އަލަށް އިންތިޚާބު ކުރެވޭ މަޖިލީހަކީ މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ މަޖިލީހަކަށް ވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ފާރޫގު އުމަރުގެ ކެމްޕެއިން ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑަ އަޅައި އަދި މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ މަޖިލީހަކަށް ކަމަށެވެ.

"ދިވެއްސެއް ކަމުގައި ވިޔަސް އަދި ބިދޭސީއެއްކަމުގައި ވިޔަސް އެ މީހުންނަށް ދޭނެ އުޖޫރަ އެއްވަރު ކުރެވެންޖެހޭނެ ކެއުމާއި ބުޔުމާއި ނިދުމާއި މިފަދަ ކަންތައްތައް ހުންނަންޖެހޭނީ އެންމެންނަށްވެސް އެއްގޮތަކަށް " ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީން ލައްވާ މަސައްކަތް ކުރުވަނީ ދިވެހިން ނުލިބިގެން ނޫންކަމަށް ވިދާޅުވެ ނަޝޯދު ވިދާޅުވީ ދިވެހިން ކުރާ މަސައްކަތްތަކަށް ބިދޭސީން ގެނެސް އެމީހުންނާއި ދޭތޭރެ ވަރަށް އިހާނެތިކޮށް ބައެއް ފަރާތްތަކުން ކަންތައް ކުރަމުން ދާކަމަށެވެ.

" މި ގޮތަށް ކަންތައް ކުރުމުން ހަމައެކަނި ނުކުންނަނީ އިންސާނީ ހައްގުތަކުގެ މައްސަލަ ނޫން, އެކަމުން ނުކުންނަ އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަށް ވަޒީފާ ނުލިބުން " ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ތަރަށްގީވެފައިވާ އެހެނިހެން ގައުމު ތަކުގައިވެސް ވަޒީފާއެއް އެހެން މީހަކަށް ދެވެނީ އެ ގައުމުގައި އެކަމެއްގެ އިލްމު ނުވަތަ ހުނަރު ހުރި ބަޔަކު ނެތް ހިނދެއްގައި ކަމަށެވެ.

" ފުރަތަމަ ބަލަންޖެހެނީ ގައުމުން އެކަން ކުރާނެ ބަޔަކު ތިބިތޯ. ރާއްޖޭގައި ކަންކަން ހިނގަމުން ދަނީ އެއާ ތަފާތުކޮށްކަން" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބުޅާކެނެރީ

    2008،2013 ގަ ގޮވި ގޮވެލި ފަތި ގޮވަނީ. މިހާރު ހީވާން ފަށައިފި ތަކެތީގެ ފާއިތުވެ ދިޔަ 5 އަހަރު ހިފެހެއްޓިފަ ހުރި ހުރުން ނިމުނީހެން. ދުވަސް މިދިޔައީ. ގައުމެއް ވާ ނެތް

  2. ކައްދާދި

    ޑޮލަރުގެ އަގު ތިރި ނުކުރެވުނު މީހަކަށް ކާބޯތަކެތީގެ އަގު ތިރިކުރެވޭނެތަ؟

  3. ލަބީބު

    އެހެންތަ! މެޖޯރިޓީހޯދާނަމޭހިތައި ދިވެހިން ގޯނިފުލަށް ނުލުމަށް ގޮވައިލަމެވެ. އިންޝާއަﷲ ގިނަވެގެން 20 ގޮނޑި!

  4. މަލީ

    ޝުކުރިއްޔާ ރައީސް ނަޝީދު

  5. ނުރަބޯ

    ކަލޭގެސަރުކާރުގަ ޑޮލަރުގެ އަގު ބޮޑުކޮށްގެން ތަކެތީގެ އަގު އުފުލުނީ. ކޮންހާ އަނގައެއް އަރުވާކަށް.

  6. ޟަޖިލިސް

    މަޖިލިސްތަ މީއަގު ކަނޑައަޅާތަން މޮޔަބެ

  7. އަލީ އަހުމަދު

    ތި ބުނަނީ މި ސަރުކާ އޮތީ އެކަމަށް ނުކުޅެދިފައެތަ؟

  8. ާއަހުމަދު

    ޢިގިރޭސިވިލާތުން މީހުންގެނެސް ވަޒީދިނީ ދިވެހިން ނެތިގެންދޯ

  9. އަލީ

    ކޮންމެ ވައްތަރެއް ޖެއްސިއަސް މިފަހަރު ނޮހޮވޭނެ ރައްޔިތުންނަށް އިގޭ ތީކާކުކަން އެކިއެކި ވާހަކަ ދައްކަނީ ކޮންބޭނުމެއްގައިކަން ބޮޑުވަޒީރަކަށް ވާންވެގެން ކަލޭގެ ހެއްލުންތެރި ވާހަކަ އަޑުއަހާ މީހަކު މިހާރު ރާއްޖޭގައި ނުއުޅޭ

  10. ޖަޒީރާ ރާއްޖެ

    އަހަރުމެން ނޫޅެމޭ އެއްވެސް އެއްޗެއްގެ އަގު ބޮޑުވެގެންނެއް. ހުރިހާ އެއްޗެއްވެސް ހުރީ އަތް ފޯރާ ފަށުގައޭ.

  11. Miadhu

    ވ ރަގަޅު ވާހަކައެއްދޯ ތަކެތީގެ އަގު ހެޔޮކުރާނެ 2 ރިސޯޓާއި ލެޕްޓޮޕަކުން ގައުމުހިންގި ރައީސަކަށް ނުވާނެކަމެއްނޯންނާނެ

  12. މޯދީ

    މިކަލޭގެ މިގޮވާ ގޮވިލިފަތި ގަބޫލު ކުރާނީ

    ދެބަންދިހާރުން. މީ ކޮންކަމެއް ކޮށްދެވޭނެ

    ކާކުކަން ވިސްނާމީހަކަށް އެނގޭނެ.

    ބަފާގެ ރިޒޯޓްތަށް . ދިވެހި މޭސްތިރި ފަދަ

    ބިންތަށް . އަދި ހިންގަން ހަވާލު ކުރި ދިވެހި

    މޭސްތިރި. ރައްޔިތުން ހަވާލު ކުރި ޤައުމުގެ

    ވެރިކަން . ހުރިހާ ކަމަކުން ފޭލް ވެފަިވާ

    މަގުމަތީގަ ދުވަން އުޅޭ ސޮރެއް.

  13. ޑިމޮކްރަސީ

    މިހާރު 19 ވަނަމަޖްލިިސް އިން ސަރުކާރު ހިންގާގޮތަށް ބަރުލަމާނީވެ ނިމުނީތަ. ޢަމިއްލަމަސައްކަތުން ހޯދާފައިސާއިން އަބިދަރިންގެ ޚަރަދު ނަޝިދައް ހަމަޖެއްސޭތޯ؟ އެކަން ނުކުރެވި އަމިއްލަޒިންމާތައް އަމިއްލަޔަށް ނޫފުއްލޭމީހަކަށް އެހެންމީހުންގެ ޒިންމާއެއް އުފުލޭނެތޯ؟ ރައީސްކަން ލިބުނީމަވެސް އެ ޒިންމާނުނެގި އިންޑިޔާއައް ރާއްޖެ އަޅުވެތިކޮށްލި މީހާނުތި.

  14. ހަމައަޖާބު

    ކޮން ދިވެއްސެއްތަ ބަންގްލަދޭޝް މީހުން އެތިބަ ކުރާ މަސައްކަތްކުރާނީ؟ ފިހާރައެއްގެ ސޭޓަކަށްވެސް ނުކެރޭ ދިވެއްސަކަށް ހުންނާކަށް މާ ދަށް ޖޮބަކަށްވާތީ.

  15. ހަސަން

    ބަލަ ފޮނި ނުކަނޑާ ހުރެބަލަ. ތިމީހުން ވެރިކަމުގަ އިންދި ފްލެޓްއޮށްތަކާއި ނަރުދަމާ އޮށްތަކާ އެނޫން އޮށްތަކުން ގަހެއްނުފަޅާކަން ހުރިހާއެންމެންނަށް އިނގޭ. ހުރިހާ އޮށްތަކެއް ފީވެގެން ދިޔައީ. ވީމާ މިހާރު ރައްޔިތުން ހައްދަން އުޅުނަސް ތިކަމެއް ނުވާނެ.

  16. ސްކޯރޕިއަން

    މަނިކުފާނަށް ދަންނަވާލަން ބޭނުންވޭ! މިހާރު މިއޮތް ސަރުކާރުގެ ބާރުވެރިކަން އޮތީ އެމްޑީޕީގެ އަތްމަތީގަ. މަނިކުފާނު ޤަބޫލުކުރާނީ ހުރިހާ ޑިިމޮކްރަޓިކް ހަމަތަކުން އެއްކިބާވެ ހުންނަވައިގެން ޕާޓީގެ ހުރިހާމީހަކީ މަނިކުފާނު ކަމަށް. އެހެންވީއިރު ތަކެތީގެ އަގު ތިރިކުރާކަށް މަނިކުފާނު އިންނަވާކަށް ނުޖެހޭ ވަކި މަޖިލީހެއް އަންނާންދެނެއް. މިހިދުން މިހަދަށްވެސް ޅިޔަނާ ބައްދަލުކުރައްވާ އެކަންތައް ނިންމަވަންވީ ބާރު އޮތީ މިހާރު އޮތް މަޖްލީހުގައި ވެސް މަނިކުފާނުގެ ޕާޓީއާއި ސޭޓުގެ ޕާޓީގެ މެޖޯރިޓީއާއެކު. ސޭޓު އެހުންނެވީ މަޖްލީހުގެ ރައީސަށް. ދެން ކީއްވެތޯ މިހެން ކަންތަށް ހުރިއިރުގައި ތިޔަހާ ތާކުން ތާކުނުޖެހޭ ވާހަކަ ތިދައްކަވަނީ؟ ވަރަށް ސލާމް

  17. ޖަމީލް

    މިކަލޭގެ ގައުމުން ބޭރު ކުރަން ވީ އޭރުން އެމްޑީޕީ އަށް ކުރިޔަށް އޮތް 5 އަހަރު ވެރިކަން ކުރެވޭނީ

  18. އަންތަރީސް

    ދެން އަންނަ މަޖުލީހަކުން ތަކެތީގެ އަގު ހެޔޮވެ 50 ލާރިޔަށް ޓީވީ އެއް ލިބޭނެ ބުއްޅަބޭ ހުރީ ހަމައިގަބާ؟ .