ފޯ ސީޒަން ކުޑަހުރާގައި މަސައްކަތް ކުރާމުންދާ އިންޑިއާ މީހަކަށް ތުނބުޅި މަތިމަސް ބެހެއްޓޭތީ، އެކަމާއި ނުރުހުންވެ އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހިން ނުރުހުން ފާޅުކުރަމުން އެބަދެއެވެ.

އެ ރިސޯޓުގެ ގަވާއިދު އޮންނަ ގޮތުން އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ތުނބުޅި ނުބެހެއްޓޭނެއެވެ.

ނަމަވެސް އެ ރިސޯޓަށް އަލަށް މަސައްކަތަށް ނުކުތް ޕަންޖާބީ މީހަކު، އޭނާގެ ދީނުގައި އޮންނަ ގޮތުން ތުނބުޅި މަތިމަސް ބަހައްޓަން ޖެހޭކަމަށް ބުނެ އޭނާ ވަޒީފާއަށް ނުކުތީ އެގޮތަށެެވެ. އެކަމާއި އެ ރިސޯޓުގައި މަސައްކަތް ކުރާ 300 އެއްހާ ދިވެހިން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުން އެބަދެއެވެ.

އެ ރިސޯޓުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، އެ ރިސޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ މުވައްޒަފަކުވެސް ޑިއުޓީއަށް ނުކުންނައިރު، ތުނބުޅި މަތި މަސް ބާލަން ޖެހެއެވެ. އަދި ބޯވެސް ހުންނަން ޖެހޭނީ ރަނގަޅަށް ކޮށާފައެވެ.

“އެކަމަކު މިހާރު މި ވާއެއްޗަކީ މިތަނުގައި މަސައްކަތް ކުރަން ފެށީ ޕަންޖާބު މީހެއް. މީނަ މި ހުންނަނީ ތުނބުޅި މަތި މަސް ދިގުކޮށްފައި. އަތުގަޔާ ފައިގަ ޓެޓޫ ޖަހާފައި. މިގޮތަށް ވަކި ސްޓާފަކާއި މެދު ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން". އޭނާ ބުންޏެވެ.

އޭނާ ބުނީ، މިކަމާ އެ ރިސޯޓުގެ އެޗްއާރް ޑައިރެކްޓަރާއި ބައްދަލުކުރި ކަމަށެވެ. އެއީ އިންޑިއާ މީހެކެވެ.

“ދިވެހި މީހާ ވަޒީފާ އަދާ ކުރަން ނުކުންނަން ޖެހޭނީ ތުނބުޅި މަތިމަސް ކޮށައިގެންނޭ، އޭނާ ހުންނާނީ ތުނބުޅި އާއި މަތިމަސް ދިގުކޮށްފައޭ”. އެ މުވައްޒަފު ބުންޏެވެ.

އެކަމުން ދޭހަވަނީ ދިވެހި މީހާ އަޅުވެތިކޮށްފައިވުންކަމަށް އޭނާ ބުންޏެވެ. އަދި އެއްވެސް މުވައްޒަފަކާއި ދޭތެރޭ ތަފާތުކަމެއް ގެންގުޅެގެން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނުރަބޯ

    އަޖައިބެއްނުވާނެތަ؟ ޖަޒީރާރާއްޖޭގައި އިންޑިއާމީހުންނަށް ވަކިން ޚާއްޞަ އިމްތިޔާޒު ތަކެއް ލިބިގެންވާކަމެއް ނޭނގޭތަ......؟

  2. ޙަސަނު

    އެނގިއްޖެ އެމގި ކަށަވަރުވެއްޖެ

  3. ޒޫނާ

    ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގާ ތީކީ އާކަމެއް ނޫން. ވަރަށް ނަސްލީ ތަފާތާއި، މަސައްކަތުގެ އުޖޫރައިގެ ތަފާތު އޮންނަ އިންޑަސްޓްރީއެއް. މިކަންކަމާމެދު ރަގަޅު ދިރާސާއެއްކޮށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުން ވީހާވެސް އަވަހަކަށް ފިޔަވަޅެއް އެޅުން ވަރަށް ބުއްދިވެރި ވާނެ.

  4. އަންނި

    ހަޤީޤަތުގަ މީ ވަރަށް ދެރަ ކަމެއް.ރިސޯޓު ތަކުގަ ވަޒީފާ

    އަދާ ކުރާ ސޮރުން ތިބެނީ ސޮޑުން ހެން. ފިރިހެން ވަންތަ

    ސިފައެއް ނުހުރޭ. ތުނބުޅި މަތިމަސް ކަހާ ކަހާ އޮމާން

    ކޮއްފަ.ކޮންމެވެސް ވަރަކަށް ބެހެއްޓެން ޖެހޭނެ. މިސާލަކށ

    ބަނޑޮސް، ޝެރެޓަން ..ކުދިންތައް ވަރަށް ސްމާޓް.

  5. ޓެކުސީ

    ފޯސީޒަން ކުޑަހުރާ މީ ވަރަށް ތަފާތު ކުރުންބޮޑު ރިސޯޓެއް މި ރިސޯޓުގައި އޮފުޑޭވެސް ޕެންޑުކުރުމަކީ މަނާކަމެއް.

  6. ފުނަދޫ

    ބަލަމޮޔަފޔޅުވީތޯ މިސަރުކާރުގެނައީ އިންޑިޔާމީހުން ބޮޑުހޭދައެއްކޮއްގެން ކަމެއްނޭނގޭތަ އަދިވެސްހަރަދުކުރަނީ އިންޑިޔާ ސަރުކާރުންކަމެއްނޭނގޭތަ ހަރަދުކުރާ ބަޔަކައް ބޭނުންގޮތަކައް އުޅެވެންޖެހޭނެކަމެއްނޭނގޭތަ މީދިވެހިންގެ ސަރުކާރެއްނޫން މީއިންޑިޔާމީހުންގެސަރުކާރެއް އޯކޭ ބޯންއުޅުނުބޮނޑިތިތިބީބޮވިފަ ދެންއަތްޖަހާ

  7. ޚަބަރުދާރު

    ތުބުޅިދިގުކުރުމަކީ އިސްލާމްދީނުގެ ޝިއާރެއްކަން ނޭގެނީބާ!

  8. ހަސަންބެ

    އެއީ މިބުނާ ވާހަކަ އަކީ. ސިކެއް ވެއްޖިއްޔާ އޭނައައް ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އުޅެވޭ ވަޒީފާވެސް ލިބޭ.މުސްލިމަކު ތުނބުޅި ދިގުކޮއްފި ކަމުގައިވަނީނަމަ އެއީ ބޮޑު މައްސަލަ އަކައް އެހަދަނީ އިސްލާމްދީނާ މެދު މިބައިމީހުން ނަފްރަތު ކުރާތީވެ

  9. ނާނު

    ކުޑަހުރާގެ މުއަށްޒަފުންނާ ލަނޑާގިރާވަރުގެ މުއަށްޒަފުންނާ ތަފާތުކުރުންބޮޑު އެރަށުގެ ޖީއެމް އަރުމާންޑޯ އަކީ އިންޑިޔާމީހުންނަށް ޓަކާ ގުރުބާންވާން ތައްޔާރަށްހުރި މީހެއް ދިވެހިންގެ ހައްގުތަށް ނިގުޅައިގަނެފައިވާ މީހެއް ދިވެހި ސަރުކާރުން މިކަންތަށް ބަލަންޖެހޭނެ ނޫންނަމަ މުސްތަގުބަލް ވަރަށް އަނދިރި ވެދާނެ .