ސިޔާސީ ޕާޓީ އުފެއްދުމާއި އެހެނިހެން ފުރުސަތުތައް ވެސް ގާނޫނުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިރޭ ޖޭޕީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާޙީމް ވިދާޅުވީ، މި ސަރުކާރުގައި ވެސް ޔާމީނާ މެދު ކަންކަން ކުރެވެން ޖެހޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށާއި ޔާމީނަށް އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށެވެ.

މިހާރު މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހީމްއަކީ އެކި ރައީސް ޔާމީންގެ ދައުރުގައި ޖަލު ހުކުމެއް އައުމުން ބޭސްފަރުވާ އަށް ކަމަށްބުނެ ޖަރުމަނު ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ޤާސިމް އަބުރާ ރާއްޖެ ވަޑައިގެންފައިވަނީ ޔާމީންގެ ވެރިކަން ވެއްޓުމާ ހަމައިންނެވެ.

މީގެ އިތުރުން މިރޭގެ ވާހަކަފުޅުގައި ޤާސިމް ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ކުރުން ހުއްޓުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ޤާނޫންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޙައްޤުތަކެއް ލިބިފައިވާ ކަމަށާއި އަދި އެޙައްޤުތައް ކޮންމެ މީހަކަށްވެސް ލިބިދޭން ޖެހޭ ކަމަށެވެ.

"ރަޖިސްޓަރީ ކުރަން ޕާޓީއެއް ހުށަހެޅީމާ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހިފަހައްޓުމަކީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. ގާނޫނުގެތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގުތައް ދޭން ޖެހޭނެ. ވަކި މީހެއްގެ ގައުމެއް ނޫން މި ގައުމަކީ،" ޤާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީންވަނީ ޕީއެންސީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައެވެ. ނަމަވެސް ޔާމީން މިހާރު ރައީސްކަން ކުރައްވާ ޕީޕީއެމްގެ ބޮޑު ދަރަންޏެއް އޮތުމާއިއެކު އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ގިނަ ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސާގަރު

    ދަރަނި ދައްކަންވީމަ ޔާމިން ޕާޓީއެއް. ޥެރިކަން ލިބުނީމަ މައުމޫނު ޕާޓީއެއް ޕީޕީއެމްއަކީ

  2. ކާސިމް

    އެއީތެދެއް އަބަދުވެސްގާސިންބެ ހުންނާނެ ވެރިކަން ހޯދައިދީފަ ވެރިކަން ވައްޓާލާނެ ގޮތްތައް ހޯދަދޭން
    ޔާމީނާ މައުމޫނާ ވާނެ ވެރިކަން ނުލިބޭ ކޮންމެ ފަހަރަކު ޕާޓީ ދަރަނިން ސަލާމަތްވެ އާނަމެއް ކިޔާފަ ޕާޓީ ހަދަން

  3. عبدالله سعيد (2005 އިން 2015އަށް އީސީގެ ލޯޔަރ)

    އެކަމަށް އެދޭ މީހަކަށް އެއީ ރައީސް ޔާމީން ކަމުގައިވިޔަސް އަދި އެނޫން އެހެން މީހެއް ކަމަށްވިޔަސް ޤާނޫނާއި ޤަވާޢިދު ތަންދޭނަމަ، ސިޔާސީ ޕާޓީއެއް އުފައްދައި ހިންގޭނެއެވެ. މިފަދަ ކަންކަމަށް އީސީގެ ފަރާތުން ޤާނޫނުގައިވާ ގޮތުގެމަތިން ސަޕޯޓްދީ އެއްބާރުލުން ދޭންޖެހޭނެއެވެ. އެހެންނަމަވެސް 2018 ރިޔާސީ އިންތިޚާބަށްފަހު، އީސީގެ މެންބަރުންނަކީ، އެތަނުގެ މެންޑޭޓަށް ވުރެ ބޮޑަށް މެންބަރުންގެ އަމިއްލަ މަޞްލަޙަތަށް ބަލައި ކަންކަން ކުރަމުންދާ ބައެއްކަން ފާހަގަކުރެވެއެވެ.

  4. ދަރަނި

    ދަރަނި އަދާކުރަން ފުރުސަތުދިފަބުނެދަރަނިދަށްކަން މިހާރު ން މިހާރަށްގޮވާލަން ޕި ޕި އެމައްލިބެންޖެހެފައިސާ ދިނުމަށް

  5. ޢަލީ ހަމީދު

    ވަރައްރަގަޅު ވާހަކައެއް..

  6. ނުރަބޯ

    ބަލަ އީސީ އަކީ ގާސިމު ހިންގާ ހޮޓަލެއް. ގާސިމު ބުނީމާ ހުއްދަދޭނެނު؟

  7. ކަލޯ އައްޕަ

    ޕާޓީ ހަދާ. އެކަމު ކުރީގެ ޕާޓިގެ ދަރަނި ދައްކާ. އަދި ގައުމުން ބަޑުއަޅާލި ލާރިގަޑު ދައްކާ. ގާސިމަކަސް ތިޔަވައްތަރަށް އުޅޭނެ ކަމެއްނެތް. މީގެ ކުރިން ގާސިމު ތިޔަ ހުރިހާ އެންމެންނަ އޮޅުލައޮޅުލާފަ ގަްތގަޑު ގަންނާމޭ ހިތުނުލާތި. އެކަންދެން ވިޔަކަ ނުދޭނަން. ގާސިމު ބޭނުންކަމެއްކުރާނަމޭ ހީކުރިޔަސް އެކަމެއްނުވާނެ. ދެން ބަޣާވާތްގެންނަން އުޅެފިނަމަ ހަވަރު ނުކުމެ އެބަޔަކަށް ހަމަދޭންޖެހޭ އެންމ ބޮޑު އަދަބު ދޭނަން

    • ނުރަބޯ

      ކަލޯއައްޕަ މެންގެ ރީނދޫ ފުރަތަމަ ސަރުކާރު 2008 ގައި ފެށިފަ 2012 ގައި ނިމުނުއިރު ދައުލަތުގެ މާލިއްޔާއިން 4.7 ބިލިއަން(މިލިއަނެއްނޫން) ދިރުވާލާފަ ވާކަމަށް ރަސްމީ ހިސާބުތަކުން ފެންނަން އެބައޮތް. ވީމާ އިހަށް އަނގަނާރުވާ އެބައި ދައްކަންވީނު؟

    • ތަކުރު

      ޢެއްކަމެއްވެސް ނުކުރެވޭނެ ކަލެއަކަށް.

  8. ހުސޭނުބޭ

    ޔާމީންދެކެ ތިހައި ލޯބިވަންޏާ 4 އަނބިން ބައިކޮށްފައި 2 އަނބިން ދޭންވީނު!

  9. މަރާ

    މޮޔަޔާ ޖަޅުގައި އޮތް ހަދާން ހާދައަވަހަކަށޭ ތި ހަދާންނެތުނީ