ގާނޫނާ ހިލާފަށް ކަމެއް ނުކުރާނެ ކަމަށާއި މައްސަލަތައް ތަހްގީގުކުރުން ވެސް ކުރިއަށް ގެންދާނީ "ބަޔަކު އެދޭ މަގުސަދެއް ނެރޭކަށް ނޫން" ކަމަށް އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެކްޓިންގ ސީޕީ ހަމީދު މިހެން ވިދާޅުވީ "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއި ހިންގަމުން ދާނީ ވަރަށް ޕްރޮފެޝަނަލްކޮށް، ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ހަމީދު ވިދާޅުވީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އަމަލު ނުކުރާނެ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ހަމީދު ވިދާޅުވީ އެއްވެސް މައްސަލައެއް ތަހުގީގު ކުރަނީ ވަކި މަގުސަދެއް ނެރެން ނުވަތަ ވަކި ބަޔަކު އެދޭ މަގުސަދެއް ނެރޭކަށް ނޫން ކަމަށެވެ.

"މިސާލަކަށް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިވެނި ކަމެއް ބެލުމަށްޓަކައި މިވެނި ފަރާތެއް ދެން އޮންނަން ޖެހެނީ ހައްޔަރު ގައޭ. ނުވަތަ ޖަލެއްގައޭ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން މިދަންނަވާހެން ހަމަ ގާނޫނީ އިމުގެ ތެރެއިން އެއްވެސް ކަހަލަ ފަރާތަކަށް ބުރަވުމެއް ނެތި ތަފާތު ކުރުމެއް ނެތި އެތަހުގީގުތައް ކުރާނެ. ޕްރޮފެޝަނަލް ގާބިލްކަން ހުރި އެންމެ މަތީ ފެންވަރުގައި މިމަސައްކަތް ބަލައި، އަޅުގަނޑުމެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނަން." ހަމީދު ވިދާޅުވިއެވެ.

އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު – ފޮޓޯ: ޕޮލިސް
އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު – ފޮޓޯ: ޕޮލިސް

ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ގާނޫނީ އިމުގެ ތެރެއިން ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ކަމަށް، ހަމީދު ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ފުލުހުން ތުހްމަތުކޮށްފައި ވަނީ މަނީ ލޯންޑަކުރުމުގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ފައިސާއިން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އެވެ.

އެމައްސަލައިގައި ޔާމީންގެ ބަޔާން ނަގާ ބަޔާނުގައި މިހާރު ވަނީ ސޮއި ވެސް ކުރުވާފައެވެ. ޔަމީން ބަޔާނުގައި ސޮއި ކުރެއްވިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ޔާމީން ބަޔާންތަކުގައި ސޮއި ކުރެއްވި ފަހުން ފުލުހުންގެ ފަރާތުން އެމައްސަލައިގައި އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން މައްސަލައިގެ ތަޙްޤީޤު މިހާރު އޮތް ހިސާބެއް ސާފެއް ނުވެއެވެ.

ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށް ހަމީދު ވިދާޅުވިއިރު އޭނާ އަކީ ސިޔާސީ ހަރަކާތްތަކެއްގައި އެތައް ފަހަރަކު ބައިވެރިވުމަށް ފަހު ފުލުހުންގެ ކޮމިޝަނަރު ކަމަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ގަސްތު

  އިބޫ ސޯލިހުއާ ހަމީދުއާ ދެމީހުންނަކީ އެއްބަޑު ދެބެންނާ އިދެގެން އުޅޭ ދެމީހުން

 2. އަހުމަދު

  ޔާމިނު ފުލުހަށް ހާޒިރު ކުރި ދުވަހު ދެ ޕާޓީގެ މީހުން އެއްވެ ހަމަ ނުޖެހުން ހިންގަން ފުރުސަތު ދެއްވީ ކީއްވެތޯ. އަދި ޖައުފަރު ކިޔާ މީހަކު މީހެއްގެ ލޯ މަތި ފަޅާލި މައްސަލަ ނުބައްލަވަނީ ކީއްވެގެންތޯ.... އެމީހާގެ ހައްގު ކޮބައިތޯ.

 3. އަލީ

  އެއީ ބުނުމާ އަމަލާއި ތަފާތުކޮށް އޮންނަ ކަމެއް

 4. ާއާނަ

  އަޅޭ އަބަދުވެސް ޔާމީނަށް ގޮތެއްނުހެދިގެން އުޅެނީ އެހެންއުޅެނިކޮށް އަނބިދަރިން ޒިނޭ

  ކުރާކޮށްޓަށް ލާއިރުވެސް ނޭގެ އެންނު ހަސަދަ ވެރިކަން

 5. އިދުރީސް

  ކަލޯ ރައްޔިތުން މޮޔަ ހައްދަން ނޫޅެބަލަ. ދޮގެއްއޮތިއްޔާމު ހެދޭތޯބަލާތި. ކޮންކަމެއް ޕްރޮފެޝަނަލްކޮށްކުރެވޭނީ. ތީ ސިޔާސީމީހެއް . މަޤާމެއްލިބުނީމަ މޮޅުވާހަނުދައްކާ.

 6. ބެއްޔާ

  ޔާމީނުގެ މައްސަލަ ބަލާނިީ ވަރަށް ޕްރޮފެޝަނަލްކޮށް އެމްޑީޕީން އެދޭގޮތަކަށް ހަސަދަ ފިލުވާލުމުގެ ބޭނުމުގައި

 7. ޖޮއްބެ

  ހަމަ ވަކިބައެކޭވެސް ކިޔާނެކަމެއްނެތް އެމްޑީޕީ އިން ބޭނުންވާ ގޮތަށް މައްސަލަތައް ހަމްބެމެން ނިންމާނީ ކޮންވާހަކައެއް؟ އެ ބޭނުމުގައޭ ހަމްބެ ތިޔަތަނަށް އަލުން ތޮރުފާފަ ތިޔަހަރީވެސް.

 8. ލަބީބު

  ފުރަތަމަ ވިސްނަންވީކަމަކީ ތިޔައީ ދައުލަތުގެ މައި މުވައްސަސާގެ އިސްވެރިއެއްކަމާ އެފަދަ މީސްމީހުން އަމިއްލަ ޓީވީތަކަށްއަރާ ވާހަކަދެއްކުމަކީ ކޮށްގެންވަނޭކަމެއް ނޫންކަމެވެ. ޤަވްމީ ޓީވީ ހުއްޓާ ކާލިޓީވީއަށް އަރާ މުއައްސަސާގެ ސިޔާސަތު ހާމަކުރުމީ ޢަދުލުވެރި ނިންމުންތަކެއް މައްސަލަތަކުގައި ނުނިންމޭނޭކަމުގެ ހެއްކެކެވެ.

 9. ޔޫސުފް

  އެމީހަކު އަދާކުރަމުން ދިޔަ ވަޒީފާ ގެއްލި މަގުމަތިވެފައިވަނީ ވަކި މީހެއްގެ ސަބަބުން ކަމަށް ގަބޫލް ކުރެވިފައިވާއި ވަނިކޮށް އެމީހާގެ މައްސަލަ މަގިމަތިވި މީހާ އަށް ބަލަންޖެހުމުން އެ ތަހުގީގު ރަނގަޅަށް ކުރެވިދާނެ ކަމަށް ބުއްދިސަލާމަތުން ހުރި އެކަކުވެސް ގަބޫލް ކުރާނެތޯ؟

 10. ޣައްދާރު

  އާނއެކޭ ބަޔަކު އެދޭ މަގްސަދެއް ނޫނޭ ހާސިލު ކުރާނީ. ކަލެ އާއި ކަލޭގެ ބައިގަނޑުގެ މަގްސަދޭ ހާސިލު ކުރާނީ. ކާކަށް ނޭނގޭ ކަމެއް އެއީ؟

 11. މޫސާ

  ޙަމީދު ތިއީ ދޮގެއް!

 12. ކަލީމު

  ނުކިޔަވާއިބޫގެ ނުފޫޒުންނަމަވެސް ޔާމީނަށް ލޮޓިއެއްދީފަ ވެރިކަމުގައި ދެމިތިބޭނަމޭ ހީނުކުރާށެވެ. މީ ވަރަށް ވާހަކަކަން ދަންނާށެވެ.

 13. މިއަދު

  ސީޕީ ތިގޮތަށް ވިދާޅުވުމުން ޤަބޫލުކުރާނެ މީހުން މަދު މިސަރުކާރުގެ ކޮންދިމަލެއްތޯ ތިވިދާޅުވިގޮތަށް ހުރީ ނިކަންދެކެބަލަ ޖުޑީސަލް - ނިކަންދެކެބަލަ އިލެކުޝަންސް މޮމިޝަން_ ނިކަންދެކެބަލަ- ޕޮލިސްސާވިސް_ ނިކަން ދެކެބަލަ ސިވިލްސާވިސްކޮމިޝަން މިހެންގޮސް ނުކިޔާނެ އެއްވެސް ދާއިރާއެއްނެތް ޕޮލިހުން ހައްޔަރުކުރާނީ އެމްޑީޕީ ނޫންމީހުން ކޮންމެފަދަ މައްސަލައެއްވިއަސް، އިލެކުސަންސް ކޮމިޝަނުން އެއޮތީ ޕީޕީ އެމް ހިފަހައްޓާފައި ޖުޑިސަރީން އެވަނީ ވަކިބަޔަކު ބޭނުންވި ބަޔަކު ދޫކޮށްލާފައި އެހެންވީމަ ޖައްވުގައި ފަޒާގައި ވައިގެތެރޭގައި ލާހުރުވަން ހުސްއަނގަ ނުތަޅާ ހުރެވޭތޯބަލާ

 14. ފުލުސް މީހާ

  ސީޕީ ހަމީދު ކަލެއަށްވުރެ ދޮގުހަދާ މީހަކު އަހަރެން ނުދެކެން! އޮޅުޥާލާގެން ފުލުހުންގެ އިދާރާރައިގައި ގަވާޢިދާ ޚިލާފަށް ކިތައްމީހުންގެ މައްސަލަ ތަހުގީގުކުރޭތޯ/ދޮގުހެދުން ފިޔަވައި އެހެންކަމެއްނެޓް!