ފުލުހުން ބޭނުން ވަނީ މިއަދު ޖަލުގައި ނިޔާވި 23 އަހަރުގެ އަންހެން މީހާގެ އޮޓޮޕްސީއެއް ހަދަން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ މިއަދު ނިޔާވެފައިވަނީ ނ. މަނަދޫ އަންހެނެކެވެ. އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ބަންދު ކޮށްފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި މަރުގެ މައުލޫމާތު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާ ހިއްސާ ކުރައްވާފައިވާކަމަށާއި އަދި ނިޔާވި މީހާގެ އޮޓޮޕްސީ އެއް ހެދުމަށް އާއިލާއާއިއެކު މަޝްވަރާ ކުރުމަށް އެދިވަޑައިގަންނަވާފައިވާކަމަށެވެ.

ހަމައެހެންމެ، މުއައްސަސާތަކަށް ދޭން ޖެހޭ އެއްބާރުލެއްވުން، ފުލުހުންގެ ފަރާތުން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އަންހެން މީހާ ހައްޔަރު ކުރިފަހުން ދެފަހަރަށް ޑޮކްޓަރަށް ދައްކާފައި ވާނެ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އޭނާއަށް ދިމާވި ސިއްހީ މައްސަލައިގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަލިބެ

    ގޮތްނޭގޭމަރުތައް މިދަނީ ވަރަށް ގިނަވަމުންނެވެ. މިއީ ވަރަށް ހިތާމަހުރިކަމެއް.

  2. ސާދާ

    ފުލުހުން އެކުއްޖާ މަރާލީ. އެއީ އަނެއް ރާއްޖޭގެ ކަމެއް

  3. ނާޒު

    މަރުވީމަ ކޮން ހިއުމަންރައިޓުސްއެއް ކިޔާކަށް

  4. عبدالله

    ތުހުމަތުން ބަރީއަވެވޭނީ، އެއްވެސް ރަނގަޅު ނިޔަތެއް އޮވެގެން ތިޔަ ހުރިހާކަމެއް ކޮށްގެންނެވެ. 23 އަހަރުގެ ޒުވާން ޢުމުރު ފުރާގެ އަންހެން ކުއްޖަކު(ޖިންސުއްލަޠީފަކު) ޖަލުގައި ހައްޔަރުކޮށް ހައްޔަރުގައި ހުއްޓައި ނިޔާވެފައިވަނީ، ޠަބީޢީ މަރެއްގައިތޯ ނުވަތަ އެނޫން އެހެން މަރެއްގައިތޯ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޔަޤީން، ކަށަވަރު ކުރުމުގެ މައްޗަށް އަހައްމިޔަތުކަން ނުދީ ފުރުނުޖެހޭނެއެވެ. ނިސާ ސޫރަތުގެ 78 ވަނައާޔަތުގެ މާނާގައިވަނީ، އުސްވެގެންވާ ބުރުޖުތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބި ކަމުގައިވިޔަސް ތިޔަބައި މިހުން ތިބި ކޮންމެ ތަނަކަށް މަރު އައިސް ތިޔަބައި މީހުންނާއި ހަމަކުރާނެއެވެ. أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ

  5. މަރުގެ ސަރުކާރު

    ސަން އައިލޭންޑް ރިޒޯޓްގައި މިއަދު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ބިދޭސީ މީހާގެ ޚަބަރު އެއްވެސް ނޫހަކަށް ނާރަނީ ކީއްވެބާ. ނޫސްތަކަށް ނޭނގެނީބާ ނުވަތަ ޤާސިމްދެކެ ބިރުން އެޚަބަރު ޖަހަން ނުކެރެނީބާ؟

  6. ޢިއްބެ

    ޚީކުރަން ހަދާ އެއްޗެއް ޑރ ސަހީދު ކާރިން ރިޕޯޓެއް ލިޔުނީމަ ނިމުނީ.

  7. ހަކީމު

    މީ ސަރުކާރުގެ ނުކުޅެދުންތެރިކަން.

  8. ޙަސަން

    މިހާރުވެސް ޔާމީންދޯ ޖަލުގައި މީހުން މަރަނީ؟

  9. ޙަރުބަޖަން

    އިމްރާން މަގާމުން އިސްތިއުފާދޭންޖެހޭ މިމަރުތަކުގެ ޒިންމާ އެންމެބޮޑަށް ނަގަންޖެހޭނީ އިމްރާނު ގަސްތުގަ މީހުން މެރުން އިމްރާނަކަށް ހުއްދައެއް ނުކުރެވޭނެ.

  10. ހައްޤުބަސް

    ކުއްލި މަރުތަކުގަ އޮޓޮޕްސީ ހެއްދުން ވަރަށް މުހިންމު.. މިއުޅެނީ ސީޒަނެއް އައިސްގެން ކުއްލި މަރުތަކުގެ.. ކެޕްޓަން ރާމިޒުގެ މަރުން ފެށުނީ

  11. ހުސޭނު

    ކިނބޫ ސަރުކާރުގެ އާނމުއުސޫލުން މިކަންވެސް އޮޅުވާލާ ފަސްއަޅާ،
    "ފުލުހުން ބޭނުންވަނީ" ފުލުހުންނާ ދެންތިބި މީހުން ބޭނުންވާގޮތައް ތިއޮތީ ހަދާފަ. ރޭޕްކޮއްފަ މަރާލީ

  12. ލައިލާ

    ރައީސް ޔާމީންގެ ސަރުކަރުދުވަސްވަރު ، މީހަކު ވައްކަމެއްކުރިއްޔާ ޔާމީންގެބޮލަށް ، ވަޅިހެރިއްޔާ ޔާމީންގެބޮލަށް ، މީހަކު މަރުވެއްޖއްޔާ ޔާމީންގެބޮލަށް ، ހޮސްޕިޓަލެއްގައި މީހަކަށް ގޮތެއްވެއްޖެނަމަ ޔާމީންގެބޮލަށް ، މަސްތުވާތަކެތި އެތެރެވެއްޖެއްޔަ ޔާމީންގެބޮލަށް ކެނޑިމީހުން މިއަދު ވެރިކަމުގައި ތިބިއިރު ، ބޭންކެއްފަޅައިފި ، ތިޖޫރީ ލޫޓވައިފި . މީހުން މަރައިފި ، ދަންޖެހިގެން މީހުންމަރުވެއްޖެ . ޖަލުގައިމީހުންމަރުވެއްޖެ ، ހޮސްޕިޓަލްގައި މީހުންމަރުވެއްޖެ ، ވަޅިހަރައިފި ، މަސްތުވާތަކެތި ބައިވަރު އެތެރެކޮށްފި ، ދެން މިއަދު ކިޔާނޭ އެއްޗެއްނެތީމަ ޢިމްރާނުމެން އިސްތިޢުފާދޭކަށްނުވޭތަ؟

  13. އެލެކްސް

    ކީއްވެ ނިޔާ ވާންވީ

  14. އާއިލާ މެންބަރެތް

    އެއްވެސް ބޭފުޅެއް އަޅުގަނޑުގެ ދައްތަ އާއި ބެހޭ ގޮތުން އެއްވެސް ފާޑެއްގެ ވާހަކައެއް ނުދެއްކެވުން އެދެން ..