މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވި އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި ކުރު މެސެޖެއްގައި ވިދާޅުވީ "ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލައާއި އާއި ގުޅިގެން އެކަކު ހައްޔަރު ކުރެވިފައިވޭ. މާލެ އަދި ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލަ ވެސް ތަޙްޤީޤު އަދި ކުރިއަށް ދަނީ. އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނަން." ކަމަށެވެ.

ޖަނަވަރީ 12 ވަނަ ދުވަހު މާލޭގައި ވެސް ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނެވެ. މ.ރަމާގްލްޝަން ގެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ފިރިހެނެކެވެ.

ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު އޭނާގެ އާއިލާ އިން ބައެއް މީޑިއާތަކުގައި މީގެ ކުރިން ބުނީ ވިޝާމާ މަރުވީ ފިޓް ޖެހިގެން ކަމަށެވެ. ނަމަވެސް "ރާއްޖެ އެމްވީ" އިން ބުނެފައިވާ ގޮތުގައި ވިޝާމާ މަރުވެފައިވަނީ ޕާޓީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒް ވެގެންނެވެ.

ވިޝާމާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެންބިއުލާންސްއަށް ގުޅީ އޭނާގެ ތިން ރަހުމަތްތެރިން ކަމަށާއި ވިޝާމާ އެންބިއުލާންސްއަށް އެރުވި ހިސާބުން މި ތިން ރަހުމަތްތެރިން "ގެއްލިފައިވާ" ކަމަށް އޭނާގެ އާއިލާއިން މީޑިއާގައި ބުނެފައި ވެއެވެ.

ޕާޓީ ޑްރަގްސް އަށް އޯވަޑޯސް ވެގެން ފާއިތުވި ދެތިން ހަތަރު އަހަރުތެރޭގައި ފާހަގަ ކުރެވޭ އަދަދަކަށް ޒުވާނުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިސްވޭ

    މަމެން އުއްމީދު ކުރަމޭ އަންނަ މަހު ރައީސް އިބޫ އަށް ޖަޕާން އަށް ރަސްމީ ދަތުރު ފުޅެއް ކުރަން ދައުވަތު ލިބިގެންދާނެ ކަމަށް އަދި ޔޫއޭއީގެ އެމްބަސީ އެއް ހުޅުމާލޭގައި ވަރަށް އަވަހަށް ގާއިމް ކުރެވިގެން ދާނެ ކަމަށް އަދި ޔޫއޭއީގެ ލޯން އެހީގައި މާލެ ސަރަހައްދުން ތިލަފުށި އެއްކޮށް ހިއްކާލާ ގުޅިފަޅު އެއް ކޮށް ހިއްކާލާ މާލެ އާއި ވިލިގިލި އަދި ގުޅިފަޅު އަދި ތިލަފުށި ދެމެދު ބްރިޖް އަޅާނެ ފައިސާ ލިބޭނެ ކަމަށް މަމެން ވިޝް ކުރަމޭ ބުނަން މަމެން ނެތީމޭ އިނގޭތޭ..

  2. އަހުމަދު މޫސާ

    މަރު ތަހުގީު ކުރާ ކޮމިޝަނަކަށް މިކަންކަމެއް ނުވަންނާނެ. ހަމައެކަނި ރޔ ގެ ވެރިކަމުގައި މަރުވި މީހުންގެ ރަޖިސްޓަރީ ހުސްނުއްސުޢޫދު ބަލަހައްޓަންޖެހެނީ. މިކަންކަމުން މި ވެރިކަމުގެ ޒާތީކަމާއި ހަސަދަވެރިކަން ރައްޔިތުންނަށް ހާމަނުވޭތޯ؟

  3. ޤިސާމާ

    މަރުތަކުގެ މައްސަލަބަލާ ކޮމެޓީ ދެން އިވޭނީ އުވައިލިއަޑު! ބަލަން ތިބެބަލަ. ދެމަސްނުވަނީސް 6 މަރު! ގައްޑާ ސަރުކާރެއްނު؟

  4. ތަހުޤީގް

    ރާއްޖޭގައި އޮންނާނީ ތަހުޤީގް ކުރުމާއި މީހަކު ހައްޔަރު ކުރުމާއި ޖަލަށްގެންދިޔުން.
    ދެވަނަ މަރުހަލާގައި، ޖަލުންދޫކޮށްލުން.
    އަނެއްކާވެސް ތަހުޤީގް ކުރުން.
    މައްސަލަ ފުލުހުން ބެލުން.
    މައްސަލަ ދަރާސާ ކުރުން.
    މީ ފޫނެއް ފަޔަކަށް ފެންފުރުން އިނގޭތޯ؟؟؟؟

  5. މަބޮޑޭ

    މިހާރުމަރުވާމީހުންގެޒިއްމާ އިބޫނަގަންޖެހޭނެ އޯކޭ

  6. އީން

    ޖަޒީރާރާއްޖެ މިއީ

  7. ބޮލި މުލައް

    ތިޔަ މައްސަލަ ބަލަން ކޮމިޓީއެއް އުފައްދަންވީނު

  8. ބުރޯ

    ނުބޮވެނީ

  9. Anonymous

    އަޖައިބެއް. މިއީ ޒުވާނުން ޖަޒީރާ ވަންތަ ކަމުގެ ޒުވާނުން.މިއީ ޖަޒީރާ ރާއްޖެ ވީމަ މިހެންވެސް ވާނެ