ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަދީފައިވާ ކުންފުނިތައް ފިޔަވާ އިތުރު ތަންތަނުން ހައުސިން ޔުނިޓުތައް ނުގަތުމަށް އެޗްޑީސީން ބުނެފިއެވެ.

އެ ކުންފުނިން ހުއްދަދީފައި ވަނީ 12 ކުންފުންޏަށެވެ.

އެޗްޑީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން "ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް"ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ތަރައްގީކޮށް ނިމުމުން، އެޗްޑީސީގެ ހުއްދަލިބިގެން ކަމަށެވެ.

އެގޮތުން ފްލެޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުންނެވެ.

އެހެންކަމުން، ކަނޑައެޅިފައިވާ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއި ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނެގުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އެޗްޑީސީއިން ބުނެފައި ވެއެވެ.

އެޗްޑީސީން ހުއްދަ ދިން 12 ކުންފުންޏަކީ

1. އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޑެޓް

2. ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް

3. ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް

4. އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޑެޓް

5. އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޑެޓް

6. ރެއިންބޯ ކޮންސްޓްރަކްޝަން ކޮމްޕެނީ

7. ރެއިންބޯ ސިންގަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޑެޓް

8. ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓް

9. ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޑެޓް

10. ގްލަޓް ޕްރައިވެޓް ލިމިޑެޓް

11. ރިނާޓަސް ޕްރައިވެޓް ލިމިޑެޓް

12. އިނޯކާ ޕްރައިވެޓް ލިމިޑެޓް

.އެގޮތުން އެޗްޑީސީން ހުއްދަ ދީފައިވާ 12 ކުންފުނި ފިޔަވާ އެހެން ބައެއްގެ އަތުން ހައުސިން ޔުނިޓް ގަތުމަށް ފައިސާގެ މުއާމަލާތްތައް ފެށުމުގެ ކުރިން އެޗްޑީސީގެ ސޭލްސް އެޕްރޫވަލް ދީފައިވާ ލިޔުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓަށް އެކޯޕަރޭޝަންގެ ހުއްދަދީފައިވޭތޯ ޔަގީން ކުރުމަށް ވަނީ އަންގާފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢޖެނޓ

    ޢެޗް ޑީސީން ދައްކނީ ރަނގަޅު ވާހަކަ ކމުގައި ވަނީނަމަ އެއްބސްވުމާއި ޚިލާފްވާ ތަންތަން ފައިން ކޮށްބަލަ. ޢެހެން ނޫނީ ތިއީ ވަކިބަޔަކުގެ އެޖެންޓުން ގޮތުގައި ކުރާ އިއުލާނަކާއި ވައްތަރީ

  2. Anonymous

    ކޮބާތަ ކޭޕާކް ކޮމްޕެނީ ގެވާހަކަ؟؟؟ އެކޮމްޕެނީއަށްވެސް ވަރަށްގިނަ މީހުން ފްލެޓްގަންނަން ފައިސާ ދައްކާފައިވަނީ