ވޭތުވެދިޔަ 5 އަހަރުގައި ވެރިކަމުގައި ހުންނެވި އިރު، މާލީ ބަޔާން ކުރީގެ ރައީސް ޔާމީން ހުށަހަޅުއްވާފައިވަނީ އެންމެ ދެ ފަހަރުކަން، ވޭތުވެ ދިޔަ ފަސް އަހަރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ހުށަނާޅާ ފަރާތްތަކުގެ ތަފްސީލުތައް ހާމަކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުންގެ ނެރުނު ރިޕޯޓުން ހާމަ ވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުންގެ ނެރުނު ރިޕޯޓު ދައްކާ ގޮތުން ރައީސް ޔާމީން މާލީ ބަޔާން ނެރުއްވާފައިވަނީ 4 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާއި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެކަންޏެވެ. މާލީ ބަޔާނަކީ ކޮންމެ އަހަރަކު އެއް ފަހަރު ނެރެން ޖެހޭ އެއްޗެއްކަން ފާހަކަ ކޮށްލެވެއެވ.

މިދިޔަ ފަސް އަހަރުގެ ދައުރުގައި މާލީ ބަޔާން ހުށަހެޅުއްވި ނައިބު ރައީސުންނަށް ބަލާލާއިރު، ރައީސް ޔާމީން ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި 3 ބޭފުޅުންގެ ތެރެއިން މާލީ ބަޔާން އާއްމު ކުރައްވާފައިވަނީ ޑރ.މުހައްމަދު ޖަމީލު އަހުމަދު އެކަންޏެވެ. އަދި އެކަން ކުރައްވާފައިވަނީ އެންެމ ފަހަރަކުކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ ފަސް އަހަރު ގަވާއިދުން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އަދި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.

މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވެސް މާލީ ބަޔާން ގަވާއިދުން ހުށަހަޅާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

މާލީ ބަޔާން އެއްގޮތަކަށް ހުށަނާޅާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހިމް އާއި ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު އާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު އާއި ކުރީގެ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ.

ދާދިފަހުން ސަރުކާރުން ވަނީ މިހާރު ސަރުކާރުގެ ތިބި މިނިސްޓަރުންނާއި ރައީސް އަދި ނައިބު ރައީސްގެ 6 މަސް ދުވަހުގެ މާޅީ ބަޔާނެއް އާއްމުކޮށްފައެވެ. އަދި ކޮރޮޕްޝަން ނައްތާލަން ރައީސް ސޯލިޙް ވެ ވަޑައިގެންނެވި ވަޢުދުގެ ދަށުން މާލީ ބަޔާން ޤަވާއިދުން ނެރުމަށްވަނީ ވަޢުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެއިލް

    މިސަރުކާރުގެ ވެރިން މާލީ ބަޔާން ހުށަހާގޮތަށް ނޭޅިއްޔާ ރަނގަޅީ. ޢާދައިގެ ސިވިލް ސާވަންޓަކަށްވުރެ އެމީހުންގެ ހާލުދަށް. ފާއިތުވި 6މަސް ދުވަހު ތެރޭނެތް އާމްދަނީއެއް ލިބިފަ. ރައްޔިތުންނަށް ޖެއްސުންކުރަން ކީއްކުރަން ހުށަހަޅާ ބަޔާނެއް. އެއަށްވުރެ ތާހިރުވާނެ އެ ހުށަނޭޅިޔަސް. އެއިރުން އިނގޭނެތާ ބަޔާން ހުށަނާޅާކަން.

  2. 3ވަނަވިސްނުން

    މާލީބަޔާން 5 އަހަރު ތެރޭގައި 2ފަހަރު ހުށަހެޅުައްވީ ކީއްވެތޯ ! ރައީސް ޔާމިނާ ސުވާލް ކޮށްލެއްވުން މުހިންމު! ތިޔަވާނީ މާލީތަނަވަސް ކަމެއް ވެރިކަމުގެ ފަހު 3 އަހަރު އިތުރު ވެފަ ނެތީ.