ދެން އުފެދޭ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މުޅި މާލެ ބޮޑު ތަނުން ބަދަލު ކުރާނެ މަޖިލީހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބިސްބުރު ކުރިމަތީގައި އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދެން އުފެދޭ މަޖިލިސް 19 އަކީ މާލޭގެ ހުރިހާ ކަމަކަށް ހައްލު ހޯދައިދޭނެ މަޖިލީހެއް ކަމަށާއި މުޅި މާލެ ބޮޑު ތަނުން ބަދަލު ކުރާނެ މަޖިލިސް އެއް ކަމަށެވެ.

"ދެން އުފެދޭނީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނެ މަޖިލީސް އެއް މާލެ ވިލިމާލެ އަދި ގުޅީ ފަޅު ގުޅުވައިދޭނެ މަޖިލީސް އެއް, މާލޭގައި ދިމާވެފައިވާ އެތަށް ކަމެއް ބަދަލު ކޮށްލާނެ މަޖިލީސްއެއް" ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގެ ތެރެއިން- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ނަޝީދު ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށާއި ދެން އަންނަ މަޖިލީސް މެދުވެރިކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

"ބޯކޮށް ވާރެވެހި މާލޭގައި ފެންބޮޑުވޭ, ވެހޭ ވާރޭއިން ފެންރައްކާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވެން އެބަ ޖެހޭ, އެފެން މާލޭގެ ކޮންމެ ދިމާއެއްގައިވެސް ރައްކާ ކުރެވޭނެ ބިމު އަޑީގައިވެސް ރައްކާ ކުރެވޭނެ, އެފެން އެމްޑަބްލިއުއެސްސީ އަށް ވިއްކައިގެން އާމްދަނީވެސް ހޯދިދާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދެން އަންނަ މަޖިލިސް މެދުވެރިކޮށް ކަރަންޓްގެ އަގު ބޮޑުތަނުން ކުޑަ ކުރައްވާނެ ކަމަށެވެ. އަދި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމަށް ބާރު އެޅިގެން ދާނެ ކަމަށެވެ.

ނަޝީދު ވަނީ އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑަ އަޅައި ދޭނެ މަޖިލީހަކަށް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  މީނަމީ ކާކުތަ ދުވާލަކު މޮޅުވާހަކައެއް ދައްކަން. ކަލޭ ޖަލުހުކުމަށް ފިލަންގޮސް ޖަލަށްނުވަދެ ހުރި މައްސަލަ ބަލަން ގޮވިއްޔާ މާތާހިރުވާނެ. އެވާހަކަ ނުބަލާ ކޮންހާ ބޭކާރު އަނގައެއް އަ_ވާކަށް

 2. އަބޯ

  ނަސީދަކަށް މާލެ ބަދަލެއްނުކުރެވޭނެ. ވެރިކަން ލިބުނީމަ މާލެ ހަދާލީ ކުނިގޮނަޑަކަށް ކުނި އުކާލަން ހުރި ލޮރީތަކާ ކޮޅުވެއްޓިތައްވެސް ހަލާކު ކޮށްލީ މާލޭގާ ހުރި ފެންހިންދާނިޒާމް ހަލާކު ކޮށްލީ ކާނުތައް ގަސްކާނާ މެސިނަށް ބަދަލުކޮށް ފެންފޯއްރުއްހައްދަންފެށީ 100 ފެންފޯއް ރުއް ފީވަކުިންގަތް އިރު 3600 ފެންފޯއް ރުއްގަތު،މަށް ފައިސާނެގި ފައިސާކޮބާ ނަސިދަކަށް ދިވެހި ގައުމަށް ރަނގަޅުކަމެއް ކޮށެއް ނުދެވޭނެ.

 3. ނުރަބޯ

  ދެން އުފެދޭ މަޖްލިހަކަށް ރާކަނިމަސް ކެވޭނީ.

 4. Miadhu

  މުޅިމާލޭގެ ހުރިހާކަމެއް 19 ވަނަމަލިހުގަ ފުރިހަމަވާއިރު އެމަޖިލިހުގަތިބޭނީ މުޅިން މާލޭގެ މީހުންތަ 20ވަނަ މަޖިލިސް އައްޑޫ 21 ޖދ
  22 ޏ
  23 ހދ 24ގައި އަނެެްކާމާލެ

 5. ދދދދދދ

  ރައްޔިތުންގެ މަޖިިލީހެއް ހޮވަނީ މާލެ ބޮޑު ތަނުން ބަދަލު ކުރާކަށް ނޫނޭ. ރާއްޖޭގެ ރައްޔިިތުންގެ ހާލަތު ބޮޑު ތަނުން ރަނގަޅު ކުރާށޭ. މީ މޮޔަވެގެން އުޅޭ މީހެއްތަ؟

 6. ސިއްތި

  މާލޭގައޮތް ކުނިގޮނޑު ނުނެގުނުބަޔެއްތީ!

 7. ޑިމޮކްރަސީ

  މަޖްލިސް އަށް އަންނަމީހުން ތެދުވެރިކަމަށްވަންޏާ އިދާރީ ދާއިރާތަށް މަދުކޮށް ކޮންމެ އަތޮޅަކުން 2 މެމްބަރުން މާލެއިން 2 މެމްބަރުންނަށް މަޖްލިސްގެ މެމްބަރުންހެ ޢަދަދު މަދުކުރާވާހަކަ ދައްކަބަލަ. ރައީސް ސޯލިހު ވެރިކަމަށް ކެމްޕެއިންކުރެއްވިއިރު ވެފައިވާ ވައުދުތައް އާކަމަކަށް ހަދައިގެން ނަޝީދު އެވާހަކަދައްކާކަށްނުޖެހޭ.

 8. މޯދީ

  ތިފިކުރްށް މެޖޯރިޓީ ނުލިބޭނެ

  މިކަން ނިންމާލާއިރު ބަލަންތިބެ ވާގޮތް.

 9. ކިނބޫ

  މޮޔަ ކުއްޖެކޭ ކިޔަނީ ހަމަ ރަނގަޅަށް. ކަލޭ ހަމައެއް ނޫން.

 10. މޫސަބޭ

  މަމި މާލޭ މީހެއް އެމްޑީޕީ އެއްވެސް މީހަކަށް ވޯޓެއް ނުލާނަން

 11. ބުހުތާނު

  ރައްޔިތުން ވޯޓުލައިގެން އިބޫ ހޮވީ ކީއްކުރަން؟ އިބޫގެ ސަރުކާރު މިއީ ނަމަކަށް އޮންނަ އެއްޗެއްހެން މިހާރު ހީވަނީ. މިހާރު ހީވާކަހަލަ މިދައުލަތް ހިންގަނީ ނަޝީދު އާއި އެބުނާ 19 ވަނަ މަޖުލީސް ހެން.

 12. ސަތުނާ

  އަހަރުމެންގެ ވަލިއްޔުލް އަމްރު އިބްރާހިމް މުހައްމަދު ސޯލިހު ހޯދަން ގޫގުލް ސާރޗް ކޮށްލީމަވެސް އަންނަނީ ނަޝީދުގެ ފޮޓޮޔަކާ 19 ވަނަ މަޖުލީސް. މީބޮޑުވަރު ރައްޔިތުން ވޯޓުލައިގެން ގައުމުގެ އެންމެ އިސްވެރިޔަކަށް ހޮވިމީހާ ހުންނަނީ އެއްދުވަހު ބޯޅަ ކުޅެން، އަނެއްދުވަހު ކުނިކަހަން ދެން ކޮންމެވެސް ތާކު ޕްރައިޒް ގިވިންޑެގަ އިނާމުދޭން.

 13. ފަާތު 16 ޖަނަވަރިީ

  މަޖިލިހައް ހޮވިގެންވެސް ތިންމަސްވަާދެކައްވެސް ހުރެވެޭނެބަާ؟

 14. މަޜީ

  ކޮންމެރެއަކު އަރާ މޮޔަ ގޮވާގޮލައެއް. މީނަ ދައްކާވާހަކަ "ޖަސްޓް އިގްނޯ" ކުރާކައް ނުވޭތަ؟

 15. ސްކޯރޕިއަން

  އަޅޭ ނަޝީދޫ! ކޮންމޮޔައެއް ތިގޮވަނީ! ތިޔަހެންގޮވީ އަޅުގަނޑުގެ ނަން ރިޔާސީ އިންތިޚަބޫގައި ވާދަކުރާން އޮންނާނެ! ޢަދި މިއުޅެނީ ހޮވުނު ކޯލިޝަން ސަރުކާރަށް މަޤާމުތައް ބަހައިނުނިމިގެން ބައިބަޔަށް ބެހި ނިމެނީ ތިހެން ގޯޅިކަންމަތީ ބޮޑުކަނޑަން ހަދައިގެން ކިޔޭނުކިޔޭ އެއްޗިހިނޭގިހުރެ! މޮޔަވެދާނެ

 16. ހައްސާސް

  މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއައް ލިބިއްޖެއިޔާމުން މިފަހަރު ދިވެހިރާއްޖޭގައި އިސްލާމްދީން ކަފުން ކުރަން ހިފާނެ.. މިހާރުވެސް މި މީހުންނައް ވެރިކަން ލިބުނާ އިސާހިތަކު ގިނަ ދުވަހެއް ނުވޭނޫންތޯ މި މީހުންނާއި ގުޅިފައިތިބި ބަޔެއް ދިވެހީން ފާޅުގައި ދީނައް ފުރައްސާރަކޮއް އަންގަ ގަދަކޮއް ހަދަފެށިތާ.. ވީމާ މިފަދަ ބަޔަކައް ޕާލިމެންޓުގެ މެޖޯރިޓީދޭން ހެޔޮވާނެތޯ ހުރިހާ ދިވެހީން ސުވާލުކުރަންޖެހޭ..

 17. ޙާނ1

  މިހާރު ރައީސް އޮޅިއްޖެ، ބަރުލަމާނީ ނިޘާމް ގެންނަން ޖަހާ ޗައްކަރު

 18. ސަންގުގެރި

  އެމްޑީޕީ ބޮޑުތަނުން ބަދަލުކޮށް ބަލި ކުރާނެ މަޖިލީހަކަށް 19 ވަނަ މަޖިލިސް ވެގެންދާނެ .

 19. عبدالله سعيد ގދ.ގައްދޫ/ދަނބުފަށުވިގެ

  މަރުކަޒީއަކިީ، ލާ މަރުކަޒީގެ މައްޗަށް ކުރިހޯދާ ތަނަކަށް ހަދާފައިވަނީ، އެއްދުވަހަކުން ދެދުވަހަކުން އެއްއަހަރަކުން ދެއަހަރަކުން ހެއްޔެވެ؟ ނޫނެކެވެ. މަރުކަޒީއަކިީ، ލާ މަރުކަޒީގެ މައްޗަށް ކުރިހޯދާފައިވާ ތަނަކަށް ހަދާފައިވަނީ، ފެށުނީއްސުރެ ނިޔަލަށެވެ. މަރުކަޒީގައި ފައިވާނަށް އަރައިގެން ހިނގުމުގެ ހުއްދަ އޮންނައިރު، ލާ މަރުކަޒީގައި އެކަމެއް ނުކުރެވެއެވެ. މަރުކަޒީގައި ކުޑަނަގައިގެން އުޅޭއިރު، ލާ މަރުކަޒީގައި ކުޑަގެންގުޅުމުގެ ހުއްދައެއްނޯންނާނެއެވެ. މަރުކަޒީގައި އުސްގޮނޑިތަކުގައި ޕާޓީކުރެވޭއިރު އެމަޖިލީހުގައި ތިބޭ ލާ މަރުކަޒީ މީހުން ތިބޭނީ ފައިބުރިކޮށްފައިވާ ތިރި ގޮނޑިތަކުގައެވެ. މަރުކަޒީގައި ވިދާޅުވާއިރު ލާ މަރުކަޒީގައި ބުނާނީއެވެ. މަރުކަޒީގައި ވަޑައިގަންނަވާއިރު ލާ މަރުކަޒީގައި ހިނގާނީއެވެ. މީގެމިސާލަކީ، ކުޑަސިޓީގައި ރާއްޖެތެރޭ މީހުންނަށް މާލެ އާދެވޭގޮތަށް ރެޒިޑެންޓް ވިސާގައި ރާއްޖެތެރޭ މީހުންނަށް މާލޭގައި ހުރެވޭގޮތަށް ކަންތައްތައް ކުރަމުންދިޔަ ޒަމާނުގެ މިސާލެވެ.

 20. ދުރުމި

  ބަލާބަލަ ވޯޓްހޯދަން ދައްކާ މަކަރު ވާހަކަ ބޭނުމަކީ ބޮނޑުވަޒީރުކަން އަދި ގައުމު ވިއްކާލުން މިކަންވަނީ ކުރިން އަޅުގަނޑު މެން ތަޖުރިބާ ކޮއްފަ.

 21. ރަޝީދު

  މިހާރު މަޖިލީހުންތަ މުޅިގައުމު ހިންގަނީ،؟ މަގުހެދުމާއި ގެދޮރު ހެދުމާއި ލޯނު ދިނުމާއި ކިޔަވައިދުނުމާއީ ފެންހިދުމާއި ފްލެޓް އެޅުމާއި މީހައްތަހާވެސް މަޖިލީހުން ކުރާ ކަންތަކޯ. ދެން މިހާރު ހުންނެވި ރައީސުލް ޖުމުހޫރިއްޔާގެ ބޭނުމެއްނެތެއްނުންތޯ؟ މިހާރު މިބޭފުޅާ މަޖިލީހަށް ވަޑައިގަންނަވާތީވެ މިހާރު ރައީސް އޮފީސްހަކީ މަޖިލިސް. ހަހަހަ.... ބޮޑު މޮޔަ

 22. މާލޭމީހާ

  ބޮޑު ތަނުން ބަދަލުވެފައޭ އޮތީ!! ދެން ބޮޑު ތަނުން ބަދަލުކުރާނެ މާލެއެއް ނެތޭ!!!!!

 23. އައިޝާ

  ވިސްނުމުގައި މައްސަލަ ތަކެއް ހުރިކަން ފާހަގަވެއެވެ.

 24. ާމޫސާ

  މީނަ ދައްކާ ވާހަކަ ޖެހޭނީ އިދިކޮޅަށް ތަރުޖަމާ ކުރަން!

 25. ބެއްޔާ

  ރައީސްކަމުގަ ރައްޔިތުންނަށް ކޮށްނުދެވުނު ކަމެއް ދެންކުރެވޭނެ ގޮތެއްނުވިސްނޭ. މަޖްލިހުން ފާސްނުވިއޭ ވައުދެއްނުފުއްދުނޭ އެމެއް ނާރައޭ މަހެއް ނުބޭނުނޭ ހުސްފުލޯކުވާހަކަ. އަނގައެއްއޮތީމަ ކޮވެލިގޮވާހެން ގޮވަގޮވާ ހުރެވިދާނެ. މިހާރުވެސް ތިކިޔަނީނުން ވައުދު ފުއްދޭނީ މަޖްލިސް ލިބިގެންނޭ. ވައުދުވިއިރު ތިހެނެއް ނުބުނޭ. ދެންވެސްވާނީ ތިވަރު.

 26. ކަލޯބެ

  ޢިންޝާ ﷲ ތި ބައިގަނޑަށް ތިކަން ކާމިޔާބު ނުވާންދެއެވެ. ތިޔައީ ތަޖްރިބާ ކޮށްފަ ތިބި ބައެއް. މަކަރުން ވޯޓް ހޯދައިގެން ވެރިކަމަށް އައިސް ތިއްބަސް ޢުމްރާނީ ގޮތުންނައި އިގްތިސާދީ ގޮތުން . ދީނީ ގޮތުން ފަހަތަށް ސޮއްސާލައިގެން ދާވަރު ފެންނާނެ މިފަސް އަހަރު ނިމޭއިރު ދުނިޔެ ތިނި ބަޔަކަށް. ޢެންމެ މުހިންމު ކަމަކީ ޢިލްމީ ގޮތުންނާއި. ޓަޖްރިބާގެ ގޮތުން ގާބިލް ބަޔަކަށް ނުވާކަން. ގައުމާއި މެދު ވިޝަނެއް ނެތްކަން. ޜައީސް މީހައިން ފެށިގެން ތަންފީޒީ އިދާރާ ތަކުގަ ތިބި މީހުންގެ ތަޢްލީމާ ތަޖްރިބާ ނެތުމާއި، ގައުމުގެ ރައީސްގެ ދުލުން ނުކުންނަންޖެހޭ ވާހަކަ ހަމަ ހެއި ގައި ނުހުންނަ ބުރާންތި އެއްގެ ދުލުން ނުކުތުން. ޤައުމް މިފާސް އަހަރު ގެންދަނެ އަމާޒެއް ނެތުން.

 27. އޮޅުންއަރާމީހާ

  ތިޔަމަޖްލީސް ވެގެން ދާނީ އަންހެނުން ނަހަލާލަށް ވިހެއުން ހުއްޓުވާލަދިނުމުގެ ސަބަބުން ބިރެއްނެތި ޒިނޭކުރެވޭނެ ގޮތްވެސް ހަދާދޭނެ މަޖިލީހަކަށް