ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ނަގާފައި ނިސްބަތުން އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ފާރޫގު އުމަރުގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ހުކުރު ދުވަހަކީ ނިސްބަތުން އޭޝިއާގެ އެންމެ ބޮޑު ސިޔާސީ ހަރަކާތް ހިނގާ ދުވަސް ކަމަށާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ނަގާފައި ނިސްބަތުން އެންމެ ގިނަ ރައްޔިތުން ތިބި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކަމަށެވެ.
"ޗައިނާ ކޮމިއުނިސްޓް ޕާޓީއަށް ވަނުން މަޖުބޫރު، އެއީ ރަޖިސްޓަރީއެއް ނުވެވޭ އެ ޕާޓީއަށް ނުވަދެ. ނަން ވެސް ނުކިޔޭ އެ ޕާޓީއަށް ނުވަދެ" ނާޝީދު ވިދާޅުވިއެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވަންނަނީ މަޖުބޫރުކަމެއް ނެތި އަމިއްލައަށް ކަމަށެވެ.
"މިއަންނަ ހުކުރު ދުވަހު 86091 މީހުންނަށް ވޯޓު ހައްގުވާނެ, އެމީހުން 269 ފޮއްޓަށް ވޯޓުދޭނެ, އެ ވޯޓު ބަލަހައްޓަން 640 އޮފިޝަލުން ތިބޭނެ, އެ ވޯޓު ބަލަން 1192 އޮބްޒާވަރުން ތިބޭނެ، އަޅުގަނޑުމެން މި ޕްރައިމަރީން އަޅުގަނޑުމެން ހިންގާ ހަމަތަކަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް، ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އެޅޭ ވަރަށް ބޮޑު ބާރެއް" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ބައެއް ދާއިރާތަކުގައި 2000 އަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށެވެ.
"ބައެއް ދާއިރާތަކުގައި އެބަތިބި 2000 އަށްވުރެ ގިނަ މެންބަރުން. އެއީ މުޅި ދާއިރާ. އެހެންވީމާ އެމްޑީޕީގެ ޕްރައިމަރީ ނިމޭ އިރުގައި ހަގީގަތުގައި އިންތިހާބު އޮންނާނީ ނިމިފައި" ނަޝީދު ވިދާޅުވިއެވެ.
އެންމެ މެންބަރުން ގިނަ ޕާޓީ އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އަކީ އިންޑިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ބީޖޭޕީއެވެ. ބީޖޭޕީގައި 100 މިލިއަނަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވަނުމަކީ މަޖުބޫރު ކަމެއްކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެކެވެ. އެފަދަ މަޖުބޫރު ކަމެއް އޮންނަކަމަށް އެއްވެސް ލިޔުމެއްގައި ވެސް އަދި ބައިނަލްއަޤުވާމީ ނޫހެއްގެ ޚަބަރެއްގައި ވެސް ނެތެވެ.
ނަޝީދު ގެންނަވަނީ އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވާ ގިނަ ކެންޑިޑޭޓުންގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.
ބޮނޑު ސޭކު
ނޫނޭ، ނަޝީދު ބުނެފިތަ، އެވާނީ ހަމަތެދަކަށް. އީސީން ރަޖިސްޓްރީ ބަލަހައްޓާ ގޮތުގަ މައްސަލަ އެހުރީ. އީސީން ހަދަންޖެހޭނެ ގޮތަކީ، އެޕާޓީގެ ރަޖިސްޓްރީގައި އޮތް ކޮންމެ ނަމެއްގެ ކައިރީ، ގުނަކުރަން 5000000 (ފަސްމިލިއަން) ޖަހާލީމަ އެނިމުނީ. އެއޮތީ ގިނަވެފަނު ދޯ ހިތްތަކުގެ ރައީސް، ޑެންމާކުގައި އިސްލާމް ދީނަށް މަލާމާތްކުރި ރައީސް؟
އެއްމެޙަޔާއްކުޑަ މީހުން ނަގާފަ އެއްމެ ޙަޔާއްކުޑަވާނީ މޑޕ މީހުން
ވަޓިކަންސިޓީގެ އޮންނަ ޕާޓީގެ މެންބަރުންނައްވުރެ އެންމެތަންކޮޅެއްވެސް މަދެއްނުވާނެ
މީނަ ވެސް ހިސާބުޖަހަން ދަސްކުރީ އަދުރޭ އާއި އެއް ކްލާހެއްގައި ކަމައްވަނީ.. މިކހަލަ ބުރާނތިން މި ތިބެނީ ޕާރޓީ ތަކުގައި ގިނައިން
އިސްރާހެލްގެ ޔަހޫދީން ނަގާފަ ދީނަށް އެންމެ ހަރާންކޯރުވާނީ އެމް ޑީ ޕީ އާލާތުން
ކިތައްމެ.މެމްބަރުން ގިނަޔަސް ގާސިމްގެ އެހީއާ ނުލާ ވެރިކަމަށް އާދެވިފަ އެއް ނެތެއްނު ދެން މެމްބަރުން ގިނަވުމުން ކުރާ ފައިދާއަކީ ކޮބާ އިލެކްޝަނުން ގިނަ ލާރި ލިބުން ދޮތަ
ދުނިޔޭގަ އިޒުރެލުމީހުން ނަގަފަ އެންމެހަޔާތް ކުޑަމީހުން ތިބޭނީ އެންޑީޕީގަ އަދި އެންމހަޔާތް ކުޑަރައީށްކަން ކުރިމީހަކްވާނީވެސް ކަލޭ
ހެއްހެއް މިހިރަ ޖޯކަރެއްދޯ!
ކަލޯ ހަމަތަ؟
ބީޖޭޕީ ވެސް ވައްޓާލީތާ؟
މިހާރު މިއޮތީ އެންމެ ގިނަ ދޮގުހަދާ މީހާ އެއީ އެންމެން ލޯބި ވާ އެންމެ މަޝްހޫރު މީހާ .. އޭނާ ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް ގަބޫލު ކުރާމީހުން އޭނާ ފަހަތުގައި އެއުޅޭނީ ... ތެދުވެރިން ދޮގުވެރިންނަށް ވެއްޖެ . ވަގުން މަޝްހޫރު މީހުންނަށް ވެއްޖެ . ހެޔޮލަފާމީހުން އަގެއް ނެތް މީހުނަށް ވެއްޖެ. މަކަރު ވެރިނަ އިހުލާސް ތެރިނަށް ވެއްޖެ. ޑްރަގް އެތެރެ ކުރާ މީހުން އިއްޒަތްތެރިންނަށް ވެއްޖެ. އިލްމް ވެރިން އަގެއް ނެތް ބަޔަކަށް ވެއްޖެ.
ތީކިހިނަކުންވާނެ ކަމެއް. މިގައުމަކީ އޭޝިޔާގެ އެންމެ މީހުންމަދު ގައުމު. ޗައިނާއަކީ ދުނެޔެއިން އެންމެ މީހުންގިނަ ގައުމު. ހަމަޖެހޭ ވާހަކަ ދައްކަބަލަ
މީނަ ހަމަޖެހޭ ވާހަކަ ދައްކަން ނުޖެހޭތީ ނުދައްކަނީ. މޮޔަގޮވިޔަސް މިގައުމުގަތިބި އޭނަގެ އަޅުން ގަބޫލުކުރާނެކަން އޭނަދަނޭ.
އެބުނީ ނިސްބަތުންނޭ.އޭގެ މާނަ އަކީ ޕަސަންޓޭޖް (%). ފުރަތަމަ ވިސްނާފަ އެއްޗެހި ކިޔާބަލަ.
2008 އިން 2012 އަށް ރައީސް އޮފީހުައި ހުރި ޒުހޭރުތަ؟ އެމީހާގެ އަނގައިން ބޭރުވާ ކޮންމެ އެއްޗަކީ ޒުހޭރު ތަރުޖަމާ ދޭންޖެހޭ އެއްޗަކަށް އޭރުއޮތީވެފަ.
ގުނބޯ ހެއްދިޔަސް މިވަރު ބޮޑުދޯ ؟ ހަމަ ގުނބޯ ހެދޭނެބާ !
އެންމެ ޑިމޮކްރެޓިކްވެގެން، އެމް.ޑީ.ޕީން އެންމެ ފަހުން ބޭއްވި ރިޔާސީ ކެނޑިޑޭޓަކު ހޮވާ ޕްރައިމަރީގައި އެކަނި ބައިވެރިވެ، ވޯޓު ފޯށިވެސް އަމިއްލަ ގޭގަ ބެހެއްޓީ.
ހެޔޮނުވާނެ ދޯ ކަނޑައެޅިގެން ދޮގުހަދާކަށް.. އިނގޭތީ މި ބުނަނީ އަޅުގަނޑުގެ ރަށުންވެސް 10 މީހުން އޮތީ ޕްރައިމަރީއަށް އެމް،ޑީ،ޕީ،އަށް ވައްދާފައި ، އެނގުމަކާނުލާ ކީއްކުރާނީދޯ ، ރޯބުހުތާންދޮގު ހައްދަވަނީ.. ދެން އުޅެނީ ވަޒީފާގެ ބިރަށް . މަދުބަޔަކު ބޭނުންވެގެން ހިތާރޫހުން ވަންނަނީ ، އެވެސް އަތާބަތާ ކާގެން ރަހަ ލިބިފައިވާ ނުވަތަ ލިބޭ މީހުން..
އެއްމެ މެންބަރުން ގިނަ ޕާޓީގެ ރައީސަކަށް ހުރެ ގައުމުގެ ރައީސްކަން ލިބުނީމާ ދިވެހިރާއްޖެ އަށާ، ދިވެހިރައްޔިތުންނަށާ، މާތްވެގެންވާ އިސްލާމްދީނަށް އެއްވެސް ކަމެއްނުކޮށްދެވުނު ވެރިއަކީވެސް ނަޝީދު.
ނަޝީދަކީ އެއްގޮތަކަށްވެސް ބޯހަމަޖެހޭ މީހެއްނޫން މިހާރު. ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަ ދެއްކުން ގިނަވެފައިހުރި މީހެއް އެއީ.
މެންބަރުން ގިނަޔަސް ގާސިމްގެ ފަސްބައިގައި އެލިގަނެގެން ދޯ ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަނީ، ލަދުކުޑަކަމަކީ ވެސް ފަރުވާ އެއް ނެތް ބައްޔެއް ،
ހިސާބު ހެދުމުގައި ނަންވާނީ، އަދުރޭ. ލޮލް
ދެން ގިނަ ވާނީ ރާބޯ ޕާޓީ
ވޯޓް ލިސްޓްގަ އޮތީ ހުސްދޮގު. ދުވަހަކު ފޯމް ނުފުރާ މީހުންވެސް އެބަތިބި
ޜާއްޖޭގެ ހަތުރު.
ވޯޓު ކަރުދާސް ކޮޅު ވައްޓާލަންޖެހެނީ ކޮންކްރޯޓް މެށިނަކަށްބާ؟
ތިއައީ ދެން މާ އުފާވާންޖެހޭ ކަމެއް ނޫންކަމަށް ތާރީޚު ދައްކަނީ. އެމްޑީޕީ ވެރިކަމުން ވެއްޓުމުން އަދި ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު އަޑިއަށް ދިއަ ވަރުން ދައްކައިދެނީ ގިނައީ ދެންވެސް ކަމެއް ވާއިރަށް ޕާޓީ ދޫކޮށްފަ ދާންތިބި މީހުން ގިނަކަން. ބާރު އޮތް އިރު ކައިރީގަ ތިއްބަސް ބާރު ނެތުމުން ކައިރީގަ ނެތޭނެ ބަޔަކު އެއްކޮށްގެން މިހާރު އުފާކޮށްލާ.
ނިސްބަތުން އެންމެ ހަރާންކޯރުވާ މީހުން ވެސް އުޅެނީ މޑޕ ގަ