އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ނައްތާލާފައިވަނީ، 2016ން 2018ށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2016ވަނަ އަހަރުގެ 29 މައްސަލައަކާއި 2017 ވަނަ އަހަރުގެ 131 މައްސަލައަކާއި 2018ވަނަ އަހަރުގެ މައްސަލައަކާއި އަދި އިތުރު 38 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ކަމަށެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 1425 ރަބަރު ޕެކެޓާއި، 388 ސެލޯފިންކޮޅާއި، 19 ބުލެޓާއި، ފިލްމް ހުސްކުރި 11 ދަޅާއި، 637 ބޭސްގުޅަ ހިމެނޭ ކަ މަށް ފުލުހުން ބުނެފައިވެއެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 8613.3125 ގްރާމެވެ.

މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަކީބު

    މާލޭން ލ.މާބައިދުވަށް ދަތުރުކުރާ ފެރީތަކުންތިޔަށްވުރެ ގިނަ މަސްތުވާތެކެތި އަތުލާގަނެވޭނެ މާބައިދުވަކީ މުޅި ލ.އަތޮޅަށް މަސްތުވާތަކެތި ޑިސްޓިބިއުޓުކުރާ މައިމރުކަޒް މާބައިދޫ އަތިރިމަތީގަ ހަދާފައި ހުރި ސްޓޭޖްމަތީ ތިބޭނެ އެކަުގެ ބޮޑެތި ޑީލަރުން24ގަޑިއރު އެތާތިބޭނެ އއމީހުން ޕޮލިހުން ގެޙްލާސްތެރިކަމެއް ހުރިއްޔާ މިކަން ބަލާބަލަ