ގއ. ކަނޑުހުޅުދޫގައި ތިން އަހަރުގެ ދަރިފުޅު ގޮވައިގެން ބައްޕައަކު ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެރަށު ކައުންސިލުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އެރަށު ކައުންސިލުގެ މެންބަރަކު "ވަގުތު" އަށް ވިދާޅުވީ ފުލުހުންނަށް ރިޕޯޓު ކުރުމުން އެކަން ބަލަމުންދާކަމަށާއި، ގެންދިޔައީ ފިރިހެން ކުއްޖެއްކަމަށެވެ.

ކައުންސިލް މެންބަރު އިތުރަށް ވިދާޅުވީ ދަރިފުޅު ގޮވައިގެން ބައްޕަ ފިލާފައިވަނީ މިއަދު ހަވީރު 05:00 އާއި 05:30 ދޭތެރޭގައިކަމަށެވެ. އަދި މި ކުއްޖާއަކީ ކަނޑުހުޅުދޫ އަންހެނަކަށާއި ފުވައްމުލަކު ފިރިހެނަކަށް ލިބިފައިވާ ކުއްޖެއްކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފަހުން ކުއްޖާއާއި ބައްޕަ ފެނިފައިވަނީ ރަށުގެ ޖެޓީ ކައިރިންކަމަށާއި، ލޯންޗެއްގައި ކޮންމެވެސް ތަނަކަށް ދިއުމަށް ފުރި މަންޒަރުވެސް ބައެއް ފަރާތްތަކަށް ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކައުންސިލް މެންބަރު ވިދާޅުވީ ކުއްޖާގެ މަންމައާއި ބައްޕަގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާކަމަށެވެ. އެގޮތުން، ފުވައްމުލަކުގައި އުޅެފައި މައްސަލަތަކެއް ޖެހިގެން ކަނޑުހުޅުދޫ އަށް އައިސް އުޅޭތާ ހަފްތާއެއް ވެފައިވާކަމަށާއި މިއަދު ކޯޓަށްވެސް ދެމަފިރިން ދިޔަކަމަށް މައުލޫމާތު ލިބޭކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މަންމަޔާ ދަރީން ވަކިނުކުރޭ އެކުގަ ނޫޅުނަސް

  2. ފ.ސ

    މަންމަޔާ ދަރިން ވަކިކުރުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް.

  3. ހަލީފާ

    މަންމަ ކާރިން ދަރި ދުރުކުރާވަރުގެ ސަބަބެއް އޮތީ ކަމަށް ވެދާނެ ނޫންތޯ. މަންމައާ ދަރި ވަކިކުރާ ކޮންމެ ފަހަރަކީ ދަރިއަށްލުބޭ ގެއްލުމަކަށްނުވެދާނެ. އަދި އެއީ ފަހަރުފަ ދަރިއަށް ރަނގަޅުގޮތް ކަމަށްވެސް ވެދާނެ. ބައްޕަ ދަރިގޮވަަގެން ފިލި ސަބަބު ބަލަންޖެހޭނީ.

  4. ާައަންހެނުންގެ ހައްގު ކޮބާ ފިރިހެނުންގެ ހައްގު

    ދަރިން ދެކެ ލޯބިވާނީ ހަމަ އެކަނި މައިންނެއް ނޫން ބަފައިން ވެސް ލޯބިވާނެ .....