މި ސަރުކާރު ހިފެހެއްޓޭނީ އެންމެން ގުޅިގެން ކަަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު، މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައި ވަނީ، އެއްވެސް ބަޔަކު އަމިއްލަ އެދުން އިސް ނުކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެންމެން ވެސް ގުޅިގެން ޖަމާއަތުގެ ތެރޭގައި ތިބުމީ އެންމެނަށްވެސް އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށްވެސް ޝެއިހު ވިދާޅުވެފައިވެ އެވެ.

ޝެއިހު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޞޯލިޙް ސަރުކާރުގެ ކޯލިޝަންގައި ހިމެނި ވަޑައިގަންނަވާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.

ރޭ ޖޭޕީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ "ރާއްޖޭގެ މައްސަލައަކީ ފައިސާ ބަހާ މަހުޖަނު" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދުދެއްވާފައެވެ.

ގާސިމް ވިދާޅުވީ މަހުޖަނުން ހުރިހާ ކަމެއް ބޭނުން ވަނީ ކަމަށް މިހާރު އެބަވިދާޅުވާ ކަމަށެވެ. އެހެން ވިދާޅުވާއިރު ކަންތައްތައް ހަވާލު ކުރަންވީ އެއްވެސް ޒިންމާއެއް ނެތް މީހުންނާތޯ ގާސިމް ތަކުރާރުކޮށް ސުވާލު ކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ކަންކަން ކުރެއްވި ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ފަހަރު ކަމެއް ރަނގަޅަށް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާ ވަނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އެހެންވެ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭ ނަމަ ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވުން އެއީ ވަރަށް ހައިރާންވާ ވާހަކަފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަހާންގީރު

    ލާދީނި ސަރުކާރަކާއި ނުގުޅޭނަން އަދި '' އަޙްމަދު ޤާދިޔާނީ އަލް ކައްޒާބު ކަހަލަ މީހުނަކާއިވެސް ނުގުޅޭނަން ''

  2. ހުސޭނޫ

    ސިޔާސީ މީހުނަކީ ކުޑަކުދިން،އެމީހުން ބޮޑާ ހާކާނެ

  3. ޖާބިރާ

    ހިފަހައްޓަން ޖެހޭތަ ވައްޓާލާ

  4. އަހަންމަދު

    މި ސަރުކާރު ޒައިދުއައް ބަލަދު އަރާާހެން ހީވޭ..ޒައިދުމެން މޭގުޑަނީ ސަރުކާރުގެންނަން ދީން ވިއްކުނީމަ އުތަ. ބަލަ ތިޔަ ކޯޅޭޝަންގަ ތިބީ ހުސްހަތުރުން. ޒައިދު ކޮންމެގޮތަކައް ރަމަލުޖަހާފަ ބެލިޔަސް ފެންނާނީ މިކަން ނިމޭތަން..

  5. ކޮސް

    މިޝޭޚަށް އެނގޭކަމެއްވެސް ނޭނގޭ ކަމެއްވެސް ނެތީތަ؟

  6. ހަސަން

    މަނިކުފާނު ވިދާޅުނުވިޔަސް ތިކަން

    އެންމެނަށްވެސްއެގޭ

  7. عبدالله

    ޝައިޚް ސިޔާސީ ވާހަކަތަކަށް ރުޖޫޢަވީތޯއެވެ؟