ދުނިޔޭގެ އާބާދީއާއި، ރާއްޖޭގެ އާބާދީގައި 50 އިންސައްތަ އަންހެނުން ޙިއްޞާކުރާ އިރު، އަންހެނުންނަށް ހަމަހަމަ ފުރުޞަތެއް އޮންނަން ޖެހޭ ތޯ މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިންވަނަ ދައުރުގެ އިންތިޚާބީ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ގޮތުން ރަސްރަނި ބަގީޗާގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ހަމަހަމަކަމުގެ ވާހަކަ ދައްކާ އިރު، ސަފުތައް އަތުރާލުމުގައި ތަފާތުތަކެއް އެބަ ހުރި ކަމަށާއި، މިއަދު މި ފެނިގެން ދަނީ އަންހެނުން ސަފާ ހަމަކުރަން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ އަންހެނުންނަށް ވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ހުރަހެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި، އެހެން ނަމަވެސް އަންހެނުން އިންތިޚާބުތަކުގައި ވާދަކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ. އެ ގޮތުން އިޤްތިޞާދީ ގޮތުންނާއި މުދަލުގެ އޯނަޝިޕް އޮތުމުގައި އަންހެނުންގެ ޙިއްޞާ ކުޑަ ކަމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ވެސް ކުޑަ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ހަމަ އެހެންމެ، ސިޔާސީ ހަރަކާތްތަކުގައި ގިނަ އަންހެނުން ބައިވެރިވި ކަމުގައި ވިޔަސް، ހަޤީޤަތުގައި ސިޔާސީ މަޤާމުތަކުގައި މި ނިސްބަތް ދަށް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ބަޔަކަށް ވެއްޖެ ނަމަ، އެ ކަމުގެ ފައިދާ ފިރިހެނުންނަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކުރާނެކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަންހެނުންގެ ތަރައްޤީއަށް ވާހަކަ ދައްކާތާ ޒަމާންތަކެއް ވެއްޖެ ކަމަށް ވިދާޅުވެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށުތެރެ ސާފުކުރުމާއި، ކެއިން ބުއިމުގެ އިންތިޒާމުތައް ހަމަޖައްސާ ބައެއްގެ ގޮތުގައި ދެކޭ ވިސްނުން ވެސް މުޖުތަމަޢުގެ ތެރޭގައި އެބަ އޮތް ކަމަށް ވިދާޅުވިއެވެ. އަދި އެ ފަދަ ކަންކަން ބަދަލުކުރަން ޖެހޭ ކަން ފާހަގަކުރައްވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޑެފިނީޝަން މިއަދު ބަދަލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އޮޅުންއަރާމީހާ

    ކަލޭގެ ފިރިމީހާއަށް ތިވާހަކަ ކިޔައިދީ

  2. ރަމްޒީ

    ބުރިޖް އަޅަން ފެށީމާ، ނޭޅޭ ބުރިޖު ރައްޔިތުންނަށް ދައްކާއިގެ ވާވައްދަނީ އެއީ ގޮވި ކަލޭގެ ދޯ މީ.

  3. އިދުރީސް

    މީކާކުތަ މިކަހަލަގެ ވާހަކަ ދައްކަން. އެޅިހާބަތަކަށް ރިހަ. ވަޒީފާގެ ބޭނުމުގައުޅޭ ކޮއެއްމީ. ބަހުން އިންސާފް. ނަމުން ހިއްވަރުހުރެގެންކަމަށް އުޅެނީ. އެކަމަކު ބޮޑު ފިނޑިއެއް. ދެފައި ފިއްތާގެން މަޑުންހުރެވޭތޯބަލާ ކޮސްނުގޮވާ.

  4. އަހުމަދު

    ރާއްޖޭގެ ރަށްރަށުގައި އަންހެނުން ތަރައްގީ އަށް މަސައްކަތް ކޮއްގެން ހޯދި ފައިސާ ކޮޅު އެމް ޑީ ޕީ ސަރުކާރުން ނަގާ ބޭނުން ކުރީމާ އެމީހުން ގެ ހައްގު ކަމަނާ ހޯއްދަވާ ދެއްވަން ކަމެއް ކޮށްދެއްވިންތޯ ... އަންހެނުންގެ ކޮމެޓީ ތަކުން ފައިސާ ހޯދުމަށް ތަފާތު ހަރަކާތް ވަރަށް ބުރަކޮށް ހިންގައިގެން މިހާތަނާށް ފައިސާ ހޯދީ އެކަމުގެ ރޫހު ގެއްލުވާލީ ތިޔަ ބޭފުޅުން ދެން އެވާހަކަ މަތި އޮމާން ކުރަން ނުދައްކަވާ. އެ ރޫހެއް ދެން ނުގެނެވޭނެ . މާލޭގައި މުސާރަ ލިބޭ އަންހެނުންގެ ކޮމެޓީން ކީއްތޯ މިހާތަނަށް ކުރީ މުޅީން އެކޮމެޓީ ގައި ތިބެނީ އެމް ޑީ ޕީ އެކްޓިވެސްޓުން އޮފީސް ދީފަ މުސާރަ ވެސް ދީފަ ތިބެނީ މިހާތަނަށ ްކުރި ކަމެއް ދައްކަބަލަ

  5. ކުރަފި

    އަންހެނުންގެ މަގާމަކީ ތުބުޅިލީ ފިރިމީހާގެ ހަތަރުވަނީ އަނބީގެ މަގާމުތަ؟

  6. ބެއްޔާ

    މާދަމާގެ ހުކުރުނަމާދު ސިދާތާ އިމާމުވެހުރެ ކުރަން ފެނޭ. އެއިރުން ހަމަހަމަވާނީ. ކަލޭ ކިތައްމެވަރަކަށް ފެލުނަސް އަންހެނުންނާއި ފިރިހެނުން ހަމަހަމައެއްނުވާނެ. ވަކިވަރަކަށްވުރެ ބޮޑަށް ލާދީނީވީމަ ވާނެ ތިހެން. ދީން ގެއްލުނަސް މިނިސްޓަރުކަން ދޫނުކުރާތީ.

  7. އަލީ

    މަ ހާދަހާ ފޫހިވާ މީހާ ގަނޑެކޭ މީ، މީހާ އަށް ވުރެން ބޮޑު އަނގައެއް އޮވެގެން ކަރު ތެރޭން ކުޑަދޫ ނިކުންނަ ވަރަށް ހަޅޭފަޅޭ ޖަހަނީ، އަންހެނަކަށް ވީތީ ވެސް މަޑުމައިތިރި ކަމެއް ހުންނަންވާނެ

  8. ކިނިކްސް

    އަންހެނުންގެ މިނިސްޓަރުކަން ފިރިހެނަކަށް ނުދީ އަބަދު އަންހެނަކަށްދެނީ ހަމަހަމ ކުރަންތޯ

  9. ޝާމިން

    މީނަ ހާދަ ރީއްޗޭ މިހާރު ދޮންވެސް ވެއްޖެ މިހާރު ދެކުނިންތަ ކުދިން މީނަ މިހާރު ލޯބި މިހާރު ކީއްވެ ތަ އޭނަޔާ ދިމާލައް އެއްޗެހި ތިގޮވަނީ ތި ނޫން ކަމެއް ހަމަ ނެތީ ތަ ހާދަ އަސަރެއް ކުރެޔޭ ކަލޭމެން ތިގޮވާ އެއްޗެހިން

  10. ެިއިންސާފު

    މިޔަރު ދަތްގަނޑު އަނގަ ހުލުވަން ލަދެއް ނުގަނޭތަ؟ މައުސޫމް އިބްތިހާލްގެ މަރުގެ ޒިންމާ ނަގަންޖެހޭ އެކަކުތީ. !

  11. Miadhu

    ކަލޭވެސްބުނޭ އަންހެނުންނަށް މެމްބަރަށްއަރާ ޚުތުބާކިޔަން ލިބެންވާނެޔެ

  12. އިބުރޭ1122

    މިޔަރެއްތަ؟

  13. ބެއްޔާ

    ކޮބާހޭ ސިމެންތި ބަސްތާވެއްޓި ނިޔާވި ކުއްޖާގެ ހައްގު ހޯދާ ދެވުނީތަ؟ އެދުވަހު ފަޔަށް ހިނިއަރައިގެން ނޫސްތަކަށް ބަޔާން ދެމުން ދުވިއިރު

  14. ދދދދދދ

    މީނަ އާއި މާރިއާ އާ ދެމީހުން އަނގަމަތި ފޮތިގަނޑަކުން ފޮރުވައިގެން ތިބެ ވާހަކަ ދައްކަބަލަ. ގަންނަނީ ފަކުރޭ.

  15. އިކްލީލާ

    މިދެން ކާކު؟ ފާޓަށްވުރެ ފުޅާ މަޤާމުތަކުގައި ބަތްކައްކާކުޅެވޭނީ!

  16. އެނގޭތަ

    ކިތަންމެ މަތީ މަޤާމްތަކަށް މަސައްކަތް ކުރިޔަސް ވަރިހަމައެވެ. ކުދިން ވިހަން ޖެހޭނީ އަންހެނުންނެވެ. ވިހާފައި، ބުއް ނުދެވޭ ނަމަ، ދޭން ބޭނުންނުވާ ނަމަ ހަމަހަމަކަމުގެ ވާހަކަ ނުދައްކާށެވެ. އަންހެނުން ވިހަން ލައްވާފައިވަނީ ފިރިހެނެއްގެ އިޚްތިޔާރުގައެއް ނޫނެވެ. އެއީ ޤުދުރަތީ ޤާނޫނެވެ. މައިމީހާގެ އަތުގައި ކިރު ލެއްވީ ފިރިހެނުން އެކަން ނުކުރަން ވެގެނެއް ނޫނެވެ. އެއީ ވެސް ޤުދުރަތެވެ. ދަރިން ބަލައި ބޮޑު ކުރުމަކީ ބަންގާޅީއެއްގެ ކަމަކަށް ހަދާފައި ހަމަހަމަކަމުގެ ވާހަކަ ނުދައްކާށެވެ. ފިރިހެނުންގެ ހައޤުތައް ހިފަހައްޓާފައި އަންހެނުންގެ ހައްޤުތަކުގެ ވާހަކަ ނުދައްކާށެވެ. އަންހެނަކަށް ނުވަތަ އަންބަކަށް ވީތީ އަދާކަުރަންޖެހޭ ޒިންމާ އަދާ ކުރަންޖެހޭ ވާހަކަ ނުދައްކައި، ހަމަހަމަ ފުރުޞަތުގެ ވާހަކަ ނުދައްކާށެވެ. އަންހެނުން އަންހެނުންގެ ގޮތުގައި ތިބެ، އަންހެނުންގެ އިއްފަތްތެރިކަމާއި ގެވެހިކަމުގައި ކުރަންޖެހޭ ކަންކަން ކޮށްފައި ދެން ހަމަހަމަ ފުރުޞަތުގެ ވާހަކަ ދައްކާށެވެ. އާއިލާ ބެލެހެއްޓުމަށް ފައިސާ ހޯދުމަކީ އަންހެނުންނަށް ލާޒިމް ކަމެއް ނޫނެވެ. އެއީ ފިރިމީހާގެ ވާޖިބެކެވެ. ފިރިމީހާގެ ވާޖިބު ފިރިމީހާއަށް ދޫކޮށްލާށެވެ. އަންހެނުން އަންހެނުންގެ ޒިންމާ އަދާ ކުރާށެވެ.

  17. ނިކަމެތި އަޅާ

    މުސްލިމަކު ތިޔަ ސުވާލު ނުއުފައްދާނެ .ދުިނިޔޭގެ މައީސަތުގާ ދޭދޭ މީހުންނަކީ ހަމަހަމަ ފުރުސަތު އޮތް ނަމަވެސް ހަމަހަމަ ބައެއް ނޫން ކަން ކީރިތި ގުރްއާނުގެ ގިނަ އާޔަތްތަކުން ދަލީލުލިބޭ .އިންސާނުން ދަރަޖަ ތަކަށް ބެއްސެވީ ތިމަންސުވާމީންގެ އޭ މާތް ﷲ ވަނީ ވަހީގަ އަންގަވާފަ.

  18. ފެމިނިސްޓް

    ހަމަހަމަ ކޮން އޮންނަންވަނީ އަންގަ ތެޅުވމަށް އެކަނި، އީކުއަލް ވާރކް ވީމަ ނުވާނެ، ފެކްޓް އިސް އަންހެނުން ފިރިހެނުން ހަމަ ހަމަ ނުކުރެވޭނެ، ދީނުގަ އޮތް ގޮތް ބަލާލާ

  19. ހާމިދު ހުސައިން

    ހިޔާ ތަންތަނުގައި ނުތިބެ އަތްވާ ކަނޑަށް ނުކުމެ ތިހެން ނުކިޔާ ކާކު ހިފަހައްޓައިގެން އުޅެނީ؟ ކަސްޓަމަ ކެޔާ 123 ގުޅިޔަސް ހުސް އަހެނުން. ކައުންޓަރެއް ކައިރީގައި ވެސް ހުސް އަހެނުން ވީމާ ހަމަހަމަކަން ނެތީ ފިރިހެން ބޭފުޅުންނަށް ހިޔަލުގައި ތިބެވޭ ގޮތައް ހަދާދީ!

  20. Anonymous

    އަނހެނުން ނެރޭވަރަކަށް ގައުމު ފަސާދައަށް ހުށަހެޅޭނީ.