ހުޅުމާލޭގައި މިއަދު ހިންގި ދެ މާރާމާރީއާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު ހުޅުމާލޭގައި ދެ މާރާމާރީއެއް ހިންގާފައިވާ އިރު، އެ ދެ މާރާމާރީގައިވެސް ޒަހަމްވެފައި ވަނީ ކުޑަ ދެ ކުދިންނެވެ. އެގޮތުން ފުރަތަމަ މާރާމާރީގައިވެސް އަނިޔާވެފައި ވަނީ ކުޑަ ކުއްޖަކަށެވެ. އެ ދެކުދިންނަށްވެސް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާރާމާރީގެ ފުރަތަމަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު މެންދުރު 12:15 ގައެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށްކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

ހުޅުމާލޭގައި ދެވަނައަށް ހިނގި މާރާމާރީގެ މައްސަލަ ހިނގާފައިވަނީ އޭގެ ކުޑަވަގުތުކޮޅެއް ފަހުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު 12:18 ގައެވެ.

މި ދެ މާރާމާރީގައި އަނިޔާވި މީހުންނަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮއިކަޓް ޢަލީ

    ގްރޫޕް ތަކުން ހުޅުމާލޭގައި މިހާރު ގިނައީ ގިނަ ގްރޫޕް ތަކުގެ މީހުނަށް ހުޅުމާލެއިން ފްލެޓް ހޯދައި ދީފަވާތީ

  2. ދޮންބެ

    ދެންއިވޭނީ ތިމީހުން. ދޫކޮށްލީ ހަބަރު ތިމީހުންމާބާރުގަދަވާނެ އަދިވެސް އެޗްޑީސީއައް ގަވައިދާހިލާފަށް ވަޒީފާތަކަށް ވައްދާފަ ތިބި މީހުން ހަމަ ހެވިލާފަ ވަޒީފާތަކުގަ އެތިބެނީ އަތުންފައިން އެތްވެސްކަމެތްނުކޮށް މުސާރަނަގާލަނަގާލާ ކުރެވޭނެ އެތްވެސް ކަމެތް ހަމަހަރާން މި ސަރުކާރަށް އެމީހުންނަށް ވަޒީފާތަށް ދީފަހުރީއިއުލާންކުރުމެތްނެތި އެތްގުރުއްޕުގެ 20 މީހުންނަށްވުރެންގިނަމީހުންންނަށް އެޗްޑީސީއިން ވަޒީފާ ދީފަ އެބަހުރި މި ކަންކަން ބަލަންޖެހޭނެ މީ ކިޔަވައިގެން ނިކުންނަކިތައްކުދިންގެވަޒީފާ ހުސްވެސް ޕާޓޭމެންވައްދާފަތިބީ

  3. ހުޅުމީހާ

    ތީ ޖަޒީރާ އަނދުނެއް ދޮޅަހަކަށް ގަޑިއިރުތެރޭ ދޯކޮށްލާނެ

  4. މާރާމާރީ

    "ބޮޑެތި ޚިޔާނާތްތައް" ހިންގާގޮތަށް، މާރާމާރީއެއް ހިންގުން އެއީ މާ ބޮޑު ކަމެއްކަމަކަށް ފެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް!!

  5. ވަރަށް ވާހަކަ

    ގައުމީ މާރާމާރީގެ ކޯޗު މަޖުލިހަށް ވަނީމަ އަދި ވަރަށް ފޯރި ހުންނާނެ.