ޅެންވެރިކަމަކީ ދިވެހި އަދަބިއްޔާތުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ފަންނުކަމަށާއި ޅެންވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަހަރުގެ ޅެންވެރިކަމުގެ ދުވަހާއި ގުޅިގެން މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
"ޅެންވެރިކަމަކީ ދިވެހި އަދަބިއްޔާތުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ފަންނަކަށް ވީ ހިނދު ޅެންވެރީން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ޝުކުރު އަދާކުރަން." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ޓްވީޓުގައި ރައީސް ވަނީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 30 ވަނަ ޅެންވެރީންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޅެންވެރީންނަށް އަރިސް ކޮށްފައެވެ.
މިއަދު ފާހަގަ ކުރާ ޅެންވެރިންގެ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދީބު، ޅެންވެރިޔާ އަދި ވާހަކަ ދެއްކުންތެރިޔާ އަދި ދިވެހި އަދަބިއްޔާތުގެ ޝާއިރުއްޝަބާބު، މަރުޙޫމު އިބްރާހީމް ޝިހާބަށެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަ ކޮށްފައިވަނީ ކުޅަދާނެ ޅެންވެރިޔާ މަރުޙޫމު ޔޫސުފް މުޙައްމަދު ފުޅަށެވެ.
ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތުގެ އެންމެމަތީފެންވަރަކީ ވަގަށް ބަނގުރާ ވިއްކުމާއި ބުއިމުގެ އިތުރުން ގައުމުގެ މާލިއްޔާ ދަވާލުމާއި ތިމާމީހާގެ އޯރޑަރަށް މީހުން މެރުމާއި ވަޯރޓްން ވައްކަން ކުރުމޭ ބުނިނަމަ ގަބޫލުކުރަން ފަސޭހަވީސް.