ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ ސައިކަލުތަކުގައި ސްޓިކާ ޖެހުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްޓާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ "ޕީއެސްއެމް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި އެކްޓިންގ ކޮމިޝަނަރ، މުޙައްމަދު ހަމީދު އެވެ.

ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އެކްޓިންގ ސީޕީ ވިދާޅުވީ ޤަވާއިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލީ ސަރުކާރުން އަންގައިގެންކަމަށެވެ.

މީގެއިތުރުންވެސް، ހަމީދު ވިދާޅުވީ ޕާކު ކުރުމަށް މައްސަލަތަކެއް ހުއްޓާ، އެކަމަށް ފަހު ގޮތްތަކެއް ފުރިހަމަ ކޮށް ނުދީ، ފުލުހުން މަގުތަކަށް ނުކުމެ ސްޓިކާ ޖެހުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭ އުސޫލެއް ނޫންކަމުގައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރެއިން މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޕާކު ކުރުމަށް އެދެވޭ ހައްލެއް ނުގެނެސް، ސްޓިކާ ޖަހާ ޖޫރިމަނާ ނުކުރާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިޔަށްވުރެ ހިޔަޅު ވިސްނުމެއް ތީގެ އަޑީގަ އިންނާނެ. ބަލަންތިބޭ އެކަން ހާމަކުރަންދެން. މިކޮމެންޓް ސޭވްކޮށްލާފަ ބައިންދާތި މިބުނިއެއްޗެއްގެ ޕްރޫފަށް.

  2. ހެހެހެ

    ފައިސާ ނުދައްކާ ހުރި ސްޓިކަރ ތަކުގެ ފައިސާ ދެން ދައްކަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސަބަލަ. މަގޭ އަމިިއްލަ އެދުމެއްގެ ވާހަކަ މަ މިބުނީ.

  3. ބޮޑުތަދު

    އަހަސަހަރޯ ބަންދު ކަޑާއި އަނެއްކާ އަނެއް ވައުދު ފުއްދީ. މީދުނިޔޭގެ ފެންވަރުގެ ވައުދެއް ދެއްތޯ. ޖަޒީރާރާޖޭގާއި ދުނިޔޭގެ ފެންވަރުގެ ވައުދެއް ފުއްދުމަކީ ފަލަސުރުހީއަށް އަރަންޖެހޭކަމެއް. ފޯއްބެ ކާއިރީބުނެބަލަ ފިލްމެއް ކުޅެންވާނެ ނޫންހޭ.

  4. Miadhu

    ރައ8ިސްއޮފީހުގެ ގޭޓްތެރޭގައި ޕާކު ކޮށްފިނަމަ ކިހިނެއްވާނެބަ

  5. ވައި

    ދެން މަގުމެދުގަވެސް ޕާރކް ކުރަންވީނުން. ސައިކަލްތަކާހެދި ހިނގާފައުޅޭ މީހުންނަށްވާ އުނދަގޫ އިންގޭތަ

  6. ބޮނދު

    ދެން މިހާރު މިދަނީ ރަނގަޅަށް ވެހިކަލްތަކުގައި ދާގޮތަށް ދާންވީތަނަކައް ގޮސް ޕާކު ކުރަންވީ އުޅޭނެ ގޮތަކަށް އުޅެންވީ މިއީ ޖަޒީރާ ރާއްޖެ!!!

  7. ވާއު

    މޭން އެކޭ އިބޫމީ

  8. ހައިކް

    މިއީ އޭރުވެސް އަހަރުމެން ދެއްކި ވާހަކަ. ސްޓިކާ ޖަހަމުން ދިޔައީ ޕާކް ކުރެވޭނެ ރަނގަޅު ގޮތްތަކެއް ހޯދައި ނުދީ. އެހެންކަމުން އޭރު ޖެހި ސްޓިކާތައް ބާތިލްކޮށް ޖޫރިމަނާ މާފް ކޮށްދޭންވެސް ޖެހޭ

  9. ސްކޯރޕިއަން

    އިބޫ ރައީސް ހަމަ އެގެންދަވަނީ ވައުދަކަށްފަހު ޥައުދެއް ފުއްދަމުން! ހައިރާން ވާންޖެހޭ ކަމެއްނޫން. ސްޓިކާޖެހުން ހުއްޓުވުމަށް ބަޖެޓް ބޭނުންވާނެ! ޢެއީ ސައިކަލް ޕާކްކުރުމަށް އެފަދަ ޕާކިންޒޯނެއް ޤާއިމްނުވެ އޭޓީއެމަށް ފައިސާނަގަން ޥަންނަތަނުން ފުލުހުން ފާރަޔަށް ތިބެލާފަ ޖަހާލަނީ އިސްޓިކާެއެއް. ސަރުކާރުގެ އޮފީހަކަށް ޒަރޫރީ ބޭނުމަކު ވަދެލާ ނިކުންނައިރު އިސްޓިކާއެއް މިހެންގޮސް އަހަރު ފީދައްކަންވާއިރު އިސްޓިކާތަކަށް ޓްރެފިކް ވައިލޭޓްވީއޯ ކިޔައިގެން ދައްކަންޖެހޭ އަހަރަކު ފީނުލައި އެތައްހާސް ރުފިޔާއެއް! ޥަރަށް ބޮޑަށް ޝުކުރިއްޔާ!

  10. ސުހާ

    ތީ ދުވަސް ކޮޅަކައް ދައްކާލާ ދަޅައެއް.. މީގެ ކުރީންވެސް އަހަރެމެން ރައްޔިތުން ތިޔަ ދަޅަ ވަނީ ދެކެފަ.. ހަމަ މަސްތަކެއް ކޮއްލާފަ ޕާކިންގެ ކަންކަމައް މާބޮޑު ބަދަލެއް ނައިސް އޮވެފަ އަނެއްކާވެސް ކޮންމެވެސް ބަހަނާއެއް ދައްކާފަ ސްޓިކާ ޖަހަން ފަށާނެ. މިހާރު ތިޔަ ކަން ތިކުރަނީ ކުރިއައްއޮތް އިންތިޚާބައް އެމްޑީޕީގެ ކެންޑިޑޭޓުންނައް ތަރުހީބުހޯދައިދިނުމައް ބާރުއެޅުމަށެވެ. ކޮންމެ ސަރުކާރަކުންވެސް ދެކެނީ ރައްޔިތުންނަކީ އެމީހުން ބޭނުންގޮތަކައް އެމީހުން ޖަހާބެރަކައް ނަށުވަންތިބޭ ކަންފަތް ބީރު ވިސްނުމެއްނެތް އަދި ދެލޯ ކަނު ބަޔެއް ކަމުގައެވެ. އަދި އެއްވެސް ސަރުކާރަކުންނެއް ރައްޔިތުންނަކައް އިހުތިރާމެއް ނުކުރެއެވެ.

  11. ހާމިދު ހުސައިން

    ތީވަރަށް ވިސްނިގެން ކުރެއްވި ކަމެއް. މީހުން ގިނަވެ ދުއްވާ ވެހިކަލްތައް ގިނަވެ ތޮއް ޖެހުން މީއީ ވިސްނާ ނުލާ ދިގު ވެރިކަމުން އައިސްފައިވާ އުދަގޫ!

  12. އިޑިއޮޓްސް

    ތިވީގޮތުން މަގު މެދުގަވެސް މިހާރު ޕާކް ކުރެވޭނެތޯ؟

  13. ރައުޔަތު މީހާ

    ދެން މިއޮށް ހުރިހާ ދުވަހު ޖެހި ސްޓިކާ އޯ

  14. ސީޑީ

    މާލޭގެ މަގުތަކުގަ ދެއްތޯ؟ ހުޅުމާލެ ވިލިމާލެ ކިހިނެތްތޯ އޮތީ. ބައެއްމީހުން ހުޅުމާލޭގަ ސްޓިކަރ ޖެހީމަ ނަގުލަށް ފައިންއެރިގެންއުޅޭ..

  15. ޑަމް

    ސްޓިކަރ ނުޖެހީމަ ނިމުނީ ދޯ އެއްގޮތްނެތިއްޔާ އަނެއްގޮތަކުން ނިކަމެތި ރައްޔިތުން ދިޔަފެލާނެ ! މީރާއަށް ޓެކްސް ނުދައްކާ ތިބި މީހުންނަށް ހެދޭނެ އިތުރު ގޮތެއް އޮވޭތަ ؟ މަގުމައްޗަށްނިކުމެ ނިކަމެތި ރއްޔިތުން ހިފަހަށްާޓާ ބޮޑެތިއަދަދު ތަކުން ޖޫރިމަނާކުރަމުން މިހާރު އެތިބަ ގެންދަނީ ރޯޑުވާދީ އޭ އިންޝޫަރަންސޭކިޔައިގެން ބޮޑުކަމެއް ހުވާ ! މިތާކުނެތް އުޅެވޭކަށް

  16. އަހުމަދު

    ދުނިޔޭގެ އެއްވެސް ތަނެއްގައި އެދާތަނެއްގެ ކުރިމަތީގައި ޕާކު ކުރެވޭތޯ. އަދި ބުނަން ތަން އޮތްތަނެއް ހޯދާ ދުރުގާ ޕާކު ކުރާނީ. އަހަރެމެން ދިވެހިނަށް ދަސް ވެފައި މިއޮތީ ކޮންގޮތެއް. ހެންވޭރު އަޑި ޕާކުގައިވެސް ޕާކު ކުރާތަން ހަދާފައި އޮންނަ އިރުވެސް ހަމަ ރެސްޓޯރަންޓް ތަކަށް އަންނަ މީހުން ބޭނުން ތަނެއްގައި ޕާކު ކުރޭ ތަން ހޯދިމާ ތަންފެންނާނީ