމަ މިހާރު ދުނިޔޭގެ އެންމެ ގާބިލު
    ޥެރިކަމުގާ ތިބިމިޚުން ކީކޭބާ ބުނާނީ

  20. ރަކޫޓަންޖިންނި

    ތީޔާމީނުގެ ކަމެއް. މިސަރުކާރުގައި ތިޔަގޮތަށް މީހުންމަރެއްނުވާނެ.

  21. ައެލެކްސް

    މީވެސް ވައުދެއްތަ؟ ޅިޔަނު ލައްވާ މީހުން މެރުވުން

  22. ޢަލީ ހަމީދު

    ނ.މަނަދޫ ކުއްޖެއް..ނަސާޔާ ކިޔަނީ.

  23. عبدالله

    ކޮންމެ ތަނެއްގައި ހުއްޓަސް ބަލިމީހާ އަށް އެކަށީގެންވާ އަޅާލުމާއި އެކަށީގެންވާ ރައްކާތެރިކަމާއި އެކަށީގެންވާ ޞިއްޙީ ފަރުވާ ޤާނޫނުގައިވާ ގޮތުގެމަތީން ލިބެން ޖެހެނީ އިންސާނީ ކަރާމާތަށްކައެވެ. ހޮސްޕިޓަލާއި ހަމައަށް ނުގެންދެވި މީހަކު މަރުވެގެންދާނީ ގިނަފަހަރަށް އެމީހަކަށް އަޅާލާނެ އެއްވެސް މީހަކު ނުހުންނަ ތަންތަނުގައެވެ.

  24. މަ

    ގިނަބަޔަކުގެ (ލާދީނީ ޕޮލިހުންގެ) އެދުން ފުދުނީމަ މަރާލީ ކަމައްވެސް ވެދާނެ. ރަނގަޅަށް ބަލާތި ތިކަންވީގޮތެއް

  25. ނާނު

    ދެން މިފަހަރު އެމް.ޑީ.ޕީ ކުދިންކޮޅު ބުނާނީ ކީކޭބާ، އެމްސީ ބޮލުގައި މަރުގެ ތުހުމަތު އަޅުވާނެބާ. އިބޫ އިސްތިއުފާއަށް ގޮވާނެބާ، އިންސާފު ހޯދައިދޭން ދުވާނެބާ. ޕޯސްޓްމޯޓަމް ހަދާނެބާ. ބަލަން މިތިބީ ވާއެެއްޗެއް

  26. ގިީތު

    ހަާދަހަާ މަރުގިނަ މިވަނިީ

  27. ސަލްމާ މާލެ

    އަނެއްކާ ރޭޕު ކޮއްފަ މަރާލީ ބާ. ތިވާނީ އެހެން ހެދީ ކަމަށް. ހަމަ އިންޑިޔާގެ އުސޫލު ދިވެހި ޖަލުގައި ވެސް އޮތީ.

  28. ގިީތު 15 ޖެނުއަރިީ

    ހަާދަހަާ މަރުގިނަ މިވަނިީ

    • ހަމް

      ދެންވެސް ވިސްނިގެން އިސްލާހުވޭ ބްރޯ

  29. ާަކަމަނަ

    މިއިީ މިވަާވަރު މިވަރަކުން ނުވަާނެ

  30. Miadhu

    ކޮބާ ކޮމިޝަން މިކޮޝަންއުފެއްދިފަހުން މިހިރަވާގޮތެއްދޯ

  31. ީހިނާ

    ތިމައްސަލަ ބެލޭނެ ބާ؟ ނިމޭނެބާ؟ މި ސަރުކާރު ގަ ޖަލުގަ ހުއްޓާ މީހެއް މަރުވެގެން ނުވާނެ!

  32. ާއަހަރެން

    މަރާލީތޯ ނޫނީ މަރުވީތޯ ޔާމީނުގެ ވެރިކަމުގައި މީހަކު މީފަދަގޮތަމަށް މަރުވީޔާ މީހާރު ސަރުކާރުގައި ތިބިމީހުން ބުނަނީ މަރާލިއްޔޭ މިހާރު ކިޔާނީ ކީކޭތޯ

  33. މޯދީ

    އަޅެ ޖަޒީރާ ރާއްޖޭގައި ވެސް މީހުން މަރުވޭތަ ޖަލުގަ؟

    އަން ޤަބޫލަބަލް

  34. މޯދީ

    އަޅެ ޖަޒީރާ ރާއްޖޭގައި ވެސް ޖަލުތަކުގައި މީހުން މަރުވޭތަ

  35. ދދދދދދ

    ގޮތް ނޭނގޭ ގޮތަށް ތިހެން މީހުން މަރުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ތިކަން ބަލައި ތަހްގީގު ކުރެވެން ޖެހޭ. ތަހްގީގު ކުރަން ސުއޫދާ ހަވާލު ކުރޭ އަވަހަށް

  36. ކިިނބޫ ރައީސް

    އަނިޔާވެރިކަން މިހިރަގެން ހައްދުފަހަނައަޅާ ދަނީ. މިކަންކަން ބަލައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ. ރައްޔިތުން މަޑުން ތިބޭނެ ކަމަށް ހީނުކުރާތި. އަނިޔާވެރިކަން ނިމުމަކަށް ގެންނަން ރައްޔިތުން ވަނީ ކެތް މަދުވެފަ. މިކަން ކުރާނެ ރައްޔިތުން.

  37. އިންސާފު

    މަނާ ކަމެއްތަ އެއީ ޕޮލިހުންގެ ދަށުގައި ހުރެ މަރުވުން.

  38. ޖާންޓޭ

    ޢާއިލާގެބޭފުޅުން ނާލުބައްތެލީގަ އަވަހައް

  39. އިހްސަން

    މަރުގެޙުކުމަކާނުލައި މަރާލަނީތަ،

  40. ބުނެލިިިީީ

    ސްޕޯޓްސް މިނިސްޓަރު މިފަހަރު މަރުގެ ތުހުމަތު އަޅުވާނީ ކާކު ބޮލަކު ބާ؟

  41. އެމީހާ

    ޔާމީންގެ ވެރިކަމުގައި ޖަލުގައި މީހުން މީހުންމަރުވަނީ ނޫންކަމާއި މަރަނީކަމަށް މިސަރުކާރުގެ މިނިސްޓަރަކު ބުނި މިހާރުބުނާާނީ ކީކޭބާ؟

  42. ފާތުމަ

    ކޮބާ ލަހޫފު.ނިކަން މިވާހަކަ އަށް އެއްޗެއްބުބެބަލަ.

  43. ކެޔޮޅު

    ކޮބައިތަ އިންތި އޭނަޔައް އެނގޭނެ މަރާމީހުންގެ ހަގީގަތްތައް!!

  44. ބައްތި

    މިކަމުގެ ފުރިހަމަ ޒިންމާ ވަގު ސޯލިހު ނަގަން ޖެހޭނެ

  45. ނަގޫރޯޅި

    ގޮތް ނޭގި މަރުތައް ގިނަވާއިރު ސަރުކާރު އޮތީ ބަންދުނޫން ދުވަސް ގުނަން.

  46. ނުރަބޯ

    ސޫދުބޭގެ މަސައްކަތް މިދަނީ ހަމަ އިތުރުވަމުން.