މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު ސާނަވަނީ އިމްތިހާނު މިއަދު ދޫކުރަން ފަށާފައިވާ ކަމަށާއި، އިމްތިހާނުގެ ނަތީޖާ އޮންލައިން ކޮށް އަދި އެ ކެނޑިޑޭޓަކު އިމްތިހާނުގައި ބަައިވެރިވި ސެންޓަރެއް މެދުވެރިކޮށްވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި އެކިއެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އިމްތިހާނު ކުރިއަށް ގޮސްފައި ވަނީ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައެވެ.

މިއަހަރު އާ ސަރުކާރުން ހަވާލުވުމަށްފަހު ރާއްޖޭގެ ތައުލީމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ މިއަހަރުގެ ދިރާސީ އަހަރު ފެށުމާއެކު ބައެއް ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣަހްމަދު

    ????

  2. Thanks

    މަށަށް ޔަގީން ތީ މިޔަދުގެ ފޮޓޯއެއް ނޫން..ތީ ނާސް ދޭން ފެށި ރަސްމިއްޔާތުގެ ފޮޓޯއެއް