ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީ ކުރަމުންދަނީ ރާއްޖޭގެ ޖަޒީރާކަން ނުގެއްލޭގޮތަށްކަމަށް މިނިސްޓްރ އޮފް ސްޓޭޓް ފޯރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އަޙުމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ތ.ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން ރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީ ކުރަމުން މި ދަނީ ދިވެހިންގެ ޖަޒީރާވަންތަ ދިރިއުޅުން ގެއްލިގެން ނުދާނެ ގޮތަށް، ވައިގެ ދަތުރުފަތުރުވެސް ހިމެނޭގޮތަށް އެއް ވިޔުގައިން މުޅި ރާއްޖެ ގުޅާލުމަކީ ސަރުކާރުގެ އަމާޒެއް." ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމުން އެކަމުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން، ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އެތައް ފަސޭހަތަކެއް ލިބި، ޞިއްޙީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށްވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދަތުރުވެރީންނާއި ފަތުރުވެރިން އަދި ޚާއްޞަކޮށް މެޑިކަލް ކަންކަމުގައި ދަތުރުކުރައްވާ ބޭފުޅުން މާލެއިން ނުވަތަ ރާއްޖޭގެ އެހެން އެއަރޕޯޓުތަކުން ދަތުރު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ. މި ރަށުގައި އަދި މި އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށިފައިވާއިރު ރޭގަނޑު ފްލައިޓުތައް އޮޕަރޭޓް ކުރަން ފެށުމުން ގެސްޓް ހައުސް ހިންގަމުންދާ ފަރާތްތަކަށް އެކަމުގެ ހެޔޮ މަންފާ ކުރަމުންދާނެކަން އަޅުގަނޑު ޔަޤީން ކުރަން." އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވަނީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާތީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ޝުކުރު އަދާކުރައްވާފައެވެ.
އެއީ އަނެއްކާ ކޮންވައްތަރެއްތަ
އޮޅުވާލުމާ ބޯކެއުން!! ތިޔަގޮތަށޭ ހަމަ ކުރީގެ ސަރުކާރުތަކުންވެސް ކަންތައް ކުރަނީ. ތަފާތަކީ ކޮންމެމީހެއްގެ "އަނގަގަނޑު" ން ، އެކަކު "ޖަޒީރާ" އަނެކަކު "ދީނަށްޓަކައި" އަނެކަކު "ގައުމަށްޓަކައި" އަނެކަކު "ރައްޔިތުމީހާ" ..... ވަޓް އަ ޖޯކް .... ޖަސްޓް ސިޔާސީ ވާރޑްސް
ކޮން ޖަޒީރާވަންތަކަމެއް. ކޮންމެ ނަމެއްގެ ކުރިޔަށް ޖަޒީރާ އިތުރުކުރޭ އެއިރުން އޮންނާނީ ޖަޒީރާވަންތަވެފަ. މިސާލަކަށް ޖަޒީރާ ތިމަރަފުށި އެއާރޕޯޓް. ޖަޒީރާ ނަޝީދު
ކޮންމެ ގޮތެއް ހެދިޔަސް ތިބުނާ ޖަޒީރާކަން ނުގެއްލޭނެ ގުދުރަތުން ދެއްވާފަ އޮތީޖަޒީރާ ރަށްތަކެއް. މޮޔަނުގޮވާ!
ދިވެހި ރާއްޖެ. ދިވެހިންގެ ދީން .ދިވެހި ބަސް . ދިވެހި ރައްޔިތުން. ކިހިނެތްތޯ ހައްދަވަން ތިއުޅުއްވަނީ ދިވެހި ކަނޑާލީމާ ހުރިހަ ކަމެއް ގެންލި ދާނެ. ޖަޒީރާ ބަސް ޖަޒީރާ އިސްލަމުން ..... މިހެއްތޯ ކިޔަން ތި އުޅުއްވަނީ ކިހާ ދެރަކަމެއް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިފަދަ ވިސްނުން ގެންގުޅޭ މީހުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވަވާ ފާދޭ... އާމީން
ޖަޒީރާވާނީ ޖަޒީރާއަށް ރާއްޖެޖަޒީރާވެފައިވަނީ ކުއްލިއަކަށްމިއަދަކުނޫން ﷲ ރާއްޖެހައްދަވާ
ފައިވަނީ ޖަޒީރާރަށްތަކެއްގެގޮތުގައި އޭގެފަހުންމިއީ ދިވެހިރާއްޖެ ނަމަވެސް ކުއްލިއަކަށް ޖަޒީރާކިޔަންފެށުމުން ހީކުރެވުނީ ދިވެހިރާއްޖެއާ ޖަޒީރާރާއްޖެއާމީ ދެތަނެއްކަމަށް މިއީ އަޅުގަނޑުގެ ކުށްހީއަކަށްވެދާނެ ުއެއީ ދިވެހިރާއްޖެކިޔާފަ ކުއްލިއަކަށް ޖަޒީރާމާގިނައިން
އަޑުއިވު،ުންވީގޮތަކަށްވެދާނެ ބޮޑަށްއަޑުއަހާހިތްވަނީ ދިވެހިދަރިއަކަށްވީމަ ދިވެހި މިލަފްޡް
ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ޖަޒީރާވެފައިވޭ ދިވެހިގައުމު ނިސްބަތްވަނީ ދިވެހިރާއްޖެއަށް
މިޤައުމަކީ ޖަޒީރާ ޤައުމެއް މި ޤައުމުގަ ކަމެއް ކުރުމަކުން ޖަޒީރާވަންތަކަމެއް ނުގެއްލޭނެ.
މީހަކު ކުރާކަމަކުން އުޅޭގޮތަކުން ޖަޒީރާވަންތަ ސިފައެއް ނުގެއްލޭނެއެވެ. އެއީ މިގައުމު އުފެދިފައިވާ ގޮތެވެ. މިއީ ޖަޒީރާ ގައުމެކެވެ. މިނޫނަސް ޖަޒީރާ ގައުމުތައް ދުނިޔޭގެ އެހެން ސަރަޙައްދު ތަކުގައި ވެސް ވެއެވެ. އެހެންވީމާ “ޖަޒީރާ”މިއީ އަހަރެމެންގެ އަމިއްލަ ތަރިކައެއް ނޫނެވެ. އެހެންނަމަވެސް “ދިވެހި” މިނަމަކީ އަހަރެމެންގެ އަމިއްލަ ތަރިކަ އެވެ. މި ނަން ކިޔާ އެހެން ތަނެއް ގައުމެއް ނޯންނާނެއެވެ. އެހެންކަމުން މިއީ ހުރިހާ ދިވެހިން މާތްﷲ އަށް ޝުކުރުކޮށް، އުފާ ކުރަންޖެހޭ ކަމެކެވެ. އެހެނީ މިދިވެހިރާއްޖެ އަކީ އަމިއްލަ ބަހަކުން ވާހަކަދައްކާ އަމިއްލަ ޘަގާފަތަކާ އަމިއްލަ ރިވެތި އާދަކާދަ ތަކެއްގެ ވެރި ބައެކެވެ. އަދި މީގެ އިތުރުން ދިވެހިންނަކީ އެއް ނަސްލެއްގެ އެއް ދީނެއްގެ ބައެކެވެ. މިއީ ދުނިޔޭގައި ވަރަށް މަދު ގައުމަކަށް ނޫނީ ލިބިފައިވާ ކަންކަމެއް ނޫނެވެ. އެހެން ކަމުން އަހަރެމެންގެ އަމިއްލަވަންތަކަން ކަމަށްވާ ދިވެހި ވަންތަކަން އޮއްވާ އަހަރެމެންނަށް އަމިއްލަނުކުރެވޭނެ ކަމެއްކަމަށްވާ ޖަޒީރާވަންތަކަމަކައިގެން ރީނދޫ މީހުން އުޅޭތީ އެހެން އެކަން ނުކުރުމަށް ރީނދޫ އެންމެނަށް ގޮވާލަމެވެ. އަދި ތިޔައެންމެންނަކީ ވެސް ދިވެހިން ކަމާ ޖަޒީރިއަނުން ނޫންކަންވެސް ހަނދާން ކޮށްދެމެވެ.