މިއަދު މެންދުރު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލިތާ އިރުކޮޅެއް ފަހުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ހަމަލާދީ އަނެކާވެސް ޒަހަމް ކޮށްލައިފިއެވެ.

ފުރަތަމަ ޒަހަމްކޮށްލީ ވެސް 17 އަހަރުގެ ކުއްޖެކެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. މިއަދު ކުރިންވެސް ހުޅުމާލޭގައި ވަނީ ގްރޫޕަކުން މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައިވެސް މީހަކަށް ވަޅިން ހަމަލާދީފައިވެއެވެ. ފުރަތަމަ ޒަޚްމްކޮށްލި މީހާގެ ހާލު ސީރިޔަސް ކަމަށާއި ދެވަނައަށް ހަމަލާދިން ފަރާތުގެ ހާލު ސީރިޔަސް ނޫން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ދެ މީހުންނަށްވެސް ފަރުވާ ދެމުންދާ އިރު، ފުލުހުން ބުނެފައި ވަނީ ވަޅި ޖެހުމުގެ ދެވަނަ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ 12:18 ހާއިރު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ދެންމެ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މނ

    ކިހާދެރަކަމެއް

  2. މުޙައްމާ

    ޖަޒީރާ ރާއްޖެ.

  3. ޙާމް

    ޢެމިހުން ފައިޓް ކޮށް ވަޅި ހަރަނީ އެމީހުންގެ މިހުންގެ ގަޔަށް،،، ލެޓް ދެމް އަމިއްލައަށް މަރުވެ ހުސްވަންދެން ބަހައްޓާ އޭރުން އެކުދިންގެ ޕޭރެންޓުންނަށް އެއްޗެއް ވިސްނޭނެ. މިޕޭރެންޓުންނަށް ހީވަނީ ދަރިން ވިހާފައި ދޫކޮށްލީމަ ނިމުނީ ކަމަށް ސަރުކަރުގެ މުއައްސަސާތަކުން އެކުދިން ބަލަން ޖެހޭނެ ކަމަށް

  4. ފާތުމަ

    މީ ކޮންފަދަކަލެއް.މަހުލޫފޫ މީ ވަކިމީހަކު

    ވެރިކަލުފައި ހުރީމަވާ ކަމެއްތަ؟

  5. ހަސަން

    ކޮބާ މިއުޅޭ އެމްޑީޕީގެ ބައިގަނޑާއި އެޗް.ރާރް.ސީ އާއި ޓްރާންސްޕޭރެންސީ. ދުވާލަކު އެތައް މާރާމާރީއެއް. އެކަމަކު މިއީ އެމްޑީޕީގެ ވެރިކަމެއްވީމަ މި ބައިގަނޑަށް އެއްޗެއް ބުނަން ނުކެރޭ. ޔާމީން ވެރިކަމުގަ ނަމަ ހުރީސް ކަންތައް. މިވަރުން ދަންޏާ މިމީހުންނަށް މަޖްލީހުގެ މެޖޯރިޓީ ލިބެއްޖެނަމަ ކިހާވަރެއް ކޮށްލާނެބާ.

  6. ރަޝީދު

    ތިވެސްވާނީ ޔާމިން ކަމަކަށް، އަދިވެސް ޔާމީނޯ ވެރިކަމުގަ ހުރީ

  7. އަލި

    ކޮންމެ ދުވަހަކު މީހަކަު އެބަގެއްލޭ ... ކޮންމެ ދުވަހަކު މީހަކު އެބަ ޒަހަމް ކޮށްލާ... ކޮންމެ ދުވަހަކު ޑްރަގް އެބަ އެބައެތެރެކުރޭ... ކޮންމެ ދުވަހަކު ގޮތްނޭގޭ މަރު......
    މިމައްސަލަ ތައް ބައްލަވާނީ ކޮންދުވަހަކުން ތޯ މިވަރަށް މާރީ މާރީ ހިނގާ އިރު ފުލުހުންގެ ކަންބޮޑުވުމެއް ބަހެއް ނެތް ކިހާ ދެރަކަމެއް

  8. ނަޝްވާ

    ޖަޒީރާވަންތަ ވެރިކަމުގައި ނުހިގާނޭކަމަށް ބުނެ ރައްޔިތުން ގަޅާފުލަށްލީ ހުރިހާކަމަކާ އިތުރު ޖަރީމާތައްވެސް ހިގަމުން މިދަނީ! ހެސްކިޔާފަ ކުރިޔަށްދިޔަ ޤަވްމު ބިނާކުރުމުގެ މަސައްކަތްތައްހުއްޓި ޤަވްމު ފަނާވުމަށް މިޞްރާބްޖަހާފައިވާއިރު ވަގުވެރިކަމަށް އެންމެ ދެމަސް ވާއިރު މިވަރުން ދަންޏާ މިއީ ބިރުހުރި ކަމެއް! ދިވެހިންގެ އުނިކަމާއެވެ!

  9. ޢާދަނު

    ޢިބްރާހިމް ސަރުކާރުގެ ބޭނުންކަމެތް ކޮށް ބޭނުންގޮތަކަށްއުޅެވޭނެ

  10. އަބްޖީ

    ހުޅުމާލޭގެ އަމާންކަން ޤާއިމް ކުރުމުގައި ދިވެހި ފުލުހުންވަނީ ނުކުޅެދިފަ، މީ ލައްކަ ވާހަކަ،

  11. ސަންތި

    ޔާމީންގެ ވެރިކަމުގަ މިކަހަލަކަންތަކެއް ނުވޭ. ޢަހަރުމެއްނަ ފެނުނީ ހެސްކިޔާފަ ޤައުމު ބިނާކުރަންކުރި މަސައްކަތް. މިހާރުމިއޮތީ ބަލާ ވެރިކަން އައިއްސަ. އެއްވެސް ކަމެއްވެސް ވާބައެއްނޫން. ޤައުމުގަ ތިބި ހުރިހާޒުވާނުން އެކިގޮތްގޮތައް މަރާހުސްކުރަނީ. ކޮބާ . މަހުލޫފު ކިހިނެއްބާ މިވަނީ. ސުއޫދު. ކިލެޔައް ކިތައްމަރުގެ ހަގީގަތް ހޯދިއްޖެ ބާ؟

  12. ހެންްޥޭޜު

    ޕަންކްސް ޑަޢިންގް

  13. ޭއެކްސް ޕްޜެސިޑެންޓް

    ތީ ޔާމީންގެ ކަމެއް

  14. ޟ

    މީހުން މަރަން ކިހާފަސޭހަ ވާނެ މަރުގެ އަދަބެއް ނުދޭނަމޭވިއްޔަ އެކިޔަނީ،،، މިޔޮތީވާ ގައުމެއް.... ވެރިމީހާ އެހުންނަނީވިއްޔަ އެއްކަމެއްވެސް ނޭނގޭކަމަށް ހަދައިގެން މާރިނގަޅު މީހަކަށް ހެދިގެން އެއްވެސް ކަމަކާ ބެހޭގުތުން އެއްޗެކޭވެސް ނުބުނެ

  15. ޝުކުރިއްޔާ ގައުމު

    މި ގައުމުގަ ވެރިއަކު އެބަހުރިތަ؟ ހުރިނަމަ ޚަބަރެއް ހިލަމެއްވެސް ވީހެއްނު. މާރާމާރީ އާއި ވައްކަމާއި ފޭރުމާއި ރޭޕް ކުރުން ދުވަހަކު ނުދާ ދަރަޖައަށް ގޮއްސަ ވިއްޔަ މިއޮތީ. ގޮތް ނޭނގޭ މަރުތައް ޖަލުގައާއި އެތަންމިތާ މިއޮތީ އާންމު ވެފަ. ގާނޫނެއް ގަވާއިދެއް ނުހިނގާ. ބޭނުން މީހަކު ފަތުރުވެރިން ގެނެސް ހިިތު ހުރި ގޮތަކަށް ރާއްޖޭގެ ފަޅުރަށްތައް އެއްވެސް އެނގުމަކާ އަގަކާ ނުލާ ބޭނުން ކޮށް ވައްކަން ކުރަނީ ބައި މީހުން ވީމަ ވަރިހަމަ. މިއޮތީ މުސީބާތެއް.

  16. ތުއިބެ

    އަންހެންކުއްޖަކު ފެންނައިރައް ތުއިދެއްކުން ޕޮލިހުންގެ ކަމަކީ އެކަން އެމީހުން ކުރޭ ބަލާއެއް