އަންނަ ހުކުރު ދުވަހު އެމްޑީޕީއިން ބާއްވާ އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި 86,091 މެންބަރުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކަމަށް މިއަދު ހާމަ ކޮށްފިއެވެ.

ދާދި ދެންމެއަކު އެމްޑީޕީ އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ޖުމްލަ އަދަދަކީ 86,091 މީހުން ކަމަށެވެ.

ޝިފާޒު ވިދާޅުވީ މާލޭގައި ވޯޓު ފޮށިތައް ބަހައްޓާނެ ބައެއް ތަންތަން މިހާރު ކަނޑައަޅާފައިވާއިރު، މުޅިން ފައިނަލް ލިސްޓު މިއަދުގެ ވަގުތެއްގައި އާންމުކުރާނެ ކަމަށެވެ.

" ހަމަ އެކަނި މާލޭގައި ވެސް ރަށްރަށުގެ މީހުން ހިމެނޭ ގޮތަށް 32،000 މީހުން ވޯޓު ލާނެ ,ޕްރައިމެރީގައި 279 ކެންޑިޑޭޓުން އެކި ދާއިރާތަކުގައި ވާދަކުރާ ކަމަށެވެ. އަދި މުޅި އިންތިހާބުގައި 270 ވޯޓު ފޮށި ބަހައްޓާނެ" ޝިފާޒު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ލިސްޓު , އިލެކްޝަން ކޮމިޝަނުން ވަނީ މި ޕާޓީގެ ފައިނަލް ދަފްތަރު ލިސްޓް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައި ނަމަވެސް އަދި މިއަދާ ހަމައަށް އައި އިރުވެސް ހާންމަ ނުކުރައްވާ " ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ޕްރައިމަރީގައި ވޯޓް ލުމަށް ރާއްޖެއިން ބޭރުގައި ވެސް ވޯޓް ފޮށިތަށް ބަހައްޓާނެ ކަމަށާއި މިއީ މިހާ ފުޅާކަން ބޮޑު ގޮތެއްގައި އެމްޑީޕީން ޕްރައިމަރީއެއް ބަހައްޓާ ފުރަތަމަ ފަހަރު ކަމަށެވެ.

"އިންޑިއާގެ ޓްރެވެންޓަރަމް , މެލޭޝިއާ , އަދި ލަންކާގައިވެސް އަޅުގަނޑުމެން ވޯޓް ފޮށިތަށް އެބަ ބަހައްޓަން މިއީ މިހާ ފުޅާކަން ބޮޑު ގޮތެއްގައި އެމްޑީޕީން ޕްރައިމަރީއެއް ބަހައްޓާ ފުރަތަމަ ފަހަރު " ޝިފާޒު ވިދާޅުވިއެވެ.

ޕްރައިމަރީގައި ކޮންމެ ވޯޓް ފޮއްޓަކާއި ހަވާލުވެ ހުންނަ ފަރާތް މިހާރު ހާންމަ ކުރަމުންދާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓުނާއި އެކު އެމްޑީޕީން މަޖިލިސް އިންތިހާބަށް ދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހު އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށް ކަމަށް އެޕާޓީން ބުންޏެވެ. އެމްޑީޕީއިން ޕްރައިމަރީ ބާއްވާނީ 77 ދާއިރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ހުސްދޮގު ކޮނަތާކު އެހާމީހުން ތީ އަހަރެމެންވެސް ދަންނަކުޅިއެއް!

  2. ލޮލް

    އިގެޔޭ ތި ހައްގު ލިބިގެން އުޅޭގޮތެއް...އަހަރުން ގޭގަ އުޅޭ ޕޮލިސް ސޮރުވެސް އެމްޑީޕީ ދަފުތަރުގަ ޖައްސާފާ އިނީ...ހެހެހެ