ހުއިފިލަނޑާ ނަގަން ފީނި މީހަކު ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުރަށެއްގައި އޭނާ ހުއްޓާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 12:06 ހާއިރު ރ.އަތޮޅު ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫގައި ހުއްޓާ އޭނާ ފެނިއްޖެ ކަމަށެވެ. ފުލުހުންގެ ލޯންޗެއްގައި އޭނަ ދުވާފަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދެއެވެ. ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރ.އަތޮޅު ދުވާފަރު ފެހިހިޔާގެ އަބްދުﷲ އާދަމް އެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.

ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ދޯނީގެ ފަޅުވެރިން ފުލުހުން ރިޕޯޓް ކުރީ އޭނާ ފީނަން ފޭބިތާ ދެގަޑިއިރު ވީއިރުވެސް ޚަބަރެއް ނުވުމުން ކަމަށެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "އަންބަރާ" ނަމަކަށް ކިޔާ ދޯނިން ލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ޑައިވަރުން ވަނީ އޭނާ ގެއްލުނު ސަރަހައްދަށް ފީނާފައި ކަމަށެވެ.

ފުލުހުންނާއި އާއްމުން ވެސް އޭނާ ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    الحمد لله، الله اكبر

  2. އިއްބެ

    ٱلْـحَـمْـدُ للهِ

  3. ށުމަން

    ފަޅު ރަށަށް އަރަން ޖެހުނު ސަބަބު ކޮބާ؟

  4. މި

    އަލްހަމްދު ލިﷲ

  5. ސަރީ

    ހިތާމަ ހުރި ދެރަ ކަމެށް މިކަމާ ސަރުކާރުން ވިސްނުން މުހިއްމު