ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެއެވެ.

ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން އެ މައްސަލަ ނަގައި ބަލަން ފަށައިފައެވެ. އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ވަނީ ބާއްވާފައެވެ.

އަދި މައްސަލައިގެ ތެރެއަށް މައުމޫންގެ ފަރާތްޕުޅުން ތަދައްޚުލްވާންވެސް ވަނީ ނިންމާފައެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށަނީ މާދަމާ ހެނދުނެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ސްޕްރީމް ކޯޓުގައި ޕީޕީއެމްގެ މައްސަލަ އޮތް އިރު، މިހާރު އެޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޔާމީނާއި، އޭނާއަށް ތާއިދުކުރާ މެމްބަރުން ދަނީ އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވަނީ އިލެކްޝަންސްއިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނަގައި، ފޯމްވެސް ފުރިހަމަކޮށް ހުށަހަޅާފައެވެ.

ރައީސް ޔާމީން ބުނެފައި ވަނީ އާޕާޓީއެއްގެ މަސައްކަތް ކުރަމުންދަނީ ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސްވެިރިޔާ

    ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގައި ރ. މައުމޫން އުޅުއްވަނީ މާއްދިއްޔަތުގެ ދަހިވެތިކަމުގަ. އުމުރުފުޅުން 83 އަހަރުވީމަ ސިޔާސީ ކަންކަމުގައި ރިފޯމް ކުރެވޭނީ ދޭތެރެ ޖެއްސުމާއި، ނަފްރަތު އުފެދޭފަދަ ކަންކަން. ޗީފް ޖަސްޓިސް ޑރ. ދީދީ އާއި ދެން ތިއްބެވި ފަނޑިޔާރުންނަކީ ދުނިޔޭގެ ކަންކަތަކާއި ޑިމޮކްރެޓިކް އުސޫލުތައް ދެނެވަޑައިގަންނަވާ ބޭފުޅުން. ވަކި މައުމޫނަށްވީތީ ޕީޕީއެމްގެ ލަގަން ލިބެންޖެހޭތޯ. ޕާޓީ އޮތީ ނިދާފަ 2013 އިން 2016 އަށް. ޕީޕީއެމްއަކީ މެންބަރުންގެ ޕާޓީއެއް. ރައީސް އަކީ ރ. ޔާމިން. މިއީ ވަކި މީހެްގެ މިލްކެއްނޫން.

  2. ފަރުވާ

    ރާއްޖޭގަ 40 އަހަރުވަންދެން މިހުރިހާ ބައްޔެއް އުފެއްދި މީހާ މީގެ ފަރުވާވެސް ހޯދަދޭނެ. އޭނަ އެކަން ކޮއްދެންދެން މަޑުކޮއްލަން ޖެހޭނީ.