ޕީޕީއެމް އަށް ވަދެ ސިޔާސީ ހަރަކާތްތައް ނުފަށާ މަޑުކުރަނީ ޕީޕީއެމްގައި ފެކްޝަނެއް އުފެދިދާނެތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ސިޔާސީ މަސައްކަތްތަކާއި ބެހޭގޮތުން މިއަދު "ވަގުތު" އާއި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމް އަށް ވަންނަން ބޭނުންވި ނަމަވެސް ނުވަދެ ހުންނަވަނީ ޔާމީނާއި މައްސަލައެއް ޖެހެން ބޭނުން ނުވާތީ ކަމަށެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބައޮތް ޕީޕީއެމްއާމެދު. ސަބަބަކީ ޕީޕީއެމް އުފެއްދުމަށް އަޅުގަނޑު ވަރަށްބޮޑު ރޯލެއް ކުޅުނިން ގާތްގަޑަކަށް މައުމޫން ކުޅުނުހާ ބޮޑުރޯލެއް ކުޅެފައިވާނީ. ޔާމީނު ވެސް ވަރަށް ބޮޑު ރޯލެއް ކުޅުނު. އަޅުގަނޑުމެން ތިން މީހުން އެންމެބޮޑު ރޯލެއް ކުޅެފައި އޮންނާނީ ޕީޕީއެމް އުފެއްދުމަށް،" ޢުމަރު ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމް މަގުމަތިވާން ދޫކޮށްލާން ބޭނުން ނުވާކަމަށާއި އަދި ޕީޕީއެމް އަށް ގޮސް މައްސަލަތަކެއް ވެސް އުފައްދަން ބޭނުން ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޯޓުގައި އޮތް ޕީޕީއެމް މައްސަލަ ނިމި، މައުމޫނާއި ޕީޕީއެމް ހަވާލު ކުރަން ޙުކުމް ކުރި ނަމަވެސް އޭނާ ޕީޕީއެމްއަށް ނުދާނެ ކަމަށެވެ.

"އޭރުން ޕީޕީއެމް ވާނީ ސަރުކާރަށް ތާއިދުކުރާ ޕާޓީއަކަށް. އަޅުގަނޑު އަބަދުވެސް ހުންނާނީ މިސަރުކާރުގެ އޮޕޮޒިޝަންގައި. މައުމޫނަށް ޕީޕީއެމް ލިބުނަސް އަޅުގަނޑު ނުދާނަން." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހާރު ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފަށް ނުނިކުމެ އޭނާ މަޑުކުރައްވަނީ އެންމެ ތާއިދު ބޮޑު އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް ޔާމީން ކަމަށް ވާތީ ޔާމީން ކަންތައް ކުރައްވާ ގޮތެއް ބައްލަވަން ވެގެންނެވެ.

ނަމަވެސް ޔާމީން އިދިކޮޅު ލީޑަރެއްގެ މަސައްކަތްތައް ކުރައްވާތަން ނުފެންނާތީ ވަރަށް އަވަހަށް މަސައްކަތް ފައްޓަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ރައްޔިތުންގެ ޙައްޤުގައި ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން. އަޅުގަނޑު މަޑުންނެއް ނުހުންނާނަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން މިއުޅޭ ފަދަ މައްސަލަތަކުގައި. އަޅުގަނޑު އަޑުއުފުލާނަން." އުމަރު ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް މަޑުޖެހިފައި ވާތީ ގިނަ އާއްމު ރައްޔިތުން ގެންދަނީ އުމަރު ކޮބައިތޯ މީސް މީޑިއާގައި ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދިވެހިރާެއްޖެ ދެކެ ލޯބިވާ

    އަޅުގަނޑުގެ ހުވަފެނަކީ އުމަރާ ރައީސް ޔާމީން ގުޅިގެން މަސައްކަތްކުރާތަން ފެނުން. ރައީސް ޔާމީން އަދި 1 ދައުރުގަ ރައީސް ކަން ކޮއް އެދައުރުގަ އުމަރ ނައިބް ރައީސް ގޮތުގަ ހުރެފަ ދެން އަންނަ ދައުރެއްގަ އުމަރ ރައީސް ކަން ކުރުން އެންމެ މޮޅު ފޯމިއާ އަކީ. ގޮތުގަ ހިފަހައްޓަވާ ބަޔަކަށް އަދި މިފެންނަނީ އުމަރ އަދި ރައީސް ޔާމީން އެކަނި

    • މަޅީ

      ރަންގަޅު

    • ދޮންބެ

      ހުސް ފޭކު، ތިއީ ރައްޔިތުން ބަލައި ގަންނަ މީހެއް ނޫން..

    • ނައިބުތުއްތު

      ދިވެހިޤައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ދެކޮޅަށް ބަޔަކު ހިންގާ ކަންކަމާ ދެކޮޅަށް ނުކުންނާނެ. އެފަދަ މީހުންނަކީ ހަމައެކަނި ބުނާބަހަކުން ފުއްދާލާނެބައެއްނޫން. ކަންކަން ރަނގަޅު ކުރެވޭނީ ޤައުމުދެކެ ލޯބިވާ ތެދުވެރި އިޚްލާޞްތެރި ބަޔަކު ތިބެގެން. ނަމަވެސް އެފަދަ މީހުން ފެންނަލެއް މިހާރުމިވަނީ ވަރަށް މަދުވެފައި.

  2. ލަބީބު

    ޢުމަރުވަރެއްހަމަ ނެތް! އެއްގޮތެއްގައި ސާބިތުވެހުރި ، ބަހުގައި ޢިތުބާރުހުރި ހުރީ ދެމީހުން. އެކަކީ ޢުމަރު ، އަނެކަކީ ރައީސް ޔާމީން! ސާބަސް ދެކަލުންނަށް! އަޅުގަނޑުގެ އެދުމަކީ ތިޔަ ދެކަލުން ގުޅިގެން ނުކުންނަވާ މިހަރު މިއޮތް ހަތްބޯރާހި ، ވަގު ، ބަތާހަރާމީ ސަރުކަރު ފުށުންޖަހައިލުން. އަޅުގަނޑުމެން ތިޔާގެ ދެކަލުންނާއެކު ތިބޭނަށް އިންޝާއަﷲ!

  3. އިންޑ އައުޓް

    އިންޑިޔާ ސިފައިން ބޭރުކުރަން އައްޑޫ ރައްޔިތުން ނިކުންނާނެ. ކުނި ކޮށި ކައިރީ ހަދާތަނުގައި އިންޑިޔާ ބަޔަކު ތިބެގެން ނުވާނެ.
    އައްނި އައްޑޫމީހުން ބޮލަށް ޗިޕް ޖެހި އިރު ރައްޔިތުން ގޯތިނެތިގެން އެއުޅެނީ ނަމަވެސް އިންޑިޔާ ސަރުކާރަށް 3ކމ ގެ ބިމެއް ދީފައި އެބައޮތް. އަދި ކައިރީ މޫދު ކޮނެ ވެލިނަގައި އެތަން ހަލާކު ކުރޭ އެބަ

  4. Anonymous

    އަޅުގަނޑު މިހުރީ މަނިކުފާނުގެ އިންތިޒާރުގައި.. މި ޤައުމުގެ މޭގަނޑަކީ މަނިކުފާނު..

  5. ރަދުން

    ޔާމީނާ އުމަރު ނޫނީ ވަތަނީ މީހަކު މިގައުމަކުން ނުފެނެ. މުޅިންވެސް އުޅެނީ ސިޔާސީ ބަނޑުނުފުރިގެން އުޅޭމީހުން.

  6. މާވަޑި ފަލާހް

    އުމަރާ މަނިކުފާނުގެ ބާރުވެރިކަން 2012އިންފެށިގެން ސަރުކާރުތެރޭ އޮވޭނޫންތޯ، އަދި ޔާމީން ސަރުކާރުގެ ހޯމްމިނިސްޓަރަކީވެސް މަނިކުފާނުނޫންތޯ، އެއިރު އިންޑިޔާ ސިފައިން ރާއްޖޭގަ ނުތިބެނީތޯ؟ މިޔަދުތޯ އިންޑިޔާ ސިފައިން ރާއްޖެއައިސްގެންމިއުޅެނީ؟ ރައްޔިތުންމީ ގަމާރުންކަމައްތޯ މަނިކުފާނު ހީކުރަނީ؟މިހާރު ތީބާކީމީހެއް އެހެންވެގެން މޮޅެތި ގޭމްޖައްސައިގެން ރައްޔިތުންގެ ބޯކެވޭނެކަމަށް ހީނުކުރައްވާ.

  7. ތަރުފާލު

    މީނާގެ މިނިސްޓަރުކަމުގައި މިނިވަން ފަންސާހޭ ކިޔައިގެން ދެތިން ރަށުގެ ނަރުދަމާއެޅޭހާ ފައިސާއިން މާލޭގެ ދަނޑުގަ އަޅަން ދޫލައެއް ގަނެގެން ގެނައީ 5 މިނިޓު ބޭނުންކޮށްލަން. މިވަރު މީހެއް މީނައަކީ.

  8. ބެއްޔާ

    ބޭނުންވަނީ ހަމަ ޔާމީނާ އުމަރާ ދެބޭފުޅުން އެއްގަލަކަ އަރުއްވައިގެން ގައުމައްޓަކާ ގައުމުގެ ރައްޔިތުންގެ ލާބަޔާމަންފާޔަޓަކާވެސް ދެބޭފުޅުންގެ ދެމެދުގަ ދެބަސްނުވާނެ އިތުބާރަކާގެން އިދިކޮޅުދެލީ ޑަރުންނަކީތީ ތިޔައްވުރެ ސިޔާސީގޮތުން ވަރުގަދަ ދެލީޑާރެއް މިގައުމަކުނެތްވަކި މިގައުމު އަދަވަޅަކައް ވައްޓާ ނިލައްވަނީސް ހައްލެހޯދަންޖެހޭ.......

  9. Anonymous

    ޗބހނ
    ،:ޥ ، .ބ ޔބ ބތފ

  10. عبدالله

    އެއްވެސް ޤައުމެއްގައި އެއްވެސް އިތުބާރެއް ޔަޤީންކަމެއް ނެތް ވެރިކަމެއް ދެމިއެއް ނޯންނާނެއެވެ. ކޯލިޝަނެއް އޮތަސް ކޯލިޝަންގެ އިތުބާރު ނުހޯދުނެވެ. ރައްޔިތުންގެ ވޯޓްލިބުމުން ރައްޔިތުންގެ އިތުބާރު ބޭކާރުކޮށް ނަގާލުމަށް މަސައްކަތް ކުރަމުންދަނީ، ސީދާ ކޯލިޝަނުންނެވެ. ކޯލިޝަނުގެ މޫނު އަނބުރައި ނިތްއަރުވައި އަނގަހުޅުވައި ހަދަމުންދާއިރު، ކޯލިޝަނަށް ލިބެމުންދަނީ، އިޢާދަނުކުރެވޭނެ ގެއްލުންތަކާއި ބޮޑެތި ބަދުނަޞީބެވެ.

  11. ނަޑެއްލާ

    އުމަރާ އެއްކަލަ ބޮޑު ހަރުގަނޑުގެ ވާހަކަ އޮތީ އެވެރިން ބާއްވާފައި. ނާޒުކު ގޮތަކަށް ހިރި ލިއަސް އެހަރުގަނޑުގެ ފައިލް އެވެރިން ހުލުވާނެހެން ހީވަނީ. މިހެންކަމުން ބުއްދިވެރި ގޮތަކީ ރީތިގޮތުގައި އަނބި ދަރިންނާއި އެކު ދިރިއުލުން ކުރިއަށް ގެންދިއުން.

  12. މުހަންމާ

    އުމަރާ. ކަލޭ ދެން އެހެން ކަމަކާ އުޅުނިއްޔާ ރަނގަޅުވާނީ. މިރާއްޖޭގެ ސިޔާސީ ދާއިރާގައި އުމަރަކަށް ތާއީދެއް ނެތް. ދެއަނގައިން ވާހަކަ ދައްކާ ދެއުޅިއެއްނުވާ މީހެއްތީ. ވަރަށް ސަލާމް!!

  13. އަލްޖިބްރާ

    އުމަރާ ! ކަލެއަކީ ސިޔާސީ ޕާރޓީއެއްގަ މަސައްކަތް ކުރެވޭވަރަށްވުރެ ފެންވަރު ދަށް މީހެއް ! ކަލޭ ކޮންމެތަނަކަށް ވަނަސް އެތަނެއްގައި ފަނި އަޅުވާނެ ކަމީ ޔަޤީން ކަމެއް ! ކަލޭ ކޮމާންޑިންގ ސެންޓަރު ހަދައިގެން " ޚިޔާލީފޮލާ " ކައްކަން ހުރިއްޔާ މާރަގަޅުވާނެ ! އެހެން ކަމެއް ކަލެއަކަށް ނުކުރެވޭނެ !

  14. ކެރޭ އަބްދުﷲ

    އުމަރާ ރައީސް ޔާމީން ދެބޭފުޅުން ގުޅިގެން މިޤައުމްގެ ހަގުގާ ތެދުވުމައް ގޮވާލަން. މިޤައުމްގެ މިނިވަން ކަން ގެލިދާނެ. އިންޑިޔާ ސިފައިން މިރާއްޖޭގަ ވަނީ ގިނަކުރަން ފަސާފަ. އިންޑިޔާ ސިފައިނަން ވަނީ މިޤައުމްގެ އެންމެ ދެކުނުން ބިންވެސް ދޭންފަސާފަ. އިންޑިޔާގެ ބާރުގެ ދަސައް މިޤައުމް ހިގާދާނެ. މިޤައުމް ސަލާމަތުގެ އައްސޭރިއައް ގެން ދިޔުމައް ރައީސް ޔާމީން އައްށާ އުމަރައް ގޮވާލަން. އަވަހައް ތިދެބޭފުޅުން ނުކުނަވާ.