ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފަކު ޚިޔާނާތްތެރިވެފައިވަނީ އެބޭންކުގެ 4.9 މިލިއަނެއްހާ ރުފިޔާއަށްކަމަށް މިއަދު އެބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލް އިން މިކަން ހާމަކޮށްފައިވަނީ، މައްސަލައާ ގުޅޭގޮތުން މިއަދު ނެރެފައިވާ ބަޔާނުގައެވެ. މިއީ މިކަން ފެންމަތިވިފަހުން، އެބޭންކުން މީޑިޔާ އަށް މިކަން ހިނގާދިޔަ ގޮތް ބަޔާން ކޮށްދިން ފުރަތަމަ ފަހަރެވެ.

ބޭންކުން ނެރުނު ބަޔާނުގައި ބަޔާން ކޮށްފައިވަނީ މި މުވައްޒަފު އަދާ ކުރަމުން ދިޔަ ވަޒީފާގެ ގޮތުން އޭނާއަށް ބޭންކުގެ އިންޓާނަލް އެކައުންޓުތަކުގެ ބާރުތަކެއް ލިބިފައިވާކަމަށެވެ. އަދި، މި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބޭންކުގެ 4.9 މިލިއަނެއްހާ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބޭންކުން ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށާއި އަދި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިހާރު ހުށަހަޅާފައިވާކަމުގައެވެ.

މީގެކުރިން، މި މުވައްޒަފާއި، ހަމަ ބީއެމްއެލްގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ އަންހެނުން ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވެއެވެ. މި ދެ މުވައްޒަފުންވެސް ސަސްޕެންޑް ކުރީ މި މައްސަލައިގެ ތުހުމަތުގައެވެ،

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މިފެންނަނީ ޖަޒީރާ ވަންތަކަން ހަހަހަހަހހަހަހަހަހަހަހ

  2. ޙައްގުބަސް

    އެކިއެކި އެކައުންޓްތަކުގައި ހުރި ފައިސާއިން އެތިއެތި ކޮޅު ނަގައިގެންވި ވަރަށް ނުރައްކާތެރި ޚިޔާނާތެއް!! ގޮތް ނޭނގޭ ގޮތަށް މީސް މީހުންގެ އެކައުންޓްތަކުން އެތިއެތި ކޮޅު މަދުވާ ވާހަކަ މީހުން ދައްކާތީ އަޑުއިވޭ!! ދެން ކޮބާ ބޮޑެތި ކުންފުނިތަކުން ގިނަ ޓްރާންސް ސެކްޝަންތައް ދުވާލެއްގެ މައްޗަށް ހަދަމުންދާއިރު ބެންކުތެރެއިން މަދު އެތިކޮޅު ނެގިޔަސް ރޭކާ ލާނީ ލައްކަ ދުވަހުން!! އެކަހަލަގޮތަކަށް ޝަކުވާތަކެއް އައުމުން ބެލިއިރު މިއޮތީ މިކަން ފަޅާއަރާފަ!! ބެންކުތަކުން މީސް މީހުންގެ އެކައުންޓްތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރޭ!! ނަމަވެސް އެކްސެސް ލިބިފައިތިބޭ މީހުންގެތެރެއިން މީހަކު މިފަދަކަމެއް ކޮށްފާނެކަން މިއެގުނީ!! އެހެންވީމާ ބެންކުން އެބަޖެހޭ އަދި އިތުރަށްވިސްނާ ގޮތްތަކެއް ރާވަން!! ބިރުހުރިކަމެއް މިކުރީވެސް!!

    • ދަންނަ މީހާ

      މި ޖަރީމާ ހިންގީ ބޭނކްގެބޭނުންތަކަށް ބެނުންކުރާ އެކައުންޓުން. ކަސްޓަރމަރުންގެ އެކައުންޓަކުން ނޫން..ތެެދު މައުލޫމާތު ފަތުރަމާ...

    • ލޮލް

      ހަހަ ނޫނޭ ފިލްމު ބަލާފަ އެބަހުރި. މާބޮޑަށް ތިއިނގެނީ. ރޯނުއެދުރު.

  3. ޙަކިމް

    ޢެހެން ބެންކެއް ހޮދަންވިިި ދޮ

  4. ސަޓޯ

    މިއީ ވަރަށް ދެރި ސީރިއަސް މައްސަލައެއް. ފައިސާގެ ދަހިވެތި ކަމުގައި ދިވެއްސަކު ދިވެހީންގެ ފައިސާއިން ވައްކަން ކުރީ... ގިނަ ބައެއްގެ މަސްލަހަތު މީގައި ހިމެނޭ އެހެން ތިދެމަފިރިއަކު ތިކަން ކުރިތޯ ރަގަޅައް ބަލާ ކޮއްފައި ވާނަމަ އެދެމީހުނަށް ހައްގު އަދަބު ދޭން ޖެހޭނެ.. ބުނާތީ އަޑުއެހީން މިދެމީހުން ޔޫރަޕު ޓުއާރ އަޅާ އަބަދުވެސް މެލޭޝިއާ ބެންކޮކުން އުޅޭ ކަމަށް.. މީނާގެ ޅިޔަނަކީ ބީއެމްއެލް ކަސްޓަމާރ ރިލޭޝަންސް މެނޭޖަރު ކަމަށް.

  5. ރައްޔިތުން

    މިދެމަސްދުވަހުތަ މިހުރިހާ ވައްކަންކުރި ޖިޒީރާ