އައްޑޫ ސިޓީގައިމި ފަސް އަހަރު ނިމޭއިރު 60،000 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

ވިދާޅުވީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވި، އެ އެއާޕޯޓަށް ބޭރުގެ ގިނަ ފްލައިޓު ޖެއްސޭނެ ގޮތް ހޯދި އަދި އައްޑޫ ސިޓީގައި 5000 ގެސްޓުހައުސް އެނދު ބިނާކުރެވި، އުފެދޭ އިގްތިސާދާއި އަދި ވަޒީފާތަކުގެ ތެރެއިން އައްޑޫގައި 60،000 މީހުންނަށް ވުރެ ގިނަ މީހުން މި ފަސް އަހަރު ނިމޭއިރު ދިރިއުޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ނިމޭއިރު އައްޑޫ ސިޓީގައި އިރާދަކުރެއްވިއްޔާ 60،000 ވުރެ ގިނަ މީހުން ދިރިއުޅޭނެ" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ވަޒީފާގެ ފުރުސަތުތަށް މަދު ކަމަށާއި މިކަން ހައްލުވާނީ ގެސްޓް ހައުސް ވިޔަފާރި އެތަނަށް އައުމުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިކަންކަން އައްޑު ތަރައްޤީކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރަން ފެށުން ކަމަށެވެ މިގޮތުން ކައުންސިލްތަކަށް ތަރައްޤީޤެ މަޝްރޫޢުތައް ހިންގޭނެ ގޮތް ހަދައިދެން ޖެހޭ ކަމަށާއި ކައުންސިލްތައް އެކަމަށް ތައްޔާރު ކަމަށާއި މެދު ޝައްކު ނުކުރައްވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ބޭރުގެ ގައުމުތަކުންނާއި އެހެން މާލީ އިދާރާތަކުން ދެމުން އަންނަ ލޯނުގެ އެހީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހެންޖެހޭ ކަމަށާއި އެގޮތުން އައްޑޫ ބޭންކު އުފެދެންޖެހޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މާލީ އިދާރީ މިނިވަންކަމާއި އެކަންކަން ހިންގުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ހޯދައި ދޭންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް އަމިއްލަ ފުޅަށް އަރުވާލެވިގެން ހުންމަށްފަހު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތް އަތޮޅަކީ އައްޑޫކަން ފާހަގަކޮށްލެވެއެވެ. އެދަތުރުފުޅުގައި ރައީސް ނަޝީދުވަނީ އައްޑުއަށް އެމަނިކުފާނު ދަރާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. އަބްދުލާ

  އައްޑޫގެ އާބާދީ 60،000 އަށްވުރެ ގިނަވާނެ، އަމިއްލަ ބޭންކްއެއްވެސް ހަދަން ޖެހޭ - ނަޝީދު
  15 މިނެޓް ކުރިން ( ޖެނުއަރީ 16, 2019 )

  ވިދާޅުވީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވި، އެ

  އެއާޕޯޓަށް ބޭރުގެ ގިނަ ފްލައިޓު ޖެއްސޭނެ

  ހައްދުންމައްޗަށް ގެސްޓުން އަންނަންވީ ފްލައިޓުގައެއް ނޫން، ނާލު ބައްތެލީގަ - ނަޝީދު
  1 ދުވަސް ކުރިން ( ޖެނުއަރީ 14, 2019 )

  މީދޯ އިންސާފަކީ

 2. ޝިހޫ

  އައްޑޫއަކީ ދިވެހިރާއްޖޭގެ ބަޔެއް.. ބޭންކް އޮފް މޯލްޑިވްސް އަކީ ހަމަ އައްޑޫގެވެސް ބޭންކް. ވީމާ ކީއްވެތަ މިކިޔަނީ އަމިއްލަބޭންކެއް ބޭނުންވެޔޭ.. މީނާ މިއުޅެނީ ގައުމު ބައިބައި ކުރުވަންތަ..

 3. ޟަރާ

  މީނަ މި އުޅެނީ އައްޑޫ ވަކިކުރަންވެގެން. އައްޑޫގެ ރައީސް އަކައް ވާން.

  • އައްޑޫގެ ދުލުން

   މިއީ ހަމަ އައްޑޫ ރައްޔިތުން ބޭނުންވާ ގޮތް!!!

   • ސައްތާރު

    އައްޑޫގަ ތިބި ގަޅިން ބޭނުންވާގޮތް، އެކަމަކު އެފުރުސަތެއް ނުދޭނަން އަހަރަމެން!

 4. ޖިންނި

  މިހިރަ ހިމާރެއްތާ ދޯ ރާކަނިމަހާއި އެކު ސަރުބަތު ބޮވިފަ

 5. ދަންޑަހެލު

  ދެންކީއްވެހިންމަފުށްޓަށްގަތަރުކޮމްޕެނީއަކުންއެހީވެތަރައްގީކޮއްދޭންހެދީމައަދިކައުންސިލްވެސްއޯކޭދީފައިންދައަންނިސަރުކާރުގައެއަށްއަތްބާނާހޭވީއަދިއޭތިހުއްޓުވީއެހެންވީމައެނގޭތިއުޅެނީވަކިމަގުސަދެއްގަކަން

 6. ޙަތުމާ

  ޢިންޑިޔާ މީހުން ތޯ ގެންނަނީ

 7. ޙާމުދުރު

  އައްޑޫގަ ތިޔައްވުރެ އާބާދީ ގިނަވާނެ..މީހުން 25000..ކުކުޅުހާ 10000 ބަކަރި 20000 ދޮންދީނާ 15000 މީދާ ކުރަފި ހޯނު ރަކިސް ބޮޑު ނަގުލަންދާށި. ާވަގައިރާ ވަގައިރާ 25000.

 8. ޢަލީ ހަމީދު

  ހާދަހީވެޔޭ ވަކިވެރިކަމެއް ކުރާހިތުހެން މިޔޮއްގެން ދުވަނީ..

 9. ނުރަބޯ

  އަމިއްލަ ބެންކެއް އެކަންޏެއްނޫން. ކުރީގެ ސުވައިދީބް ވެރިކަންވެސް ގެންނަންވާނެ. ދެން އެގައުމުގެ ރައީސް ކަމުގައި ހުރެވޭތޯބަލާ. އައްޑޫމީހުންނަށް މާ މަގުބޫލު މީހެއްނު ތިޔައީ؟

 10. ސަޕްނާ

  ޢަސްލު އިންޑިޔާއަށް ދަރާފައި އޮތީ. ޢެހެންވެ އައްޑޫ ބިމުން ބޮޑުބައެއް އިންޑިޔާ މީހުންގެ ޓްރެއިނިން ސެންޓަރ އަޅަންދިނީ

 11. އައްޔަ

  ކެނެރީގޭ ބޯގޯސް މީނައަށް ވިއަޔާ އައްޑުގައި ވަކިސަރުކާރެއްވެސް ހަދާނެ އަދި އެސަރުކާރުގެ ވެރިއަކީ މީނަކަމަށްވެސް ކަނޑައަޅާނެ ..

 12. ޝަޒް

  އައްޑޫގަ ބޭންކެއްނެތީތަ..

 13. ކިޔުންތެރި

  މިހާރު އަންނި ކުރަން އެ އުޅެނީ އައްޑޫގަ ވަކި ދައުލަތެއް ހަދަން. ޢަންނި ކަލޭ ބޯ ބޮޑު އިނގޭ . ކަލެޭ ތި ކުރާ ހުރިހާ ކަމެއް އިނގޭ

 14. ރައްޔިތުމީހާ

  އައްޑުއަތޮޅުގައި ވަކި ސަރުކާރެއް ހެދުމުގެ ކުރީން މިކަލޭގެ މައިތިރި ކުރަންއުޅޭ! ނޫނީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ދިވެހި ދައުލަތަށް ލިބިދާނެ!

 15. ބެއްޔާ

  ވަކި ދިދައެއްވެސް. އަޅުކަންކުރާ ވަކިތަނެއްވެސް ފަހަރެއްގަ ގެރިވެސް ގެންނަށް ޖެހިދާނެ. ގައުމަކަށް ކިޔާނެ ނަމެއް ހޯދަން އިއުލާން ކުރުން އެކަނި ނުވެއޮތީ. ރައީސްވެސް ކަނޑައެޅިފަވީ. ބޮޑުވަޒީރު މިހާރުވެސް ކެމްޕޭނުގަ.

 16. ހަޖަމް

  ވޯޓް ލުން ކައިރިވެފަ އޮތީމަ އައްޑޫގެ ޕޮޕިއުލޭސަން ބޮޑުވީމަ އައްޑޫ ރައްޔަތުން ގުބޯ ހައްދަވަވަން ނަހައްދަވާ ތިކަމެއްނުކުރާނެ މިއުޅެނީ ބޭންކެއް ނުހުޅުވިގެންތަ!

 17. ަީައީސަ

  ނަޝީދު ތިއުޅެނީ އަނެއްކާވެސް ބޮޑިއެއް ބޯން ވެގެން ކަންނޭގެ ،،،،!

 18. އަލީ

  އައްޑޫ ގަ ތިބި ބަސްހަރު މީހުންނަކީ ކަންކަމާމެދު ކިހާވަރަކައް ވިސްނާމީހުންކަން ރައީސް ނަޝީދު އަށް ވަރަށް ރަގަޅަ އެގިވަޑާއި ގަންނާވާތީ އެގޮތައް ވާހަކަފުޅުއެދައްކަވަނީ

 19. މޯދީ

  ވަރަށް ސާފުކޮށް ބުނަން. މީނަ ގެ އަލްޓިމޭޓް ގޯލަކީ އައްޑޫ އެއަރ ޕޯޓާއި އައްޑޫގެ ބިމުން ބޮޑު ބައެއް އިންޑިއާއަށް ދިނުން. މިކަން ކުރަން މީހުން ބޮލަށް ޗިޕް މި ޖަހަނީ. މީ އެބުނާ 60000 މީހުންގެ އާބާދީއެއް ގެންނަ ގޮތަކީ. ބަލަން ތިބޭ.

 20. ޖަންގަލް

  އައްޑޫ ކޮންމެ އަންހެނަކަށް ނަސީދު ދަރިޔަކު ދޭންފެނޭ،

  • ހުސޭނުބޭ

   ދަރިމައިކުރުވަންތަ؟

  • ޗިއްލޫ

   އޭނަގެ އަމަޔަށް ދަރިޔަކުދީފަ އޭގެފަހުން!

 21. ޢަލީ

  ތީ އެއްކަމެއް ވެސް ކުރެވޭނެ މީހެއްނޫން ހުސް އަގަތަޅާނީ މީހުން އެއްކޮށްގެން ތިޔާއީ މޮޔަސޮރު ވެރިކަމާގެން ހޭބލ ވަނީ

 22. އައްބެއްޔާ

  މިސޮރު ހަމައެއްނޫނޭ ކުދިންނޭ މީނަ މަޖިލީހަށް ނުވައްދާތި ނަމަނަމަ

 23. ހުސޭނުބޭ

  އަނެއްކާ މީނަދޯ 60000 ހަމަވަންދެން ހޭބޯނާރާ ދަރިމައިވެ ވިހަނީ! އެހެންވެދޯ އެހައި ޔަޤީންކަމާއެކު އާބާދީ އިތުކުރަން އެ ނިންމީ!

 24. ލަބީބު

  ރައީސް ޔަމީންގެ 2018 ގގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ ބޮޑު 5 ވަޢުދުގެތެރެއިން
  1. 3000 މަތީގެ އާބާދީއެއްއޮތް ކޮންމެ ރަށެއްގައި ބޭންކްގެބްރާންޗެއް ޤާއިމުކުރުމާއި 1500 އާބާދީއެއްނަމަ އޭޓީއެމް އެއް ޤާއިމުކުރުން.
  2. ގއ ގަދ ގައި 10000 ޓޫރިސްޓް އެނދު ޤާއިމުކުރެވޭވަރަށް ރެސޯޓް ތަރައްޤީކުރުން
  3. މާލެ ވިލިގިލި ބްރިޖަކުން ގުޅާލާ ގުޅިފަޅާ ބްރިޖް ކޯޒްވޭއަކުންގުޅާލާ 400 ހެކްތަރުގެ ބިނތައްހިއްކާ 18 އަހަރުންމަތީގެ ކޮންމެ ރައްޔިތަކަށް 2،3،4،1 ކޮޓްރީގެ ފްލެޓެއް ހދައި ހެޔޮއަގުގައި ވިއްކުން
  4. އެއް އެޔަރޕޯޓުން އަނެއް އެޔަރޕޯޓަށް 30 މިނެޓުން މަތިންދާބޯޓުގައި ދެވޭވަރަށް ގާތްގާތުގައި އެޔަރޕޯޓްތައް ހެދުން
  5. އިސްރަށްވެހިންނަށް ދޭ އުޖޫރަ 7000 ރުފިޔާއަށް އިތުރުކޮށް 75 އަހަރުން މުސްކުޅިކުރާގޮތަށް ސިވިލްސަވަންޓުންނަށް ފުރުޞަތުދީ އިތުރު އުޖޫރަ ދިނުން.
  ދިވެހިންގެ ނަޞީބު ބަދު ނަޞީބަކަށް ބަދަލުކޮށްލީ ދިވެހިންގެ އަތުން. މިއަދު ދެން ކުރާނޭކަމެއްނެތް!

 25. އަދި

  އައްޑޫ މީހުންނަށް ވާ ވައުދުތަކުގެ ތެރެއަށް ލާދީބަލަ މާލޭގަ ބޮޑު ކުއްޔަށް އެހެން މީހުންނަށް ގެދޮރު ދޫކޮށްގެން އުޅޭ އައްޑޫ މީހުންވެސް އަނބުރާ ރަށަށް ދާންޖެހޭނެކަމަށް. ކެރޭނެތަ؟ މިހާރު ނަންވަނީ މާލެ މީހުން ބޮޑު ކުލި ނަގާ ކަމަށް.