ދިއްފުއްޓާއި މީރުފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވި ފިލިޕީންސްގެ ދެމަފިރިންގެ ހަށިގަނޑު އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައި ދީފައި ވަނީ ދިވެހި ސަރުކާރުން ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުން ފެށިގެން އެދެމަފިރިންގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސްއަށް ގެންދަނީ މިރޭ ކޮލަމްބޯ މަގުން ޔޫއެލް ފްލައިޓެއްގައި ކަމަށެވެ.

ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސަށް ފޮނުވަން ސަރުކާރުން 23000 އެމެރިކާ ޑޮލަރު (354000 ރުފިޔާ) ޚަރަދު ކުރާނެއެވެ.

ލިއޮމާ އަދި އެރިކާ ހަނީމޫނަށް ރާއްޖެ އައިސް ތިބީ ދިއްފުށީ ގެސްޓް ހައުސްއެއްގައެވެ. ދިއްފުއްޓާއި މީރުފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅެނިކޮށް ފުރަތަމަ ގެނބުނީ ފިރިހެންމީހާ ކަމަށާއި އަންހެންމީހާ ގެނބުނީ އޭނާ ފިރިމީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަމަށް ދިއްފުށީގެ ބައެއް މީހުން ބުނެފައި ވެއެވެ.

ލިއޮމާ އަދި އެރިކާ އަކީ ދެ ނަރުހުންނެވެ. އެ ދެމީހުންގެ ހަށިގަނޑު އަނބުރާ ފިލިޕީންސްއަށް ގެންދިޔުމަށް ފައިސާނެތިގެން ފަންޑް ހޯދުމުގެ ހަރަކާތްތަކެއްވެސް އާއިލާ އާއި ރައްޓެހިން ފެށިއެވެ. ނަމަވެސް ސަރުކާރުން އެމީހުންގެ ހަށިގަނޑުތައް ފޮނުވައިދޭނެކަން ހާމަކުރުމުން ފަންޑް ހޯދުމުގެ ހަރަކާތްތައް މިހާރުވަނީ ހުއްޓާލާފަައެވެ.

ދެމަފިރިން ގެނބުނު މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާއްމު އުސޫލުން މިހާދިސާގައި އިހުމާލުވި މީހަކު ހުރި ކަމަށް ފުލުހުން ނިންމާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮލެޖް

    ކާކު ނުމަރާނީ މި ވަގު ލާދީނީ ސަރުކާރުން ބިދޭސީންވެސް ހައްގުން ކަމަކާއިނުލާ މަރަންފެށީ ހުރިހާކަމެއްްއޮޅުވާލަނީ މަރުވިއްޔޯ މަރާލަާފަ އެބުނަނީ ޖަރީމާ ފޮރުވަން މިކުރިކަމަކީ ދިވެހި ރައްޔިތުންގެފައިސާތަކެއް ދަވާލީ.

  2. ހެޔޮއެދޭ މީހާ

    ބަންގްލަދޭޝް މީހަކު ފަރުވާ ނުލިބިގެން މަރުވެގެން ދިޔައިރު އަތުގަ އެއްވެސް ފައިސާއެއް ނެތުމުން އޭނާގެ ރަހުމަތް ތެރިންގެ އެހީގަ އޭނާ އަނބުރާ ރަށަށް ފޮނުވޭނެގޮތް ހަދަންޖެހުނީ.. ކީއްވެބާ އެމީހާޔަށް ތިފަދަ އެހީ އެއް ނުލިބުނީ..އޭނާގެ އާއިލާވެސް ހަމަ ހަަށިގަނޑު ގެންދެވޭނެ ގޮތެއް ނެތިގެން އުޅޭނެ ދޯ..

  3. މަކަރު ވެރިޔާ

    ބަލަގަ ގެސްޓު ހައުސް ހެދިއަސްއަކަސް ނުވާނެ،ތަނަން އަންނަ ޓޫރިސްޓުންގެ ސަލާމަތާ ރަންކާތެރިކަން ކަށްވަރު ކޮންދޭންވާނެ.ފަތަންނޭގޭ ތޫރިސްޓުން މޫދަން އެރޭ އިރު ލަފްގާޑެންގެ ބެލުމުގެ ދަށުން މޫދަން އެރެވުމަކީ އެމީހުންގެ ސަލާމަތަން ގެސްޓުހައުސްތަކުން ވިސްނަންޖެހޭކަމެން، އަދިގެސްޓުންނަން ރަށުގެ މޫދަން އެރިހަދަން ވީދިމަ ދިމާ ބުނެ ނުދޭކަން ފާހަގަކުރެވޭ.މިސާލަކަން އޮއިދެމޭ ދިމަދިމަވެސް ހުންނާނެ.ވީމާ ޓުޜިސްޓުން މޫދަން އެރޭއިރު ލަފްޖެކެޓު އެޅުމަން ައޑްވައިސް ކުރަން ވާނެ. ގިނަ ޓޫރިސްޓުންނަކީ މިކަހަލަ މޫދުދަތަން އެރިއުޅުމުގެ ފުރުސަތުވެސް ނުލިބޭ ބައެން

  4. ނިކަމެތި ދިވެހި ރައްޔިތުމީހާ

    މިދެމަފިރިންގެ ހަށިގަނޑު ދިވެހި ސަރުކާރުގެ ހަރަދުގައި އެމީހުންގެ އާއިލާޔަށް ފޮނުވައިދިނުން އެއީ މިސަރުކާރުން މިގައުމުގެ ޓޫރިޒަމުގެ ހައްގުގައި ކުރި ވައަށް ރަގަނޅު ހޭދައެކެވެ.
    ސުކުރިއްޔާ.
    ދިވެހިރައްޔިތުން ބޭސްފަރުވާއަށާއި އެކިއެކި ބޭނުންތަކަށް އެކިއެކި ގައުމުތަކުގައި އުޅެނިކޮށް ނިޔާވެ އާއިލާއިން ރާއްޖެ ގެންނަންބޭނުންވެ އެހެންނަމަވެސް މާލީ ތަނަވަސްކަންނެތުމުން އެކަންނުވާ އާއިލާތަކަށް ސަރުކާރުގެ ހަރަދުގައި ހަރުދަނާ އުސޫލެއްގެ ދަށުން ރާއްޖެގެނެވޭނެ ނިޒާމެއް ގާއިމްކޮށް ދިނުމަށް އެދި ދިވެހި ސަރުކާރަށަ އިލްތިމާސްކުރަމެ.