ހުޅުމާލޭގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީ ހިންގާފައި ވަނީ މިއަދު މެންދުރު 12:15 ހާއިރުއެވެ. ޒަހަމްވި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްއިން ބުނެފައިވަނީ މިމާރާމާރީގައި ޒަޚަމްވި މީހާއަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިމާރީގައި ޒަޚަމްވެ ފަރުވާ ދެމުންދަނީ އައްޑޫއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ކުއްޖަކަށް ކަމަށް "ވަގުތު" އަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިމައްސައިގައި ފުލުހުން ބުނެފައިވަނީ ޒުވާނަކަށް ހަމަލާދިން މައްސަލައެއް މިއަދު 12:18 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި މިހާރު 2 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Miadhu

    2018 ޑިސެމްބަރ 1 އިންފެށި ދިވެހިނޫސްތަކުން އެއްމެގިއިން ކިޔަންލިބޭ ޚަބަރަކީ މީހަކުގެއްލިއްޖެ މީހަކު މަރުވެއްޖެ އެކުސި ޑެންޓެއް ހިގައިފި މިފަދަ ބިރުވެރި ޚަބަރުތަކެއް މިއީ ވޯޓުއޮޅުވާލައިގެން ނުހައްޤުން ލިބޮގަތް ވެރިކަމެއްގައި ފެނުން އެއްމެ އެކަށީގެންވާ ކަންކަން

  2. ޙެހެހެހެ

    ޥެލްކަމް ޓު ޖަޒީރާ ރާއްޖެ.