ފަތަން ރައްކާތެރި ސަރަހައްދެއް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަނޑައަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މިއަހަރު ހިނގި ހާދިސާތަކުގައި ނުވަ ފަތުރުވެރިއަކު މަރުވެފައިވާ އިރު، ގެސްޓުންނަށް ހިދުމަތް ދިނުމަށް ހަރަކާތްތެރިވި ތިން މުވައްޒަފަކުވެސް މަރުވެފައިވާ ކަމަށެވެ.
ރާއްޖޭގައި މިއަހަރު ހިނގި ހާދިސާތަކުގައި ނުވަ ފަތުރުވެރިއަކު މަރުވެފައިވާ އިރު، ގެސްޓުންނަށް ހިދުމަތް ދިނުމަށް ހަރަކާތްތެރިވި ތިން މުވައްޒަފަކުވެސް ވަނީ މަރުވެފައި , ކޮންމެ ރަށެއްގައި ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައަޅައި، ފާހަގަ ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއެކު މިދަނީ މަޝްވަރާ ކުރަމުން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިކަންކަން ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި ރާއްޖޭގައި ހެދިފައި ހުރި ބައެއް ގަވާއިދު ތަކަކީ ގިނަ ދުވަސްވެ ބާވެފައިވާ ކަމަށެވެ.
"އެހެންކަމުން ކޮމިޓީއިން ބައެއް ރެގިއުލޭޝަންތައް އަލުން އެކުލަވާލަން ވަނީ ނިންމަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފަތަން ރައްކާތެރި ސަރަހައްދެއް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަނޑައަޅަން ނިންމަވާފައި މިވަނީ މީގެ ދެ ދުވަސްކުރިން ކ.ދިއްފުށީގައި ފަތަން ފޭބި ދެ ގެސްޓަކު ގެނބިގެން މަރުވެ، އަދި އިއްޔެ ރިސޯތަކުން ގެސްޓަކު ގެނބިގެން އިއްޔެ މަރުވެފައި ވަނިކޮށެވެ.
ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިން މަރުވުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަދަ ހާދިސާތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކުން މާބޮޑު މަސައްކަތެއް ކުރާކަމެއް އެނގިފައެއް ނެތެވެ.
ފަހު ތަންކޮޅު އެއީ ކޮންމެ ހަބަރެއްގަ ވެސް ލިޔުން މަޖުބޫރު ތަންކޮޅެއްތަ؟