ރ.އަތޮޅު ރަސްމާދޫ ކައިރިން ހުއިފިލަނޑާ ނަގަން މޫދަށް ފީނި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ހުއިފިލަނޑާ ނަގަން ފީނީ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:25 ގައެވެ. އެމްއެންޑީއެފް އަށް އެހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ 10:30 ގައެވެ.

ގެއްލިގެން ހޯދަމުން ދަނީ ރ.އަތޮޅު ދުވާފަރު ފެހިހިޔާގެ އަބްދުﷲ އާދަމް އެވެ.

ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ދޯނީގެ ފަޅުވެރިން ފުލުހުން ރިޕޯޓް ކުރީ އޭނާ ފީނަން ފޭބިތާ ދެގަޑިއިރު ވީއިރުވެސް ޚަބަރެއް ނުވުމުން ކަމަށެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "އަންބަރާ" ނަމަކަށް ކިޔާ ދޯނިން ލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސިފައިން ފަށާފައިވާ ކަމަށެވެ.

ފުލުހުން ވެސް ގެންދަނީ އޭނާ ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ހުސްނު ސުޢޫދު ފޮނުވައި ވައިފުޅިއަޅައިގެން ތިތަން ތަޙްޤީޤުކުރަން!

  2. ޙަސަން 100

    ކޮއްކޯ އިއްޔެ މެންދުރު އޭނާ ފެނިއްޖެ