ބ.އަތޮޅު އޭދަފުށީ ގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތެއް ތެރެއަށް ވަދެއްޖެ އެވެ.

މިއެކްސިޑެންޓް ހިނގީ މިއަދު ހެނދުނު އެވެ.

ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މިސްކިތެއްގެ ފާރުގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާކަން ފުލުހުން ވެސް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިސްކިތުގެ ގޯތީ ފާރުގައި ކާރުން ޖެހުމުން ފާރުގެ ބައެއް ވަނީ ވެއްޓިފައެވެ. އަދި ކާރަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެކްސިޑެންޓްވި އިރު ކާރު ދުއްވަން އިނީ ވަގުތީ ލައިސެންސެއް އޮތް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު އައްޑޫ ހިތަދޫގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އައްޑޫ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ތެރެއަށް ވެސް ވަދެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އޮޅުންއަރާމީހާ

    ކާރެއް ބޭންކަކަށް.. ޕިކަޕެއް މަގުގެ ޑިވައިޑަރަށް.. ކާރެއް ޕިކަޕަކަށް..... ވިސްނަވާ މަދުދުވަސްކޮޅެއްގެ ތެރޭގައި އެތިކޮޅުބޯލުމުގެ މިނިވަންކަން ލިބުނީކަންނޭގެ! ކުރިއަށް ހުރި މިނިވަން ކަންކަން ހިތަށްގެނެވުނީމަ ބިރުގަނޭ

  2. ހުސޭނުބޭ

    ތިހައި ބޮޑު ރަށެއްގައި ކާރު ދުއްވޭނީ ހައިވޭގައި ދުއްވާ ސްޕީޑްގައި! ވީމާ ހައިވޭން ކަހައިލައިގެން ތިކަހަލަ އެކްސިޑެންޓް ހިމގުމަކީ ހަމަ ވެދާނެކަމެއް!

  3. އަހައްމާ

    މުޅި ގައުމު ސާލިހް ކަމުގައި!!!!!!!!

  4. އައްޑޫލައިވް

    މިފެ ފެންނަނީ ގާނޫނު ފުނޑާލި މީހުން ވެރިކަމަށް އައިމާ ވާނެ ގޮތް. އެއްވެސް މީހަކު ގާނޫނަކަށް ބޯ ނުލަނބާ

  5. ސީގަލް

    ނަމާދުނުކޮށް ކާރުދުއްވީދޯ.

  6. ސްކޯރޕިއަން

    ތިވާނީ އިމާމު ތަންކޮޅެއް އަވަސްކޮށްލައިގެން މިސްކިތަށް ސްޓަންޓެއް ޖަހާލީ ކަމަށް

  7. ކާރު

    އަހަރެން ވެސް ބޭނުން ވަނީ ނަމާދު ކުރަން

  8. ލައި

    ކޮން ސާލިހެއް ، ޖަޒީރާއެއް ކިޔާކަށް. ތި ހުރިހާ ކަމެއް ތިވީ ޔާމީނު ގަޓްކަމުންނޭ ކިޔާފަ "އެއްލަކިން" އެއްޗެއް މީއްޗެއް ނުބަލާ ލައިސަންސް ދިނުމުން. ތި ލައިސެންސެއް ދިން ފަހުން އެކްސިޑެންޓް ގިނަވެއްޖެ. ސާލިހޯ، އަޅެ މީހަކު ފަހެ ހިނި ނާދޭތަ

  9. އީން

    ޖަޒީރާއްޖެވީމަ އެހެންވެސްވާނެދޯ