ކ. ދިއްފުށީގައި ހަނީމޫން ހޭދަ ކުރަން އައިސް އުޅެނިކޮށް ގެނބިގެން މަރުވި ފިލިޕީންސްގެ ދެމަފިރިންގެ ހަށިގަނޑު ގައުމަށް ފޮނުވާލަން ލަސްވީ އެ މައްސަލަ ރިޕޯޓް ކުރުން ލަސްވުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދެމަފިރިންގެ ހަށިގަނޑު ގައުމަށް ފޮނުވާލުމުގައި އަމަލުކޮށްފައިވާނީ ރާއްޖޭގެ މާލިއްޔަރު ގާނޫނާ އެއްގޮތަށް ކަމަށާއި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު ގައުމަށް ގެންދިއުމުގައި ލަސްވެގެން ދިޔައީ އެ މައްސަލަ ރިޕޯޓް ކުރުން ލަސްވުމުން ކަމަށެވެ.

"މި މިނިސްޓްރީގެ ކުރީގައި ކަންތައް ކުރި ގޮތަށް ބަލާފައި މާލިއްޔަތު ގާނޫނާ އެއްގޮތަށް އެޅި ފިޔަވަޅެއް އެއީ. އެ ބޮޑީ ގެންދިއުމުގައި ސަރުކާރުން ހަރަދު ކުރީ. އެއީ ރާއްޖޭގައި ދޭ ހިދުމަތަކީ އެންމެ ރަނގަޅު ހިދުމަތް ގޮތުގައި އޮންނާނީ. މިއީ ޓޫރިޒަމް މިނިސްޓަރެއްގެ ހައިސިއްޔަތުން އެޅި ފިޔަވަޅެއް އެއީ،" އަލީ ވިދާޅުވި އެވެ.

" އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބްރޭންޑް ޕްރޮޓެކްޓް ކުރުމާއި އިންސާނީ ކަރާމާތް ރައްކާތެރި ކުރުން އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ.

"ހާދިސާތަށް ރިޕޯޓް ކުރުމުގައި ލަސް ތަކެއް އެބަހުރި,އެކަން މިހާރު ވާނީ ރަނގަޅުކޮށްފައި ޓޫރިޒަމް މިނިސްޓްރީ އާއި މިނިސްޓަރަށްވެސް އަންގަން ޖެހޭ ގޮތަށް ހަދާފައި" އަލީ ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްއިން ފޮނުވާލިއިރު ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 462،600ރ ވަނީ ހޭދަކޮށްފައިވާއިވާއިރު ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސްއަށް ނުގެންގޮސް ދެ ދުވަސްވި އެވެ.

ހަށިގަނޑު ވައިގެ މަގުން އުފުލޭނެ ފައިސާ ނެތިގެން މި ދެމަފިރިންގެ އާއިލާއިން ފިލިޕީންސްގައި ފައިސާ ހޯދަން ކެމްޕޭން ވެސް ކުރި އެވެ. އަދި އެ ގައުމުގެ ސަރުކާރުން ދެމަފިރިންގެ ހަށިގަނޑު ގެންދާނެ ކަމަށް ބުންޏެވެ.