ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް އެމްޑީޕީ ޕްރައިމަރީގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމާފައިވާ އެ ދާއިރާގެ މިހާރުވެސް މެންބަރު މުހައްމަދު މުސްތަފާ، އެމްޑީޕީ ޕްރައިމަރީގައި ވާއްދަ ކުރައްވަން ނިންމަވާފައިވާ އަންވަރު އިބްރާހިމްގެ މައްޗަށް ހުށައަޅުވާފައިވާ ޗެކުން ލިބެން ޖެހޭ ފައިސާ ހޯދުމުގެ މައްސަލައިގައި އޭނާއަށް ކޯޓަށް ކިޔައިފިއެވެ.

"ވަގުތު " އަށް އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުގެ އަމުރުގައި ވާގޮތުން މުސްތަފާ ސިވިލް ކޯޓަށް ހާޒިރު ވުމަށް އެދިފައިވަނީ މި މަހު 20 ވަނަ ދުވަހުއެވެ. އެ މައްސަލަ މުސްތަފާ ސިވިލް ކޯޓަށް ހުށައެޅީ މި މަހު ތިން ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުން ނެރުނު އަމުރު

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީގެ އާންމު މެންބަރަކު ޕާޓީއަށް ޝަކުވާ ހުށަހަޅާފައިވެސްވެއެވެ. ނަމަވެސް މުސްތަފާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް އެޕާޓީގެ ޝަކުވާ ކޮމެޓީ އިން ނިންމައިފައެވެ.

މުސްތަފާ އަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮތް ކަމަށް ޝަކުވާ ކޮމެޓީ އިން ނިންމި ނަމަވެސް އެނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދި ޝަކުވާ ހުށަހެޅި ފަރާތައް އޮންނާނެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް މުސްތަފާ އެމްޑީޕީ އަށް ސޮއި ކުރެއްވީ މިދިޔަ ޑިސެންބަރު މަހު ކުރީކޮޅުއެވެ. އޭނާ 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް މަޖިލިސް ޖަލްސާތައް ނުފަށަނީސް ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.

2009 ވަނަ އަހަރުން ފެށިގެން މުސްތަފާ މިހާތަނަށް ތިން ފަހަރަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮފުބާ

    ތެޅިގަތީ މުސްތޮފާ

  2. ޖިންނި

    އިންޑިއާގެ މަނަވަރު ހިފައިގެން ކީއްވެތަ އަންވަރު ކައިރިއަށް ނުދިއައީ !

  3. ޚަބަރު ދާރު

    ބޮންއަަޅާ ބޯޓްތައް ފޮނުވާ

  4. މީ

    ދިސް އިސް ސޯ ފަނީ. ލޮލް. މުސްތޮފާ އިސް ސޯ ޑެސްޕަރޭޓް

  5. އަހްމަދު

    ދެވަނަ ޖާބިރުދޯމީ މުސްތޮފާ ކިތައްމީހުންނައް ދައްކަންޖެހޭ ފައިސާ އެބަހުރިބާ