މިއަދު ހެނދުނު ލަނޑާ ނަގަން ފީނި މީހަކު ރ.އަތޮޅުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނުތާ އިރުކޮޅެއް ފަހުން ނ.މަނަދޫ ދެކުނު ފަރާތުން ލަނޑާ ނަގަން ފީނި މީހަކު ގެއްލިގެން ވަނީ ރިޕޯޓުކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މަނަދޫ ކައިރިން ލަނޑާ ނަގަން ފޭބި ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން ނޮދަން އޭރިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ނ.މިލަދޫ މުހައްމަދު ޝާމިން އެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި ލަނޑާ ނަގަން އުޅެނިކޮށް، ޝާމިން ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 12:14 ހާއިރުއެވެ. އަދި އެ މީހާ ލަނޑާ ނަގަން ގޮސްފައި ވަނީ "މަލަކް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ލަނޑާ ނަގަން ފީނި އިރު، ޝާމިން ލައިގެން ހުރި ކަޅު ކުލައިގެ ޖާޒީއެއްގެ އިތުރުން ފެއްސާ، ކަޅު އަދި ހުދު ކުލަ އެކުލެވޭ ޝޯޓެކެވެ. އަދި ޝާވިން ބޭނުން ކޮށްފައި ވަނީ ކަޅު ކުލައިގެ މާސްކަކާއި ހުދާ ކަޅު ކުލަ ހިމެނޭ ފިންސެއްގެ އިތުރުން ކަޅު ކުލައިގެން ކޮމްޕެންސޭޓަރެކެވެ.

ޝާމިން ގެއްލިގެ ހޯދަމުން ދަނިކޮށް، އޭނާ ވަނީ މިއަދު މެންދުރު ފަހު 1:43 ހާއިރު ފެނިފައެވެ. އެމްއެންޑީއެފްއިން ބުނެފައި ވަނީ އޭނާ ފެނިފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި އެރަށުގެ ޑިންގީއަކަށް ކަމަށެވެ. އަދި ފެނުނު އިރު، ޝާމިންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢާމިނަތު

  ސުބުހާނައްﷲ

 2. ހުސެޭނު 16 ގެނުއަރިީ

  އަލްހަމްދު ލިލަާހި

 3. އިންސާނާ

  އަޑިއަށް ދާއިރު މީހާ އޮތްކަން އަންގައިދޭ ހަމެއްފަދަ އާލާތެއް ބޭނުންކުރަން މަޖުބޫރުކުރަން ފެނޭ! ހިތާމަވެރި ޙާދިސާ އެއް ކުރިމަތިވެދާނެތީ ދުރާލާ ތައްޔާރުވުމަކީ އިންސާނުންނަށް އޮތްކަމެއް ނޫންތޯ؟

 4. އަލީ

  ފެނުނީ ކިހިނެތް ކަމެއް ނޭނގެ

 5. އ

  އަލްހަމްދު ލިﷲ

 6. އިބްރާ

  ތިކަން ހުއްޓުވާކަށް ނުވޭތަ.ދުވާފަރުގެ ގިނަ ޒުވާނުން ތިކަމުގަ ހަލާކުވެ ހިގައްޖެ